އަދާލަތު ޕާޓީގެ އާއްމު މެންބަރުން، އެޕާޓީގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލަމުން ގެންދަނިކޮށް، މިއަދު އެޕާޓީގެ ޒުވާން މެންބަރަކު ވެސް ޕާޓީގެ ސިޔާސަތައް ފާޑުކިޔައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ޓެގްކޮށް މުހައްމަދު ފައިޒަން ކުރި ޓްވީޓެއްގައި ބުނީ މިއަދު އޭނާ އެޕާޓީއަކަށް ނިސްބަތްވާ އަދާލަތު ޕާޓީއަށް، އެ ޕާޓީ އުފެދުނު އަސްލު މަގުސަދު އޮޅިގެން އުޅޭހެން ހީވާ ކަމަށެވެ.

ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ ނިޒާމަކީ އިސްލާމީ ތާރީޚަށް ބަލާއިރުވެސް ފެންނަން ހުރި ކަމެއް ނޫން ކަމަށާއި އަދާލަތު ޕާޓީއަކީ ޒަމާނަށް އައި ބަދަލާއެކު ރާއްޖެއަށް ވެސް ޑިމޮކްރަސީ އައުމާއި ގުޅިގެން އޭރު ރާއްޖޭގެ ތިބި އެއްބައި އިލްމުވެރިން، ރިބާވީ ބޭންކްތަކުގައި "އިސްލާމިކު ވިންޑޯ" އުފައްދާ އުސޫލުން އުފެދުނު ޕާޓީއެއް ކަމަށެވެ.

ނަމަވެސް މިހާރު އަދާލަތު ޕާޓީގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އިސްލާމީ ޝިއާރުތައް ކުރިއެރުވުމުގެ ބަދަލުގައި ވަކި ކުލައެއްގެ ފިކުރަކަށް ގޮސް ހުސްވެއްޖެ ކަމަށް ފައިޒަން ބުނެފައި ވެއެވެ.

"މީގެކުރިން ވެސް ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ވެސް ތި ރީނދޫހުން ޖެހިގެން ވަނީ މިޕާޓީގެ ލީޑަރޝިޕް ބާކީ ކުރެވިފައެވެ. މިކަން ހަނދާން ކޮށްލަދެމެވެ." ފައިޒަންގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމާއި ދިމާކޮށް ވެސް އަދާލަތު ޕާޓީގެ މެންބަރުންތަކެއް، މުއިއްޒަށް މަރުހަބާ ދަންނަވަން ދިޔައެވެ. ނަމަވެސް އަދާލަތު ޕާޓީން ބުނީ މުއިއްޒަށް މަރުހަބާ ކިޔަން ދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަދާލަތު ޕާޓީގެ މެންބަރުން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސާމް

    އަދާލަތު ޕާޓީގެ މެމްބަރުންނަކީ ކޮބާކަން ތިޔަ ޕާޓީގެ ވެރިންނަކަށް ނޭނގޭނެ. އެންމެ ފަހުން ތިޔަ ޕާޓީއިން އާންމު ޖަލްސާއެއް ބޭއްވީ ކޮންތާރީޚެއްގައި ކަމާއި އަދި މިދިޔަ ފަސްއަހަރު ކިތަށް އާންމު ޖަލްސާ ބޭއްވުނުތޯ ބަލާބަލާށެވެ.

    54
    • އަ

      ނޭނގޭނެތާ! ޙައްޖުގެ މަތިވެރި އަޅުކަމަށް ދާން މީހަކު ފޯމު ފުރައިފިއްޔާ އޮންނަނީ ޢަދާލަތުގެ ދަފްތަރުގައި. މި ގެއިން ޙައްޖު ކޯޕަރޭޝަނަށް ފޯމު ލީ 3 މީހުން ވެސް ތިޔަ ޕާޓީއެއްގަ. ހަމަ ގައިމު ވެސް އެއްވެސް ޕާޓީއަކަށް ވަންނަން ފޯމެއް ނުފުރާ.

      37
      • ކަމަނަ

        މަވެސް ތިޔާ ބުނާ އަދާލަތުގަ މީހުން ހަމަކުރީ ވަގައް މީހުން ވައްދައިގެން އެކަން އެގޭނެ އީސީ އަށް އަދި އީސީ ޝަރީފަށް

        18
  2. Anonymous

    ސާބަހޭ ދަރިފުޅާ.
    ޙައްޤު ހާމަ ކޮށްލަން ކެރެންޖެހޭނެ.
    ﷲގެ ދީނަށް ނަޞްރު ދިނުން އޮންނަނީ.
    ކުލަކުލައިގެ ފިކުރަކަށްނޫން ވާގިވެރިވުން އޮންނަނީ
    ޕާޓީއަށް ވެސް ހުތުރު އިޔާޒުމެން އިލިޔާސްމެން އުޅޭ ގޮތަކުން. މިބަޔަކާ ގުޅުނު ހިސާބުން އަގުވެއްޓި ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ.
    ކުރިން އިލިޔާސްމެން ނަކީ ހާދަ އިޙްތިރާމު ލިބިގެން މުޖުތަމަޢު ބަލައިގަނެފައިވާ މީހުންނޭ. މިއަދު އެކަމަކު މުސްލިމުންގެ އަދުއްވުންކަން އެނގޭއިރުވެސް ގެރިމޯދީއާއި އަވަލައިގެން އުޅޭ ބައެއްގެ ފަހަތަށް އަރާ ވާގިވެރިވެގެން . މިމީހުންނަށް ހަމަ ބޭރު ސިފައިން ތިބުމަކީ ވެސް އޯކޭވެގެން ދޯ މިއުޅެނީ. އިންޑިޔާ ގައި މުސްލިމުންނަށް ކުރާ އަނިޔާ ނުފެނެ.

    33
    1
  3. އަހުމަދު

    ތިޔައީ ކުނިވެ ނަޖިސްވެފައިވާ ބަޔެއް. އުވާލާ....

    22
  4. Anonymous

    އައްޑޫން ބިމަށް ޝަރުތު ހަމަވާ މީހުންނަށް ވެސް ވޯޓުލުމުގެ ކުރިން ބިންދީ ރަޖިސްޓަރީ ދިނީމާ ވޯޓުއިތުރުވާނެކަން ޔަގީނެވެ. އެކަމަކު އެކަން އެއީ ކައުންސިލުން ވެސް ސަރުކާރުން ވެސް ނުކުރާނެ ކަމެކެވެ. ކޮއްފިއްޔާ ވޯޓު ޔޭސް

    4
    3
  5. Anonymous

    ޢަދާލަތު ޕާޓީ ރީފޯމްކޮށް އާލީޑާޝިޕަކަށް ފުރުސަތު ފަހިކުރަން އެބަޖެހޭ، ފާއިތުވެ ދިޔަތަނުގައި ލީޑާޝިޕުން ގޯސްތަކެއް ހެދިފައިވާކަން މެމްބަރުން މެމްބަރުން ޤަބޫލުކޮށް އެކަން ފާހަގަކުރޭ، ލީޑާޝިޕް ރީފޯމް ކޮށް ރަގަޅު ދުޅަހެޔު ދީނީ ސިޔާސީ އިޤުތިސާދީ އިޖުތިމާޢީ ޕާޓީއަކަށް ހަދަން އެބަޖެހޭ !

  6. Anonymous

    ޢަދާލަތު ޕާޓީ އަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީގެ ދަފުތަރުގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީއެއް، ޕާޓީގެ ދުސްތޫރުގައި އެންމެ މުހިންމު ކަމަކީ އިސްލާމް ދީނާއި ޤައުމު ހިމާޔަތްކުރުން، މިހާރު އެޕާޓީ ހިގަނީ އެގޮތަށްތޯ ޕާޓީގެ މެންބަރުން ސުވާލު އުފައްދާތީ، ޢިލްމުވެރިން މިކަން ބަލާދިނުން މުހިންމު ކަމުގައި އެޕާޓީ މެމްބަރުންދެކޭ !😆

  7. Anonymous

    2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އަދާލަތުގެ ދުސްތޫރާއި ހިލާފަށް، އެމްޑީޕީން ހޯދި ސަރުކާރެއް !

  8. 27

    ދިވެހި ރައްޔިތުން ވަނީ ގޯސްހެދީމާ ވެރިކަމުގައި ތިބޭ މީހުން ދުރުކޮށް ބާކީ ކޮށްފައި، އެގޮތުން ގޯސްހެދީމާ ރައީސް މައުމޫނު ބޭރުކޮށްފައި، ނަޝީދު ބޭރުކޮށްފައި، ވަހީދު ބޭރުކޮށްފައި، ޔާމީނު ބޭރުކޮށްފައި، ސޯލިހު ބޭރުކޮށް، އަދި އަދާލަތުޕާޓީން އިމްރާނު ވެސް ބޭރުކުރާނެ !

  9. އެޑްމުންޑޯ

    ތީ އަދާލަތު ޕާރޓީގެ މިންބަރެއްނޫން ، ތިވާނީ މަގުމަތީ އުޅޭ ގޮލައަކަށް ، މިއީ އިމްރާނު ދެން އެންމެ އަވަހަށް ޓްވީޓް ކުރާނެ ވާހަކަ !

  10. އަދުހަމު

    ޕާޓީ ތައް ރޫޅޭނީ

  11. އިސްލާހު

    އަދާލަތޭ ކިޔަނީ ޕާޓީގެ ތޮށިގަނޑަށެވެ. އިބްރާހީމް އަށް ކޯލިޝަން ވެސް ހެދިފައިވަނީ އެތޮށިގަނޑާއެވެ. މެމްބަރުން ތިބީ އިބްރާހީމަށް ވޯޓުދޭގޮތަކަށްނޫނެވެ. ވ. ސަލާމް