ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ޖާބިރު ހައްޔަރުކުރިކަން ފުލުހުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާބިރު ހައްޔަރު ކުރީ އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.

ޖާބިރު ހައްޔަރު ކުރީ ގދ.އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކޮށްފައި ވަނީ އޭނާގެ ކުންފުނި ޔޮޓް ޓްއާސް އާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުވާ ކޮށްފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އެމައްސަލައިގެ އަޑުއެހުމެއް މިއަދު 13:15 ގައި ސިވިލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ޖާބިރުގެ ޔޮޓް ޓްއާސް އަކީ އަބަދުވެސް މައްސަލަތައް ގިނަ ކުންފުންޏެކެވެ. ދައުލަތާއި ދެކޮޅަށް ވެސް އެންމެ ގިނައިން ދައުވާ އުފުލާ އަދި ދައުވާތައް ކާމިޔާބު ކުރާ ކުންފުންޏަކަށް ވެސް ވަނީ ޔޮޓް ޓްއާސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައީދު

    ދެރަކަމެއް! އިއްޒައްތެރި މެމްބަރެއް.

    4
    1
  2. މުހައްމަދުި

    މަހީކުރީ އޮރިތާން ނިވާނުވާވަރުގެ ކުޑަސޯޓު ކޮޅެއް ތުރުކުރައްވާއިގެން ރައްޔިތުންެގެ ތެރޭގާ ތެޅިބޭލި މައްސަލައެއްގެ ކަމަށް..

    4
    1
  3. ބަރުގޮނު

    ދެން އެންމެ އަވަހަށް ތިޔަ ޢިއްޒަތްތެރިޔާ ހުށަހަޅުއްވާނީ ޢިއްޒަތްތެރިން އޮޑިދޮށިން ކުރު ދޮށީގައި މަސްބާނާހެން އެބޭފުޅުން ހައްޔަރު ނުކުރެވޭނެކަމަށް ކަޑައަޅާ ބިލެއް ތޯއްޗެއް. ...

  4. ޒީރޯ ޓޮލަރެންސް

    ވަގްތުން ވަގްތަށް ޖާބެ ދޫކޮށްލާ