އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި އަދާލަތު ޕާޓީގައި ތިބުމަކީ ހުއްދަ ކަމަކަށް ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން މިއަދު ވިދާޅުވެއްޖެއެވެ.

ޝެއިހް އާދަމް ނިޝާން އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިންޑިއާ އާއިދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުމެއްވާނެ ކަމަށް ކަމަށް އަދާލަތު ޕާޓީން ބުނެފައި ވަނިކޮށެވެ.

އާދަމް ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަކީ އިސްލާމް ދީނަށް ނަސްރުދީ ﷲ ގެ ޝަރީއަތް މަތިވެރިކޮށް އަދި އިސްލާމް ދީނުގެ އަދާވަތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި އަލްމާނީ ސެކިއުލަ ފަރާތްތަކާ ގުޅި ބައިއަތު ހިފައިގެން އެމީހުން އެ ގޮވާލާ ލާދީނީ ފަލްސަފާ އަށް ފާޅުގައި ވާދިގޭ ބައެއް ކަމަށެވެ.

އަދި މުޝްރިކުންނަކީ މުސްލިމުންނާއި އެންމެ އަދާވާތްތެރި ދެކޮޅުވެރި މީސްތަކުން ކަމުގައި އާއި އެމީހުންނަކީ އައުލިޔާ އިން ކަމުގައި (ގާތް އެކުވެރިން، މަދަދުގާރުން ކަމުގައި" ނުހެދުމަށް ކީރިތި ގުރުއާނާއި ވަހީ ބާއްވާލައްވާފައިވަނިކޮށް އިންޑިއާގެ މުޝްރިކު ސިފައިން މިއިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވާލައި ވަކާލާތު ކުރާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނަށް ނަސްރުދިނުމުގެ ނަމުގައި އެޕާޓީގައި ތިބުމަކީ އެއްގޮތަކަށްވެސް ހުއްދަވާނޭ ކަމެއް ނޫނެވެ." އާދަމް ނިޝާން ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

އަދާލަތު ޕާޓީ އާއި މި ނޫން ވެސް މިފަދަ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުމަކީ އިސްލާމް ދީނާއި މި ދީބަށް ވެސް ވެވޭ ހިޔާނާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދާލަތު ޕާޓީއަށް ސޮއިކޮށްގެން ތިބި އަޅުގަނޑުގެ ނަސޭހަތް އަޑުއަހާ ގަބޫލުކުރާ ކޮންމެ މުސްލިމް އަހަކާއި އުހްތަކަށް ދަންނަވާލަމެވެ. މިހާރުން މިހާރަށް އެޕާޓީއިން ކެނޑި ވަކިވާށެވެ." އާދަމް ނިޝާން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. މޯދީ

    ޢަދާލަތު ޕާޓީ ޙަރާމް؟
    އެމްޑީޕީ ޙަލާލު؟

    6
    30
    • Anonymous

      ޖަހާލަތަކީ ލާދީނީ ޕާޓީއެއް

      13
      1
    • ޔާސިރު

      އާރޓިކަލް އެއްކޮށަ ނުކިޔާ ވެސް ކޮމެންޓް އެއް ކުރެވޭ ތޯ ބަލާތި

  2. ބޮޑުތުނބުޅި

    ބަލަ ކަލޭތަ ހަރާމް ހަލާލް ކަނޑައަޅަނީ؟ ތިދަޢުވާ ކުރެވެނީ ކަލާނގެކަމަށް!

    9
    70
    • ލޮލް

      ދީނުގެ ހުކުމްތައް ދަންނަ ބަޔަކަށް ޙަލާލު ޙަރާމް ބުނެދޭން އެނގޭނެ. ތިބާއަށް އެކަން ގަބޫލު ނުކުރެވޭ ނަމަ ފޮތްތައް ކިޔާ އިލްމު އުނގެނޭ.

      47
      6
    • ކަނޔޭ

      ކޮބާ މައްސައަކީ؟؟ ކަޔޭވެސް ކަޔޭ ބޭނުން އެއްޗަކައް ވީމަ ނިމުނީނު...

      3
      16
    • ޝެއިޚް ނަސްރުﷲ

      އިލްމަކީވެސް ހާދަ މުހިންމުއެއްޗެކޭ..ކަނުއަނދިރިކަމުގެ ތެރެއިން އަލިކަމަށް އިންސާނާ ގެނުވާއެއްޗެއް އިލްމަކީ.. "ބޮޑުތުނބުޅި " ނަމުގައި ކޮމެންޓް ކޮށްފައި އެއިނީ އިލްމުނެތް ޖާހިލެއް ކަމާމެދަކު ޝައްކެއްނެތް..

      34
      4
  3. ލޮލް

    އެމްޑީޕީއާއެކު އަދާލަތުޕާޓީން ބައިއަތު ހިފި ހިސާބުން އަދާލަތު ޕާޓީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިން. އެމްޑީޕީއާ ގުޅޭނީ ވަރަށް ވިޔާނުދާ ބައެއް. އެމްޑީޕީގެ މަތިފަޑީގައި މުޅިންވެސް ތިބީ ވިޔާނުދާމީހުން. އެމީހުންގެ ވިޔާނުދާކަން އެނގޭނީ ތާރީޚު ބަލާ ދިރާސާކުރާ ބަޔަކަށް. އެމްޑީޕީގެ އާންމު މެމްބަރުންވެސް ބޭނުމެއް ނުވޭ އެޕާޓީގެ ވެރިން އިސްލާހު ކުރާކަށް. ބަދަލުގައި އެވެރިން ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ސަނާކިޔާ އަތްޖަހަނީ.

    42
    1
  4. ތެދެއް

    ޢަދާލަތަކީ ސެކިއުލާރ ވިސްނުމުގެ ޕާޓީއެއް

    25
    1
  5. މުޙައްމަދުދީދީ

    ޝެއިޚް އެވިދާޅުވީ ހަމަ ރަނގަޅަށް. އެއީ އިސްލާމްދީނަށް ނަޞްރުދޭންކަމަށް ބުނެ އަދާލަތުގެ ވެރިން އެއްބާރުލުން އެދެމުންދަނީ ލާދީނީ ކަންކަމަށް ފާޅުގައި އެއްބާރުލުންދޭ ބަޔަކަށް. އެމްޑީއެން ރިޕޯޓުން ފެށިގެން މިއަދާހަމައަށް ހިންގަމުންގެންދާ އެއްވެސް އެފަދަ ޖަރީމާއެއް ކުށްވެރިކޮށްނުލާތަނުގަ އަދާލަތުގެ ވެރިން އެތިބެނީ އެކަންކަން ދިފާއުކުރުމަށް ޖާނުދީގެން.

    34
    2
  6. ޢަބުދުﷲދީދީ

    ޢަދާލަތުޕާޓީ އަކީ މިހާރު އިމްރާނުގެ މުދަގަނޑަކައް ވެއްޖެ . ޢަދާލަތު އުފެއްދުމައް ދެއްކިވާހަކަތަކާ މިހާރު އެއްވެސްގުޅުމެއ

    24
    2
  7. އިބްރާހީމް

    މިހާރު އަދާލަތު ކިޔާ ޕާރޓީއެއް އޮތްކަމަކަން ޤަބޫލެއް ނުކުރެވޭ މިހާރު އެއީ ޖަހާލަތުގެ ޕާރޓީ

    26
    1
  8. ހާލިދު

    ހަރާމް ޙަލާލް ޤުރުއާނުން އޮތީ ވަކިކޮއްދެއްވާފަ އެއީ ޕާޓީއެއްނޫން އެއީ ކާއެއްޗެހި އެކަމަކު މަވެސް ބުނާނީ މުސްލިމަކައްވެހުރެ ޢަދާލަތު ޕާޓީގަ ހުރުން ރަނގަޅު ނޫން ކަމުގަ ސަބަބު ހަތިމައް ކުޅުޖަހާ މިހުރާބުތެރެއައް ޤަޛާހާޖަތް ކުރިއިރުވެސް އެއްވެސް އެއްޗެއް ބުނަން ނުކެރުނު ޕާޓީއަކައް އެޕާޓީވުން ޕާޓީގެނަން ކަމުގައިވާ ޢަދުލުވެރިކަން ނެތުން

    26
    1
  9. ފައިބާ

    "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ނޭއްގާލީ އަމަލެއް ކަމަށް އަދާލަތުން ބުނުން ފިޔަވައި އެކަން ސާބިތު ކުރުވޭނެ އެއްގޮތެއް ވެސް ނެތޭ އެކަމަކު އިންޑިއާ އައުޓް ކެމްޕެއިން ރައީސް ޔާމީން ކުރައްވަނީ އެއީ ސީދާ އެކަމުގެ ހެއްކާއި ގަރީނާ އެހެރީ ހުރިހާ ރައްޔިތުންނަށް ފެންނާން އައްޑޫގައި 1400 އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ބަރުހަތިޔާރާއި އެކު އިންޑިއާ 2000 ސިފައިން ދެން އިންޑިއާ އައުޓް ދިވެހިން ގޮވުން އެއީ ނޭއްގާނީ އަމަލެއް ނަމަ ތަމެން ތިޔާ ތިބީ އަބަހައްދަވެފައޭ އިންޑިއާ އިން ކަޓްގެ ގޮތުގައި އިމްރާނަށް 1 މިލިއަން ޑޮލަރު ދިނުމުން ދޯ އިންޑިއާ ޖެހޭނީ ދާން މިހާރު ވަގުތު އެބައޮތް އިންޑިއާ އަށް ޖަނގިޔާ ގަނޑު ނުބޭލި ފޭބެން ލަސްވެއްޖެނަމަ އަފްއާން ގައި އެމެރިކާ ސިފައިން ބި ގޮތަށް އޮރިޔާން ވެގެންނޭ އިންޑިއާ ސިފައިން ފައިބަން ޖެހޭނީ..

    16
    2
    • ލޮލް

      ދިވެހި ރައްޔިތުންގެ ސަމާލުކަމަށް އިންޑިޔާ ސިފައިންގެ ވާހަކަ އެންމެ ފުރަތަމަ ގެނައީ އުމަރު ނަސީރެވެ. އޭރުގައި ޕީޕީއެމްންސީ ކުދިން އުޅުނީ އެމީހުންގެ ލީޑަރު ސަލާމަތް ނުކުރެވިގެންނެވެ. "އެންމެ ފުރަތަމަ ލީޑަރު ދެން ގައުމު" މިޝިއާރުގެ ދަށުން ކަމަށްވެސް ވެދާނެއެވެ. މައްސަލައެއްނެތެވެ. އެބަޔަކަށް މުހިންމު ވާކަމަކަށް އެބަޔަކު އިސްކަންދޭނެއެވެ. 2023ގައި ގަދަ ހިފުމަކަށް ދާން ތައްޔާރެވެ.

      6
      2
  10. ކޮރަލް

    ދީނައް ފުރައްސާކަ ކުރާ މީހެއްގެ ޕާޓީގަ ހުރުމުން އެއްޗެކޭ ނުބުނެ އެވެ.

    10
    1
  11. ހައްޕު

    ޢިމްރާނަކީ ވިޔާނުދާ މީހެއް. ޢޭނާއަށް ވަޒީރުކަން ނުލިބުނު ހުރިހާ ހުރިހާ ސަރުކާރެއް ގޯސް. ވަޒީރުކަން ލިބުމުން ކުރާހާ ކަމެއް ރަނގަޅު.

    23
    2
  12. ޕސޓ

    އެ ވެސް ޝޭހެއް.؟ ތިޔަ ފަދަ މީހުންނަށް ކިޔަނީ ސިޔާސީ މީހުން.

    5
    1
    • ލޮލް

      ސެކިޔުލާފިކުރުގެ މީހުންގެ ބަހުރުވަ ހުންނާނީ ތިކަހަލަ ގޮތަކަށް. އެކަމަކު ދީނުގައި މިވެނިކަމެއް އޮންނަނީ މިވެނި ގޮތަކަށޭ ބުނެފިނަމަ އެކަމަކާ ލާދީނީ މީހުންވެސް ބެހޭ، ނަމަވެސް ލާދީނީ މީހުންގެ ނަޒަރުގައި ދީނީ މީހަކު ސިޔާސީ ކަންކަމާ ބެހުން ޙަރާމް. ދީނީ މީހަކު ސިޔާސީ ކަމަކާ ބެހެފިނަމަ ވަގުތުން އެއީ ސިޔާސީ މީހެއް. ހެއްވާ ތަންކޮޅަކީ ސިޔާސީ މީހެއް ވިއްޔާ އެހުންނަނީ ފައިސާއަށް ވިކިފައި ކަމަށް ދެކޭތީ. (އެބަޔަކު ލީޑަރެއް ކަމަށް ދެކޭ މީހާ ފިޔަވައި.)

  13. ޙަބޭ

    ބާތިލް ދީންތަކުގެ މީހުންނަށް ބައިއަތު ހިފައިގެން އެމީހުންގެ ދިފާއުގަ ތިބީ އިސްލާމްދީނުގެ ދިފާއުގައޭ ބުނެވޭނެތަ

    9
    1
  14. ބަލާތި

    އިންޑިއާ އައުޓް ކެމްޕެއިނަކީ އެއީ ނޭއްގާލީ ކެމްޕެއިނެއް ނޫނޭ އެއީ ގައުމީ ކަމެކޭ ގައުމު އޮވެގެނެއް ނޫންތޭ ސިޔާސީ ޕާރޓީ އެއް އޮންނާނީ ވެސް މިކަމޭ ޕީޕީއެމް އިން އިސްވެ ހުންނަވާ ރައީސް ޔާމީން އެކުރައްވަނީ އެކަން ކުރުމުގައި ކުދި ބޮޑު އެންމެހާ ދިވެހިރައްްޔިތުން މިކަމާއި ބައިވެރިވާންވީއޭ ރާއްޖޭގެ މިނިވަން ކަން ނެތް ނަމަ ދެން އޮންނާނެ ސިޔާސީ ޕާރޓީ އެއް ނޯންނާނެއޭ ހަނިމާދޫގައި ކިއެއްކުރަން ތިބޭ އިންޑިއާގެ 18 ހާސް ސިފައިން ނެއް ތޭ އެމެންނަށް ޚަރަދުކުރަނީ ސީދާ ދިވެހި ސަރުކާރުންނޭ އެއީ އެއަތޮޅަށް ވުރެން ބޮޑު އާބާދީއެކޭ...

    6
    1
  15. ހާމަކުރޭ

    އިންޑިއާ އައުޓް ކެމްޕެއިނަކީ އެއީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމޭ އަދި އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންަނށް ހާމަކުރުމޭ އިންޑިއާ ގައި އުފައްދާ ނިއުކް ވޭސްޓް ގެނެސް އިންޑިއާ އިން އަޅަން އޮތް ތަނެއް ނޫނޭ އެއީދޯ ތަމެން އެއްބަސްވުން ނުދައްކަން އުޅޭ ކަމަކީ މިހާރު މާލެ ސަރަހައްދުގެ ޖައްވު ވެސް ފުސްވެގެން އުޅެނީ އިންޑިއާ އާއި ހެދިއޭ އެވެސް އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބެގެން ކޮށްގެން އުޅޭ ކަމެއް ކަމަށޭ މަމެން ޝައްކުކުރަނީ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރޭ

    5
    1
  16. ބޭރުކުރޭ

    އިންޑިއާ ސިފައިން މަމެންގެ ގައުމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

    5
    1
  17. Hussain saamy

    Islaamdheenah nasru dheee....islaamdheenah nasru dhee....

  18. އިންޑިއާ އައުޓް

    އިންޑިއާ އައުޓް ކެމްޕެއިނަކީ ޕީޕީއެމް އިން އެކަނި ހިންގާ ކެމްޕެއިނެއް ނޫނޭ ކްލަބް ހައުސް ގައި ވެސް އެންމެ ބޮޑަށް އިންޑިއާ އައުޓް ކެމްޕެއިން ޖައްސަނީ އެއީ އިންގިލާބީ ހަރަކާތުންނޭ ކްލަބް ހައުސް އެމެރިކާ އިން ވެސް އެބުނަނީ ކްލަބް ހައުސް އިންގިލާބީ ހަރަކާތަށް ވަންނަ މީހުންގެ އަދަދު ގިނަ ކަން އެއީ އެމެން ވެސް ކޮސްވާ ކަމެކޭ ދެން އިންގިލާބީ ހަރަކާތުން ޔަގީނުން ވެސް އެބުނަނީ އެއީ ސިޔާސީ ކަމެއް ނޫނޭ އެއީ ގައުމީ ކަމެކޭ އަދާލަތު ތިޔާ ގޮވާ އެއްޗެއް ދެއުއިޅި އެއްނުވެއޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    5
    1
  19. ސޯޓުބެ

    އެޕާޓީގައި ރަޖިސްޓަރީ ކޮށްފައިވާ ގިނަ މީހުންނަކީ އޮޅުވާލައިގެން ރަޖިސްޓަރީ ކޮށްފައިވާ ބައެއް ކަމަށް ބެލެވެނީ! މިހެން މިދެންނެވީ އަޅުގަނޑުގެ މަންމަ އަށް ނޭނގި އަދާލަތު ޕާޓީ ގައި ރަޖިސްޓަރީ ކޮށްފައިވާތީ!

    6
    1
  20. ޓޫވެލް

    އިންޑިއާ އައުޓް ކެމްޕެއިނަކީ ވަރަށް މާތް މަގްސަދެއްގައި ކުރާ ކަމެކޭ އެކަމުން ސިޔާސީ ފައިދާ ވެސް ވާނެއޭ އިޖްތިމާއީ ފައިދާ ވެސް ވާނެއޭ އިގްތިސާދީ ފައިދާވެސް ވާނެއޭ އަދި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހެދެން އޮތީ އިންޑިއާގެ އެތައް ހާސް ސިފައިން މިގައުމުގައި ބަނޑަހަ ޖަހައިގެން ތިބޭތީވެ އެމެން ގއި ސައްޕެއް ޖަހާ އިންޑިއާ ސިފައިން ބޭރުއަރުވާލައިގެންނޭ މިކަން ކުރުން އެއީ ގައުމީ ވާޖިބެކޭ އިންޑިއާ އައުޓް މާރަނގަޅޭ މާބޮޑަށް ރަނގަޅޭ މާބޮޑަށް ރަނގަޅޭ މާބޮޑަށް ރަނގަޅޭ...

    4
    1
  21. އައުޓް

    ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދުމަށް ޓަކައި އިންޑިއާ އައުޓް ކުރަން އެބަޖެހޭ އަދި ލަންކާ ވެސް އައުޓް ކުރަން ޖެހެއޭ މިދެގައުމަކީ އެއި ރާއްޖޭގެ އިގްތިސާދުގެ ލޭ ބޮމުންދާ ދެ ޑްރެކިއުލަރސް އޭ މިރާއްޖެއަށް ބޭރު ޔޫރަޕްގެ ޕްރޮޑަކްޓެއް ޑިސްޓްރިބިއުޓަރު ކަން ދިވެހި ކުންފުންނެެއް ނަގައިފިނަމަ ލަންކާ އަދި އިންޑިއާގެ ވަގުންގެ އުދަނގުލާއި ހެދި ދިވެއްސަކަށް އެވިޔަފާރި ކުރެވެން ނޯވެއޭ ރާއްޖެ އާއި ލަންކާ ނުވަތަ ރާއްޖެ އާއި އިންޑިއާ ހިމެނޭ ގޮތަށް އެމެންނޭ އެނަގަނީ ހަމަ ޖެހޭނީ އައުޓްވާން އައުޓް ވާން ޖެހޭނީ...

    2
    1
  22. ބޭރުކުރޭ

    ރާއްޖޭގެ ފުރިހަމަ މިނިވަން ކަން މިއަދު ވިހާ ކުއްޖާ އަށް ވެސް އިހްސާސް ކުރެވޭނީ އިންޑިއާ މިގައުމުން އައުޓް ވެގެން އިންޑިއާ އެކަނި ނޫން އައުޓް ވާން ޖެހޭނީ އައުޓް ވާން ޖެހޭނެ ލަންކާ ވެސް ރާއްޖޭގެ އިގްތިސާދު ދިވެހިންގެ އަތްމައްޗަށް ނާރާ އޮތް އެންމެ ބޮޑު މައްސަލަ އަކީ އިންޑިއާ އަދި ލަންކާގެ ކުންފުނި ތަކާއިހެދި އޭ އަދި މިވެރިކަމުގައި އެކަން ވަރަށް ބޮޑޭ މިހާރު ރިސޯރޓްސް ތަކަށް ތަރުކާރީ ސަޕްލައި ކުރާ ކުދި ކުދި ބްރޯކަރުންގެ ވިޔަފާރިވެސް އިންޑިއާ އަދި ލަންކާ ވަގު ވިޔަފަރިވެރިން ފޭރިގެންފިއޭ ދިވެހިން ވަނީ ދުވަހުން ދުވަހަށް ނިކަމެތި ތިއޮތް އައްޑޫ އަށް ގޮސް ފައި މަމެން މިއައީ މި ނޮވެމްބަރު ޑިސެމްބަރު މަހު ޝަންގްރިއްލާ ރިސޯރޓް މިހާރުވެސް އެބަ ހަދަމުންދޭ އެކަމަކު އެތަނުން މަސައްކަތެއް ވެސް އަދި ވަޒީފާ އެއް ވެސް އައްޑޫ މީހަކަށް ނުދެއޭ އަދި ހެރެތެެެރެ އިން އެއްގޮތަކަށް ވެސް އައްޑޫ މީހަކަށް ވަޒީފާ އެއް ނުދެއޭ އެމެން ހެރެތެެރެ ވިޔަފާރި ޑައިވަރސިފައި ކުރަން ވެސް ނޫޅެއޭ މިހުރިހާ ކަމެއްގެ މައިގަނޑު މައްސަލަ އަކީ ލަންކާ އިންޑިއާ މީހުންނޭ އިންޑިއާ ބޭރުކުރަން ޖެހޭނީ އެނޫން އެއްގޮތެއް ވެސް ނޯންނާނެއޭ...

    3
    1
  23. ރަސް

    އަދާލަތު ޕާޓީގެ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުން އެޕާޓީގައި ދެމިތިބުމާއި މެދު އިސްތިޚާރާ ނަމާދު ކުރައްވައި އޭގަ އަލީގައި ނިންމެވުމެއް ނިންމަވާ.

  24. ޢަހުމަދުވަގާރު

    މި ކަހަލަ ސޭކުން މި ގައުމުގަ ނިކަން ގިނަ ވެއްޖެ މިހާރު.ތޯރާ ބޯރާ ގުރޫޕް

  25. ކޮވިޑް

    މި ޤައުމު މިޙާލަތައްގޮސް ޤައުމުގެ ހަތަރެސް ފައިގަ އިންޑިޔާ ސިފައިންލައްވައި ބިޑިއަޅުވާކަށް އެއްބަހެއްނުވެވޭނެ ޤައުމާ ދީނުގެ ދިފާޢުގައި ތެދުވަން ވެއްޖެ ނިޝާންގެ ބަސް ތެދުކަން ޔަޤީން

  26. އަބޫ

    ޝެއިޚް އާދަމް ނިޝާނަށްވާ ކެރިވަޑައިގަންނަވައިފި މިފަދަ ބަހެއް ވިދާޅުވެ މީސްތަކުންނަށް ހެޔޮގޮތް ހާމަ ކޮށްދެއްވަން

  27. ހޭލާ

    ރާއްޖޭގައި ހަރަކާތްތެރިވާ ސަލަފިއްޔާގައި ތިބުމަކީވެސް ހުއްދަކަމަކަށް ނުވާނޭ ބުނެވިދާނެއެވެ. އެހެނީ ﷲތަޢާލާ އެންމެ ރުހިވޮޑިގެން ނުވާ ކަންކަން އެބައިމީހުން ކުރަމުންދާތީއެވެ. އެއީ އިސްލާމީ މުޖުތަމައެއްގެ ތެރޭގައި ފިތުނަ އުފެއްދުމާއި ބައިބައިކުރުމާއި ނަފުރަތު އުފެއްދުމެވެ. އިސްލާމީ ހިލާފަތު ނިމި ދިޔައީ ކީއްވެކަން މި ބައިމީހުންނަށް ރަގަޅަށް އެނގޭނޭކަން ކަށަވަރެވެ. އަދި މިއަދުވެސް އިސްލާމީ ގައުމުތައް ނިކަމެތިވެގެން އެދަނީ ކީއްވެކަންވެސް މިބައި މީހުންނަށް އެނގޭނެވެ. ދިވެހިން ނިކަން ހޭލާ ތިބޭށެވެ. މި ގައުމު ސީރީއާ އިރާގު ޔަމަނަށް އަފުގާނިސްތާނު ފަދަ އިސްލާމީ ޖަމާއަތްތަކުގެ މެދުގައި ބައިވުމާ ހިލާފު އުފެދި ދާހިލީ ހަމަޖެހުމެއް ނެތް ގައުމަކަށް ހެދުމަށް ފުރުސަތު ނުދޭށެވެ.

  28. ޓުކުރި

    ޢެންމެފަހުން ހަރާމް ހަލާލުވެސް ކަނޑައަޅާ ބަޔަކަށް ނިކަމެތި އިންސާނާމިވީ. މިވަރު ބަޔަކަށް ސޭހުންނޭ ކިއޭނީ ކިހިނަކުން. މިބައިމީހުން އަދި އުލޫހިއްޔަތައްވެސް ދައުވާކޮށްފާނެ. ޝޭހް އިމްރާން. ޢަދި އިޔާޒްމެންނަށް ނޭގޭ އިލްމެއް ފޮތަކުން މިމީހުނަށް ލިބިފައެއްނުވާނެ. އެހެނެއްކަމަކު ސިޔާސީ ފޮލާ ކެއްކިހެން ޝަރީއަތުގައި ނެތް އެއްޗެއްވައްދާ ފޮލާ ކެއްކިގެން ނުވާނ

  29. ޢަދުރޭ

    އެކިއެކި ސިޔާސީ ވާހަކަ ދެއްކުމަށާއި އަދި އަމިއްލަ މަސްލަޙަތު ދިފާޢުކުރުމަށް އިސްލާމްދީނާއި ﷲ ގެ ނަންފުޅު ބޭނުންކުރުމަކީ ކޮޕީ ރައިޓް ވަޔަލޭޓް ކުރުން ކަމުގައި ނުވާނެތޯ؟ ކީރިތި ޤުރްއާނުގައި ނެތްތޯ އަންގަވާފައި ( وَمَا قَدَرُوالله حَق قَدرِهِ. (. މާތް ﷲ އަށް ދޭން ޖެހޭ ޙައްޤު ޤަދަރު އެބައިމީހުންނުދެއެވެ. (. އަހަރުމެންގެ ލޯގޯ އާ ޓްރޭޑް މާކު ބޭނުން ކުރުން މަނާ އެކަމަކު މާތް ﷲ ގެ ނަންފުޅު ކޮންމެ ގޮތަކަށް ބޭނުންކުރިއަސް އޯކޭ !!! މީ ކޮން ވައްތަރު ؟