ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި "ޚިދުމަތުގެ ހަވީރު" ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމެއް ތަރައްގީވެ ކުރިއަށް ދާނީ ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް ކަމަށެވެ. "ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން. ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް. އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވި ކަމަށެވެ. އީޕީއެސް ސްކޫލް ފެށިގެން ދިޔައިރު ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީއާއި، މިނީ ޔޫ.އެން.އޯ.އާއި އަދި އަތޮޅުތައް ތަމްސީލުވާގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ، މިހެންގޮސް އެތައް އެތައް އިތުރު ޙަރަކާތްތަކެއް، އީ.ޕީ.އެސް.ގެ ތެރޭގައި އޭރު ކުރިއަށް ގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ނަމުންނަމަ، ވަށާޖެހޭ ތަޢުލީމު އޭރު އެއޮތީ ފެށިފައި އީޕީއެސް އިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައި ކަމަށެވެ. "އާދެ، އީ.ޕީ.އެސް. އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީ.ޕީ.އެސް. އިން ތަޢުލީމު ޙާޞިލުކޮށްގެން ނުކުންނެވި ދަރިވަރުން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އީޕީއެސްގައި އެމަނިކުފާނު ތައުލީމް ހާސިލް ކުރެއްވިއިރުގެ ބައެއް ހަނދާންތައް ރޭ ހިއްސާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖާނޭ

    ދެންކޮންކަމެއް ކޮށްގެންތޯ ތަރައްޤީވާނީ؟ ރަގަޅު ތަޢުލިމާ ތަރުބިއްޔަތާނުލާ ދެވޭ ތަޢުލީމަކީ ތަރަހަ އެއް ނުވާ ބިނާއެކެވެ،

    "ތައުލީމު ނެތެމަ ތާކު ޒަމާނާއެކުވެގެން
    ތަންދާނެ އެބުއްދީގެ މަގުން އެއްކިބާވެގެން"

    16
    • ޙައްގުބަސް

      ގައުމެއް ތަރައްގީވާނީ އެގައުމެއްގައި ކިޔަވައިގެންތިބި ތަޢުލީމީ ގާބިލް ކެރޭ ދުރުވިސްނޭ ފަރާތްތައް ގައުމުގެ އެންމެ އިސް ހިންގުންތެރި މަގާމުތަށް ލިބިގެން!! ގައުމެއް ތަރައްގީވާނީ ގައުމީ ވަޠަނީ ފަރާތްތަކަށް ގައުމުގެ ޙައްގުގައި މަސައްކަތްކުރާނެ ޕްލެޓް ފޯމްތައް ގައުމުގެ އިސް މުއައްސަސާ ތަކުގެތެރެއިން ހަމަޖެހިގެން ދިއުމުން!! މިނޫންގޮތަކަށް ގައުމު ތަރައްގީއެއްނުވާނެ!! ތިންބާރު ތެރެއަށް ތަންދޮރު ނުދަންނަ ކަނޑުކޮހުން ލައިގެން ތަރައްގީކުރެވޭނެ ގޮތެއް ނުފެންނާނެ!! ނޭފަތުކުރިއަށްވުރެން ދުރަށް ނުވިސްނޭ ބަޔަކު ތިބެގެން ގައުމު މަރުފަލިޖަހަމުންދާތަން މިއަދު މިފެންނަނީ!! މިއީ މިއަދު ރައްޔިތުން ވިސްނަންޖެހޭކަމެއް!! ދެންއޮތީ 2023 ގެ ރިޔާސީ އިންތިޚާބު! އެއިންތިޚާބުގައި ކޮންމެ ރައްޔިތަކުވެސް އެބެޖެހޭ އަމިއްލަ ސިކުނޑިން ވިސްނާފަ ވޯޓްދޭން! އެއަށްފަހު އަންނާނީ މަޖްލިސް އިންތިޚާބު އެއިންތިޚާބުގައިވެސް ކަނޑުކޮހުން ހޮވުމުގެ ބަދަލުގައި ގައުމީ ލޭ ހިނގާ ތަޢުލީމީ ގާބިލް މީހުންނަށް ފުރުސަތުދިނުން ވަރަށް މުހިންމު!!

  2. ދޯ

    ޤައުމެއް ތަރައްޤީވާނީ ހަމައެކަނި ދަރިންނަށްދޭ ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން، ގަމާރު ވެރިން ތިބެގެން ވާކަމެއް ދޯ؟

    12
  3. ޢަލިފް

    ގައުމު ތަރައްގީ ވާނީ ވިސްނުން ތޫނު ރައީސް އަކު ހޮވީމާ..

    14
  4. ކޮވިޑް

    މޮޔަ އަކު ވެސް ރަނގަޅު ވާހަކަ އެއް ބުނިއްޔާ ވާނީ ރަނގަޅު ވާހަކަ އަކަށް ދޯ؟ ތެދެއް މިޤައުމު ތަރައްޤީ ވާން އޮތީ މިޤައުމު އެމްޑީޕީގެ ކިބައިން ސަލާމަތް ކޮށްގެން . # އިންޑިއާ އައުޓް #

    19
    2
  5. Anonymous

    ކުދީން ލާދީނީ ކޮއްގެން.

    6
    2
  6. ކޮކަޓޫގޭ މަހުލޫފް ފުރެންޑް1

    އަރަބިއްޔާ ދީފަ ދެން ކިޔާ ވާހަކައިން ދޭހަކޮއްދެނީ ކޮންކަމެއްތޯ

    މުނާފިގުންގެ އަލާމާތް ތަށް 3 ކަމަށް ވަނީ

    11
    1
  7. Anonymous

    ތަރުބިއްޔަތުގެ ވާހަކަ އެމްޑީޕީ މީހުން ދެއްކީމަ އަހަރެންގާތަށް ހިނިއަންނަނީ. އެމްޑީޕީން މަގުމައްޗަށް ނުކުމެ ދިވެހިޅަޖީލްތަކެއް ދަސްކޮށްދިން ކަންތައްތައް އަދި ހަނދާންނެތޭހާ ދުވަހެއް ފާއިތުނުވޭ

  8. Anonymous

    ގައުމެއް ހަލާކުވާނީ ވެރިކަމެއްގަ ތިބޭ ބައެއްގެ ސަބަބުން މޑޕ އަކީ އެއްވެސް ގޮތަކުން ވެރިކަމައް ކުފޫ ހަމަވާ ބައެއްނޫން ، މިގައުމު މިހާރުދަނީ ހަލާކުވަމުން.

  9. ސަފަރު ކައްދަ

    އެހެން ވީމަޔެއްނު މި ފަސްއަހަރު ތެރޭ ވައްތަރެއްގެ އަންހެނެއް ލައިގެން ތި ތަޢުލީމު ހަލާކު ކުރަނީ. ތަޢުލީމޭ ކިޔާއިރު ދަރިވަރުންގެ ނަތީޖާ ބަލާބަލަ، ޓެކްސްޓް ފޮތްތަކަށް ހަދާ ގޮތްބަލާބަލަ، ސަކޫލްތަކުގެ ޙާލަތު ބަލާބަލަ، ކިތައްސްކޫލްގައި ޕްރިންސިޕަލުންނެތީ، ޓީޗަރުން ހަމަނޫނީ، ފޮތޯމަންޖެއަށް ފޮތޯނެގެ. ވާ ސަރީ

  10. އެރރ

    ލައްބަ ލައްބަ. ސުރުޚީ ވަރައްރީތި،. ..ދެންނެއްތޯ ސަޅި ސުރުޚީއެއް؟

  11. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ