މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް، އިބްރާހީމް މުހައްމަދު ސޯލިހް ކ. ގާފަރަށް މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ނައިބު ފައިސަލް ނަސީމް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި، އެރަށުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވާނެ ކަމަށެވެ. އަދި ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގާފަރުގައި ބާއްވަވާ ރަސްމީ ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ނައިބު ރައީސް ވަނީ ގާފަރު ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްތިއުފާ

    އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ

    8
    3
  2. އުގުރި

    ކަޑުކޮސް

    9
    3
  3. ޙހހ

    މުއައސަސާތަކުގެ ހިންގުން ހުއްޓުމަކަށް އަންނައިރުވެސް ދަތުރުރައްކުރެ. ާބިލުތައް ނުދެއްކިފަ ފަނާވެދާ ތަންތަން އެއްޗެއްނެތގެން މަރާމާތު ނުކުރެވިފަ. ފަސް ހަމަސްވެފަހުރި ބިލްތައް ފައިސާ ނުދީގެން ނުދެއްކިފަ. ދެރަކަމެއ.

    7
    3