އެމްޑީޕީގެ މާލެ ސިޓީ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ސަލްޓަން ޕާކުގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމެއް އެމްޑީޕީން ނުބުނެއެވެ.

މިއީ މިދިޔަ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލައަށް ފަހު، އެމަނިކުފާނު އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާލެސިޓީގެ ބައްދަލުވުމެއް އެމްޑީޕީން ބޭއްވުމަށް ނިންމި އިރު، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލެސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން މާލޭގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު އިރު، މޭޔަރު ކަމުގެ ގޮނޑި ހޯއްދެވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހުރިހާ ކަމަކާ ކަލޯ ބޯބާނާތި.

  2. ހަޤީގަތް

    މާލޭގެ ތާއީދު އެމްޑީޕީ އަށް ގެއްލުނީ މާލޭ މީހުންނަށްވީ ވަޢުދު ނުފުއްދީމަ، އެމްޑީޕީ އިން ވެރިކަމަށް އަންނަން މާލޭ މީހުންނަށް ވަޢުދުވީ މާލޭގައި ކުދި ބިންކޮޅު އޮތް މީހުންނަށް ހުޅުމާލެއިން ގޯތިދޭނަމޭބުނެ، މާލޭ މީހުން އަތުން ވޯޓު ހޯދައިގެން ވެރިކަމަށް އާދެވުމުން ވައުދު ނުފުއްދުން މާލޭ މީހުންނަށް އޮޅުވާލައި މަކަރު ހެދީމަ. ލާމަރުކަޒުގެ ނަމުގައި ނަންއޮވެފައި ކުންފުންޏެއް ހަދައިގެން މާލޭ މީހުންނަށް ގޯތިނުދީ މުއްސަނދިންނަށް ބިންތައް ވިއްކަނީ. ޢެހެންވުމުން މާލޭމީހުން މިއަދު ތިބީ ވަރަށް ހާލުގައި.

  3. އުގުރި

    ތިމާގެ ޕާޓީ މީހުންނާއިއެކު ބަދަލުވުމެއް ބާއްވަނީދޯ.

  4. ޢަދުރޭ

    މާލޭ މީހުން އެއޮތީ އެމްޑީޕީ އަށް ނޫނެކޭ ބުނެ ސިޓީ ކައުންސިލް ޕީޕީއެމް އާ ޙަވާލްކޮށްފައި . މާލޭ ރައްޔިތުން ބޮލަކަށް ދެން ސަވާރެއް ނުވެވޭނެ .ޕާޓީ ކުދިން ކޮޅުގޮވައިގެން ކޮންމެސް ގަނޑެއް ގަނެވިދާނެ