ތ. އަތޮޅު ވިލުފުށީގައި 86 އަހަރުގެ އަންހެނަކު ކޮވިޑް-19ގައި ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ފަތިހު 5:30 ހާއިރު އުމުރުން 86 އަހަރުގެ ދިވެހި އަންހެނަކު ވިލުފުށީގައި ހުންނަ ހެލްތް ސެންޓަރަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

އަދި މިއީ ކޮވިޑްގައި ނިޔާވި މީހެއް ކަަމަށް ކަނޑައަޅާފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ.

މި މަހު މިހާތަނަށް ރާއްޖެއިން ކޮވިޑްގައި 11 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އެގޮތުން އިއްޔެ އާއި އޭގެ ކުރީ ދެ ދުވަހު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ހުރީ މަތީގައެވެ. އަދި މީގެ ކުރިން މާލެ އިން ކޮވިޑަށް ފައްސިވާ އަދަދުތައް މަދުން ހުރި ނަމަވެސް ފަހުން އެ އަދަދުތައް ވަނީ މައްޗަށް ޖެހިލާފައެވެ.

ރާއްޖެއިން މިހާތަނަށް 95،032 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާރު ބަލި ޖެހިފައި ތިބި 2،079 މީހަކު ރާއްޖޭގައި އެބަތިއްބެެވެ.

ކިޔުންތެރިންގެ ހިޔާލު