ސިޔާސީ މަންފާއަށް ޓަކައި، ވާދަވެރިންގެ ޝަޚްސު ކަތިލައި ދޮގު ވާހަކަ ފެތުރުމުން ދުރުވާން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ "އެހެން މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި، ބިން މަތީގައި ފިތުނަ ފަސާދަކޮށް މީސްތަކުންގެ ހައްގުތަކުން މަހްރޫމް ކުރުމާއި، ދޮގު އިލްޒާމް އެޅުވުމާއި، ހައްގަކާ ނުލާ ޒާތީ ގޮތުން އަދާވާތްތެރިވުމާއި، ސިޔާސީ މަންފާއަށް ޓަކައި އަނެކާގެ ޝަޚްސު ކަތިލުމުން ދުރުވާން ޖެހޭ،" ކަމަށެވެ.

ޝަހީމް މި ގޮތަށް ޓްވީޓެއް ކުރެއްވިއިރު، ޝަހީމްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކުރިން ހުންނެވި މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ސިޔާސީ މީހުންނާއި އެކަމުގައި ޝާމިލްވާ ރާއްޖޭގެ ވިޔަފާރިވެރިންވެސް އެނގޭ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ މަސްތުވުވާތަކެއްޗާއި ސިޔާސީ މީހުންނާ އެއޮތް ގުޅުން ކަނޑުވާލެވެނީ ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންނެވެ.

ނަމަވެސް އެއްވެސް މީހެއްގެ ނަމެއް އިމްރާން އިއްޔެ ވިދާޅެއް ނުވެއެވެ. ބޮޑު ތުހުމަތެއް ބައެއްގެ މައްޗަށް ކުރުމަށް ފަހު އިމްރާން އެއްވެސް މީހެއްގެ ނަން ވިދާޅުނުވުމުން އިމްރާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވަނީ އިމްރާން އެވިދާޅުވާ މީހުންގެ ނަންތައް އިމްރާން ހާމަނުކުރާނަމަ ވަޒީރު ކަމުން އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ. ބައެއް މީހުން ވަނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ތިމާމެން އެހެންމީހުންގެ ސަޚްސުގެއްލުވާލުން ހަމަ ރަގަޅު އިގިތިބި މީހުން ކުރުން މާ ގޯސް..؟

    5
    10
  2. ބޮސް

    ވަރަށްބޮޑު ތެދުފުޅެއް. އެންމެފުރަތަމަ ތިކަން ހުއްޓާލަންޖެހެނީ ތިބޭފުޅާ ނިސްބަތްވާ ޕާޓީއިން. ތިބޭފުޅާވެސް ނިސްބަތްވާހެން ތިޕާޓީގަތިބި ބޮޑުން އަނގަ ބަންދުކުރަންވީ. ޢަޅުގަނޑު ނަސޭހަތްދޭނަން ވެރިކަމުގަތިބި ކުދިންނަށް.

    6
    12
  3. ރިޒްލާ

    ސަހީމުމެން ކޮށްފައި ހުރި ކަންކަމުންދޯ އެހެން އެވަނީ. ކީއްކުރަންތަ ފާޑުފާޑު ތަންތަނަށް . އަބަދު އެންމެނަކު ހަމައިގާ ނުތިބޭނެ

  4. ރާސިނު

    އެނގި ހާމަވަނީ އެއްވެސް ތެދުވެރިކަމެއް ނެތްކަން. ހަމައެކަނި ވަޒީފާއެއްގެ ބޭނުމުގައި ހުރިކަން. އަދި ފެންނާނެ މިސަރުކާރު ގޯސްވާދުވަސް. މާލަހެއް ނެތް!!!!

  5. އަހަނދޭ

    އެންމެ ފުރަތަމަ އެކަން ހުއްޓާލަން ޖެހޭނީ ތިޔަ ފިތުނަވެރި ރ ޓީވީން މިޤައުމުގަ އުފައްދާ ހުރިހާ ފިތުނައެއްގެ އަސްލު އެއީ