ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ދެމުން ގެންދިޔަ ދިވެހި އަންހެނަކު މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

މިއީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި ތިންވަނަ މީހާއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 77 އަހަރުގެ އަންހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:29 ކަންހާއިރުއެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 254 އަށް އަރާފައެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖެ އިން 92095 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 90103 މީހުން ކޮވިޑުން ރަނގަޅުވެފައި ވެއެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1726 އަށް އަރައެވެ. ކޮވިޑް ޖެހިގެން އިއްޔެ 19 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައެވެ.

ކިޔުންތެރިންގެ ހިޔާލު