އެމްޓީސީސީން ދެމުން އަންނަ ބަސް ހިދުމަތުގެ ދަތުރު ކާޑު މާލެ އާއި ހުޅުމާލޭގެ ތިން ތަނަކުން ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 12 ވަނަ ޓަވަރުގައިވާ "އެޗްސީޔޫ މާޓް" ފިހާރައިން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ބަސް ކާޑު ވިއްކުމާއި ކާޑު ރީލޯޑޫ ކުރުމާއި އަދި ސިންގަލް ޖަރނީ ޓިކެޓު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ ކިނބިގަސް މަގުގައި ހުންނަ މޯލްޑިވްސް ޕޯސްޓު އަދި ވެލާނާގެ ޕޯސްޓުން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް ހަމަ ޖެހިފައިވާ ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާޑު ވިއްކާ އަގަކީ 20ރ. އެވެ.

އެމްޓިސީސީން ބަސް ދަތުރުތަކުން ފީ ނަގަން ފެށުމުގެ ގޮތުން ހުރިހާ ބަސް ސްޓޮޕެއްގައި އެކާޑުން ފައިސާ ކެނޑޭނެ ނިޒާމް ގާއިމްކޮށްފައެވެ. މިބަސް ދަތުރުތަކުގައި ބޭނުން ކުރާ ކާޑަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރާންސްޕޯޓް ވިއުގަ ތަކުގައި ވެސް ބޭނުންކުރާ ކާޑެއް ކަމަށް އެމްޓިސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ޥިލިމާލެ ފެރީ ޓާމިނަލުން ވެސް ބަސް ކާޑު ރީލޯޑު ކުރެވޭގޮތް ހަނދާނަމަ ދޯ

    7
    1
  2. މއކ

    ވިލިމާލެ ފެރީޓާމިނަލުން ރިލޯޑްކުރެވޭ