ރާއްޖޭގައި ކަނޑޫފާތައް ހަލާކުވާ ސަބަބު ހޯދައި އެ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

މި ވަފްދުގައި ހިމެނެނީ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލަޖީ (ސީޔޫއެސްއޭޓީ) ގެ ހަތަރު މެމްބަރުންގެ ވަފްދެކެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މި ޓީމު ރާއްޖޭގައި ތިބޭ އިރު، ޓީމުގައި އިސްކޮށް ހުންނެވީ ސީޔޫއެސްއޭޓީގެ މެރިން ބަޔޮލަޖީ މައިކްރޯބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރ ބިޖޯއީ ނަންދާންއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން މި ޓީމު މަސައްކަތް ކުރާ އިރު، އެ ޓީމުން އިއްޔެ ވަނީ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލުކޮށްފައެވެ.

ކެލާ ކަނޑޫފާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި ތަހުގީގުގެ މަގްސަދަކީ ހަލާކުވެފައިވާ ކަނޑޫފާތަކާއި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިއާދަކުރުމެވެ.

އެ ކޮމިޝަންގެ ބަޔާނުގައި ބުނީ އެ ޓީމުން މަސައްކަތް ކުރާނީ ރާއްޖޭގެ އުތުރުގައި އޮންނަ އަށް ރަށް ކަމަށްވާ ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ހދ. ވައިކަރަދޫ، ހދ. ނޭކުރެންދޫ، ށ. ގޮއިދޫ، ށ. ފޭދޫ އަދި ނ. ކެނދިކުޅުދޫގެ ތިމާވެށީގެ މިންގަނޑުތައް މިނެކިރުމަށް ބޭނުންވާ ގަސްގަހާގެހި، ސޫފާސޫފީގެ އަދި ސެޑިމެންޓްސްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމުގައި ކަމަށެވެ.

ސާވޭގެ މަސައްކަތް ނިންމާލުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު، ކަނޑޫފާތަކާއި އެހެނިހެން ޗަސްބިންތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމާއި ރާއްޖޭގައި ކަނޑޫފާތައް މަރުވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި ޑރ. ނަންދާން އާންމު ތަގުރީރެއް ދެއްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ސީޔޫއެސްއޭޓީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އީޕީއޭއާ ގުޅިގެން މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގައުމީ ލެބޯރެޓަރީގައި މި މަހުގެ 11 އިން 18 އަށް ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާނެ އެވެ. އަދި އިތުރު މަސައްކަތްތަކަށް އިންޑިއާގެ ޓީމާއެކު އީޕީއޭގެ ޓީމެއް ވެސް އެ ގައުމަށް މި މަހުގެ 18 ގައި ފުރާނެއެވެ.

ނޭކުރެންދޫގައި އޮންނަ ކަނޑޫފާ. --- ފޮޓޯ: ކައުންސިލް

ސީޔޫއެސްއޭޓީގެ ޓީމުން ތަހުލީލުތައް ނިންމައި، 3-4 މަސް ދުވަހުގެ ތެރޭގައި އެކަމާ ބެހޭ ރިޕޯޓެއް ނެރޭނެ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ. މި ރިޕޯޓްގައި ކަނޑޫފާތައް މަރުވާ ސަބަބުގެ އިތުރުން އެ ތަންތަން ބަލަހައްޓައި އެ ސަރަހައްދުތައް ކުރިން ހުރި ވަރަށް އިއާދަ ކުރުމަށް ކުރެވޭނެ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކަނޑޫފާތައް މަރުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އީޕީއޭއިން ސީޔޫއެސްއޭޓީގެ އެހީ ހޯދައި ސާމްޕަލްތައް ފޮނުވިއެވެ. ފުރަތަމަ ތަހުލީލުތަކުގެ ޕްރިލިމިނަރީ ރިޕޯޓްތައް އީޕީއޭއަށް ލިބިފައިވާ އިރު ރިޕޯޓުތަކުން ހާމަވި ގޮތުގައި ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ވަނީ ފެނިފައެވެ. ނަމަވެސް، މިއީ ސީދާ ސަބަބުކަން ޔަގީންކުރަން ކަނޑޫފާތަކަށް ގޮސްގެން ބަލަން ޖެހޭ ކަމަށް ނިންމިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ގިނަ އަދަދެއްގެ ކަނޑޫފާތަކެއް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ހަލާކުވިއެވެ. އޭގެ ތެރޭގައި ނޭކުރެންދޫގެ ކަނޑޫފަލާއި ކެލާގެ ކަނޑޫފަލާއި ކޭލަކުނުގެ ކަނޑޫފާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ހަގީގަތަކީ ރާއްޖެ އަށްޖާސޫސް ކޮށް ޖޯގްރަފީ ގޮތުން ރާއްޖެއާބެހޭ ހުރިހާ މައުލޫމާތެއް ހޯދާ ހަންފެތުރުން އެވެރިން ނަށް ވ ރަނގަޅަށް އެނގޭ މުހައްމަދު ތަކުރުފާނު ރާއްޖޭގެ އުތުރުގަ ހުރެފަ އަނގަމަތި މަސްއޮޑިއެއްގަ 2 ގަޑިއިރުން މަލިކަށް ކޮންމެ ރެއަކު ދިއަކަންވެސް ބަލަގަ ކަނޑުފާ ސާވޭޔެއް ކުރަނީ ނޫން ވަތުބަތާނަ ހޯދާ ކަތިވަޅިޔާ މަރިޔަބާ މަރިޔަބުކޮށަން ހުރި ދަނޑުވެސް އަތުލައިގަތުމުގެ ސާވޭ ދިވެހިން ހޭލާ

    20
  2. ހައި

    Can I join with them? Interest work

    2
    2
    • ކޮވިޑް

      ސޮރީ ހައި . އާޔޫ އިންޑިއަން؟

      9
      1
  3. ކޮވިޑް

    އިންޑިއާ އިންޑިއާ މިއޮތީ ވާ ކަމެއްތާ؟ މާދަމާކަން ނޭންގެ ބުނާނީ ފަޒްނާ މޭކަޕް ކޮށް އުވާވާނެ ގޮތެއް ބެލުމަށް އިންޑިއާގެ އަފުޖެއް އެބަ އާދެޔޭ. ކިހާބޮޑު މުސީބާތެއް މި ޤައުމަށް ދިމާވެފަ އޮތް.

    16
  4. ކޮމެންޓޫ

    ކިތައް ސަތޭކަ އިންީޑއާ ސިފައިން ތިބެންޖެހޭ ބާ ތިކަން ކުރަން

    13
  5. ވަޒީރު

    ނޯ އިންޑިއަން ނޯޗާސް އިން މޯލްޑިވްސް. އިފް އިންޑިއަންސް މޯސްޓްވެލްކަމް. ބަޓް ދިސް އިޒް މޯލްޑިވްސް . # އިންޑިއާ އައުޓް #

    16
  6. ހާލުފޮޅި

    ކަނޑޫފާތަށް މަރުވަނީ ޤުދުރަތުން.. އިންޑިޔާ މީހުން އަޔަސް ނަޔަސް ހެދެން ހުރި އެއްޗެއް ހެދޭނެ، މަރުވާން ހުރި އެއްޗެއް މަރުވާނެ.. އިންޑިއާ މީހުނާ ނުލާ ހަމަ އެއްކަމެއްވެސް ނުވަނީތަ؟ ކީއްކުރަން ބޮޑުމުސާރަ ދީފަ މިނިސްޓަރަކާ އެތައް ބައިވަރު މުވައްޒަފުން ލައިގެން ހަދާފައޮތް އެގްރިކަލްޗަރ މިނިސްޓްރީއެއްތަ؟؟؟

  7. ށައުނަަ

    ތަމެންގެ ބޯކޮބާ ސައުނާ، ކީއްތަތިކުރަނީ މުސާރަ ނަގައިގެން

    10
  8. ޑައެލޯގް

    ތިޔަތީމުއައިސް އިންޑިޔާގެ އޮށް ރާއްޖޭގައި އިންދާނީއެވެ.

  9. އައްޑޫ މީހާ

    ރާއްޖޭގެ ކަނޑޫފާތައް ބެލެހެއްޓުމަކީ ދިވެހި ދަރިން ކުރަން ޖެހޭކަމެއް ދިވެހިލިބާސް ފަހާނެގޮތް އެގޭނީ ދިވެހި ފެހުންތެރިންނަށް އިބުރާހިމާ މުންޑު ފަހަން އިންޑިއާއިން މީހަކު ގެނޔަސް އަހަރުމެންނަށް އޯކޭ އެކަމަކު މިގައުމުގެ ސަގާފަތާއި ތަރިކައާއި އިންޑިއާއިން ބެހިގެން ނުވާނެ މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ކަނޑޫފާތަކަށްވެސް އަދި އެހެނިހެން ތަންތަނަށްވެސް ބަދަލު އަންނާނެ ނުޖެހޭ އިންޑިއާއިން ފާޑުފާޑުގެ ޓީމުތައް މިތަނަށް ގެންނާކަށް

  10. ތެދު

    ރާއްޖެއަކީ ކުރިންގިނައަދަދެއްގެ ލިންބޯގަސް އޮތްގައުމެއް މިކިޔަނީ1980ގެވެސްކުރިން ނަމަވެސް ހަމަތިކިޔާ އިންޑިޔާގެބަޔަކުމިތަނައް އައިސް ކުރިކަމެއްކުރިފަހުން ލިންބޯގަސްތަކުގަ ކޫޑިއަޅާ ގަސްތައްމަރުވެދިޔާ.!!؟؟ އޭގަފަހުން އިންޑިޔާއިން މިތަނައް ލިންބޯ އެތެރެކުރަންފެށި އަގުތައްމައްޗައްގޮސް އެމީހުންނައް ބޮޑެތިފައިދާތަކެއްވި.!!މިވަރުގެމަކަރުވެރިބަޔެއްމީ..!؟ ﷲގެހެޔޮރަހުމަތުން 2017 އޭހަނދާންވަނީ ވިއެތުނާމް ލިންބޯ ލިބެންފެށުމާއެކު އިންޑިޔާގެ ލިނބޮލުގެ މާކެޓްދިޔައީ އަގުތިރިވީ.