ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ އަސްކަރިއްޔާއަށް ހިދުމަތް ކޮށްފައިވާ ޑިފެންސް ޗީފް ބިޕިން ރަވާތް މަރުވުމާއި ގުޅުގެން، ރަވާތުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

އުމުރުން 63 އަހަރުގައި އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ރަވާތު މަރުވެފައިވަނީ މިއަދު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައެވެ. މި ހެލިކަޕްޓަރު ވެއްޓުނީ މިއަދު މެންދުރު 12:20 ހާއިރުއެވެ. ވެއްޓުނު މި ހެލިކަޕްޓަރުގައި 14 މީހަކު ތިބިއިރު، ރަވާތު އާއި އޭނާގެ އަންހެނުން ހިމެނޭހެން 13 މީހަކު މަރުވެފައިވެއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިންރަވާތް މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

"2019 ވަނަ އަހަރު އޭނާ އާއި ބައްދަލުކުރެއްވުމުގެ ޝަރަފް އަޅުގަނޑަށް ލިބުން. އެއީ ހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ގައުމަށް ހިދުމަތްކުރި ތެދުވެރި ސިފައިންގެ މީހެއް،" ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމާ ޖެނެރަލް ރަވާތު، 63، ހަވާލުވެފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ އަސްކަރިއްޔާއާއި ފުރަތަމަ ގުޅިފައިވަނީ 1978 ވަނަ އަހަރުއެވެ. އަދި އަސްކަރިއްޔާގައި 40 އަހަރު ވަންދެން ހިދުމަތް ކޮށްފައިވެއެވެ.

ޖައްމޫ އެންޑް ކަޝްމީރުގައި އަދި ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ގެ އައްސޭރިފަށުގައި އަސްކަރިއްޔާގެ ކޮމާންޑަރުކަން ވެސް އޭނާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  އަލްހަމްދުލިﷲ.

  18
  2
 2. ާިއިހްސާންތެރި

  ޢިންސާނުންނާ ދޭތެރޭ އިހްސާން ތެރިވާށެވެ.
  މަރުޙޫމު ގެ ފުރާނަޔަށް ހެޔޮރަހްމަތް މިންވަރު ކޮށްދެއްވާށެ،

  4
  16
 3. ޖޫން

  ޥަރަށް ތާހިރެއްނު. ޢެކަލޭގެ ޝަހީދު ކޮއްލި މުސްލި މުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާބަލަ.

  21
 4. އުގުރި

  ކަލޯ ގަޔާ މާދަމާ ދެއް ފެންނާނީ ކެބިނެޓްގެ އެންމެންވެސް ހުދު ހެދުމުގައި ރޮވިފައި ތިއްބާ ކަންނޭގެ.

  17
 5. ސޫއޫދު

  ޜަައްޖެއިން މިވަރައްއެހަބަރުގެނެސްދެނީ އެއީމިއަވަޝުގެވެސްވެރިއެއްވީމަތަ؟ އޭނަގެ ބާރުވެރިކަމުގަ ކިތައްޖަރީމާހިންގީމިވީ40 އަހަރުތެރޭ އެކިގައުމުތަކުގެ ބޯޑަރުކާރީ އިންސާނުންނާ ދެކޮޅައް އޭނަ ގޮއްވިބޮމާ ޖެހިބަޑީގެ އަދަދުވެސް ޖަހާލިނަމަ

  16
 6. ރަބަރޭ

  ބޮޑުބުދަށް އަޅުކަން ކުރާ މީހަކު މަރުވެގެން ކޮން ތައުޒިޔާ އެއް ކިޔާކަށް މިކަލޭގެ އަކީ އުމުރު ދުވަހު ބުދަށް އަޅުކަން ކުރުމުގައި ދެމިހުރި މީހެއް

 7. އިހްސާންތެރި އަށް

  @ާިއިހްސާންތެރި: އިހްސާންތެރި ވުމަކީ ކަޝްމީރުގެ މުސްލިމުންނަށް އަނިޔާކުރަމުން ދިޔަ މީހަކަށް، ޚާއްސަކޮށް ކފަރަކަށް ދުޢާކުރުންތޯ؟ މުސްލިމަކު ތިގޮތަށް މަރުވެފައިވާ ކާފަރަކަށް ދުޢާކުރުމެއް ނޯވޭ.