ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އިނާޔަތް 5000ރ އަށް އިތުރު ކުރައްވާނެކަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާން ކުރައްވައިފިއެވެ.

މިއަދު ހަވީރު މ. މުލީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން މިކަން އިއުލާނު ކުރެއްވިއިރު، މިހާރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދަނީ ދެމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބުވެ އެ ސަރުކާރު ފަށާ ފުރަތަމަ ދުވަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ވަޒީފާ މާހައުލަށް ނުނިކުމެވި އަދި އަމިއްލައަށް މަސައްކަތް ނުކުރެވޭ ކުދިންނަށް 5000 ރުފިޔާ ކަށަވަރުކޮށްދޭނެ ކަމަށެވެ.

"އަދި އެކަން ކުރެވެން ނެތް މިހާރު މިހިންގާ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، އެ ނުލިބޭ ކުދިންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގެ އިރާދަކުރެއްވިއްޔާ އެއް ވަނަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް ފަސްހާސް ރުފިޔާގެ އިނިޔާތެއް އަޅުގަނޑު ކަށަވަރުކޮށްދޭނަން". ރައީސް ވިދާޅުވިއެެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ، ރާއްޖޭގެ އާބާދީގައި ކޮންމެ ރަށެއްގައިވެސް ޙާއްސަ އެހީތެރިކަން ބޭނުންވާ ކުދިން އެބަތިބި ކަމަށެވެ. އަދި މި ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ނެރެދިނީ މި ސަރުކާރުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެކި ކަންކަމުން އެކި ހިއްސުތަކުން މަހްރޫމްވެފައިތިބު މީހުން އެބަތިބި. އެއީ ދުނިޔެއަށް އުފަންވާއިރު، ނޫނީ އޭގެ ފަހުން އޭނާގެ ހަޔާތުގައި ކޮންމެވެސް ކަމެއްގައި ދިމާވާ ކަންކަމުގައި މަހުރޫމްވާމީހުން. މި ސަރުކާރުން، އަޅުގަނޑުގެ ސަރުކާރުން އިސްވެ ފުރަތަމަ ކުރިމަކީ މިހެން ތިބި ކުދިންނަށް ވަޒީފާ މަޖުބޫރު ކުރީ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ރައްޔިތުންނަށް އޯގާތެރި ސަރުކާރަކަަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހު މި ސަރުކާރު ދެމި އޮތް ހިނދެއްގައި "ގާބިލް"ގެ ނަމުގައި މަޝްރޫއެއް ފައްޓަވައި އެންމެ އިސްކަމަކަށް ވާނީ މިފަދަ ކުދިންނަށް އިތުރު ކަންތައްތަކެއްކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެބަހިޔާލު ކުރަން "ގާބިލް" މަޝްރޫއުގެ ދަށުން އަޅުގަނޑުގެ އެންމެ އިސްކަމަކަށް ވާނީ ނުކުޅެދޭ ކުދިންނަށް އިތުރު ކަންތައްތަކެއްކޮށްދިނުން. ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަކީ އެ މީހުންނަށް ވަޒީފާގެ ފުރުސަތު ނޫނިއްޔާ ލޯން ލިބުމުގެ ފުރުސަތު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮންމެެވެސް ކަހަލަ ސްކީމެއްގެ ދަށުން ހަމަޖައްސައިދޭނަން". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ ބޭނުމަކަށް ވާނީ އެ ކުދިންނަަކީ އަމިއްލައަށް މަސައްކަތްކޮށް އާމްދަނީ ހޯދޭނެ ވަރުގެ ކުދިންނަށްވުން ކަމަށެެވެ.

ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކުގެ މިފަދަ ވިސްނުމެއް ނެތީ ކީއްވެތޯ ވަނީ ސުވާލުއުފައްދަވާފައެވެ. އަދި މިއީ ރައްޔިތުންނާއި، އުއްމީދާއި ގުޅިފައިވާ ކަންތައްތަކަމަށާއި، އިދިކޮޅު ފަރާތްތަކުން މިކަހަލަ ވާހަކައެއްދައްކަން ނޭގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ާއާޅި

    ތިކަން ގަބޫލު ކުރާނީ ކުރިއަތް އޮތް މަހުން ފެށިގެން ދިނީމަ

    • Anonymous

      500 ޕަސަންޓް ޔަޤީން ރައީސް ވިދާޅުވެއްޖެއްޔާ ކޮއްދެއްވާނެކަން

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑުދޮންނައޭ ދަ ވޯޓް ވަގޭ ދަ ސޮމާލިޔަނޭ ދަ މާގެށޭ ދަ ކަސްބިއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. ީއަބުދުއްލަތީފް

    ޙާދަ އުފާވެރި ކަމެކޭ ސާބަސް ރައީސް ޔާމީން

  4. ޙައްސަ

    ވޯޓުގެކުރިން ނުކޮށް ތީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. ކުރީފަހަރުވެސް ހަމަ ތިހެން ބުނެ ދޮގުހެދި.ޕީޕީއެމް މެޖޯރިޓީ އޮތް މަޖިލީހަކަށް އެ އިސްލާހް ހުށަހެޅުމުންވެސް ފާހެއް ނުކުރި. ޙުސް ދޮގު ވާކަހަ

  5. ސިސް

    ޢިތުރުކުރަންވާނީ ވަޒީފާ ނެތް ، ނުކުޅެދޭ މީހުންނަށްދޯ

  6. ބަލާތި

    ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެލަވަންސް 5000ރ އަށް އިތުރު ކުރަނީ ނަމަ އެއީ މަމެން އުފާވާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ދެން މިފަދަ ކަންކަން ޕާރފެކްޓް ކޮށް ދާނެ ކަމަށް. ހަމަ މިއުސޫލުން އެބަޖެހޭ ދައުލަތަށް ވަންނަ އާމްދަނީ އިތުރު ކުރުމަށް ޓަކައި ރާއްޖޭގައި ސްޕެޝަލީ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރި ތަކަށް ލުޔެއް ދޭން ސަރުކާރުން އެގޮތުން މިހާރު ބަންގާޅުން މީހުން ގެންނަނީ އެއީ ވަަރަށް ހަރުދަނާ ނިޒާމެއްގެ ތެރޭން ކަމަށްވާތީވެ ރާއްޖޭގެ އަމިއްލަ ކުންފުނި ތަކުން ބަންގާޅުން މީހުން ގެންނަނަމަ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާ 8 ހާސް ރުފިޔާ 4 ހާސް ރުފިޔާ އަށް ބަދަލު ކޮށް އަދި ކޮންމެ ކުންފުންޏަކަށް މަދުވެގެން 75 ލޭބަރުންގެ ކޯޓާދީ އަދި ފިލައިގެން ރާއްޖޭގެ އެތަން މިތަނުގައި އުޅޭ ބަންގާޅީން ހޯދުމުގެ މަސައްކަތް އަވަހަށް ފުލުހުންނާއި ހަވާލު ކުރަންވީއޭ މިކަން ނުކުރާނެއޭ އިމިގްރޭޝަން އިން އިމިގްރޭޝަން އަށް މިކަން ނުކުރެވި އިމިގްރޭޝަން ތެރޭގައި ކޮރަޕްޝަން ބޮޑު ކަމުންނޭ މިހާ ގިނަ އަދަދަކަށް ފިލައިގެން އުޅޭ ބަންގާޅީން ރާއްޖޭގައި ގިނަވަމުން ދަނީ. ރާއްޖޭގެ ވިޔަފާރިވެރިން ނަކީ ސްޕެޝަލީ މެދު ފަންތިއާއި ކުދި ފަންތީގެ ވިޔަފާރިވެރިން ތިބީ މިސަރުކާރު ދިފާއު ކުރުމުގައި އަވަދިނެތިއޭ އެކަމަކު އެ ފަދަ ވިޔަފާރިވެރިންނަށް އެއްވެސް ކަމެއް ސަރުކާރުގެ ތެރޭން ކޮށް ނުދެއޭ އިކޮނޮމިކް މިނިސްޓަރު ސައީދު އަށް މިކަން ކަން ނުބެލެއޭ ނުވަތަ ބަލަން ބޭނުމެއް ނޫނޭ މިކަން ކަން ރަނގަޅު ކުރާށޭ އެއިރުންނޭ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަކީ އެއީ ވަށާޖެހިފައިވާ ކެމްޕެއިން އަކަށް ވާނީ އަދި ވެސް އިދިކޮޅު މީހުންނަށް ތާއީދު ކުރާ މީހުން މާ ބޮޑު ތަން މަދުނުވެއޭ މަދުނުވަނީ ކެމްޕެއިން ކުރާއިރު ސަރުކާރު ބާރުގައި އޮވެމެ ސަރުކާރުން ރައްޔިތުންނަށް ކޮށް ދޭން ޖެހޭ ކަންކަން ނުކޮށްދޭތީއޭ. ވިޔަފާރިވެރިންނަކީ އެއީ ވެސް ދިވެހިރައްޔިތުންނޭ އެމެންނޭ ސަރުކާރު ހިންގަން ފައިސާ ދެނީ ސްޕެޝަލީ މާލެ ސަރަހައްދުގައި ހުންނަ ހުރިހާ ވިޔަފާރި ކުންފުނި ތަކޭ.

  7. ހަސަނާ

    ދެންކޮބާތޯ ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް.

  8. Anonymous

    ށުކުރިޔަަަ

  9. ޙެޔޮެެަެެެ

    ށުކުރިޔަަަަ

  10. ާަަަަަަަކ

    ޥަރަ ރަންގަލުކަމެަ

  11. ހޮހޯ

    ކުޅެދޭ މީހުންގެ ހައްގުތައް ކޮބާ؟ ސަރުކާރަތް ގުދުބިއްދާން 20،30 އަހަރު ހިދުމަތް ކޮއްދިނީމާވެސް 10،000 ރ ސިވިލް ސާރވަންޓް އަކަށް ނުޖެހޭ.

  12. ޖައްސާތި

    ރާއްޖޭގެ ނުކުޅެދުން ތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތް ތައް އިތުރު ކުރާ ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ އެގޮތަށް އެބަޖެހޭ ހަމަ ދައުލަތަށް ވަންނަ އާމްދަނީއިތުރު ކުރުމަށް ޓަކައި މިހާރު ހަތަރު ފުރޮޅުލީ ވެހިކަލްސް ތައް މާލޭގައި ރަޖިސްޓްރީ ކޮށް ދެނީ ޓްރާންސްޕޯރޓް އޮތޯރިޓީގައި ތިބޭ ފަސްމާމުލު ފަސް ވަގުންނާއި ރަށުތެރޭގައި އުޅޭ ވަގުންނާއި ގުޅިގެން އައިބޭ ގައި ގަރާޖް ސިޓީ އިޝްތިހާރު ކޮށްގެން 60 ހާސް ރުފިޔާ އަށް ގަރާޖް ސިޓީ ވިއްކައިގެންނޭ އެކަމަކު އެ ގަރާޖް ނީދެއޭ މާލޭގައި އެ ގަރާޖް އިންނަނީ ހަނދުގައޭ މީ ހަމަސީދާ ކުރާ ވައްކަމެކޭ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑުން ތައް މި ކަން އިކޮނޮމިކް މިނިސްޓަރަށް އެގިގެން މިވައްކަން ކުރާ މީހުން ޓްރާންސްޕޯރޓް އޮތޯރިޓީން ވަކި ނުކުރަނީ ކިއެއްވެތޭ އަދި ގަރާޖްގެ ސިޓީ އެއް ހޯދަން ނުޖެހޭނެއޭ މާލޭގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދު ތައް ސަބަބަކީ ހުރިހާ އުޅަނދު ތައް ހުންނަނީ މަގުމަތީގައޭ ޕާރކް ކޮށްފައޭ މިކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ސައީދު ދެނީ ބްލައިންޑް އައި އެކޭ މީ ވެސް ސަރުކާރާއި ރައްޔިތުންނާއި ޖެއްސުމަށް ޓަކައި ޓްރާންސްޕޯރޓް އޮތޯރިޓީގައި އުޅޭ ސިވިލްސާރވެންޓުންގެ ބޮޑުން ކުރާ ކަމެކޭ މިކަން ކަން ވެސް ޚުދު ރައީސް އަށް ފެނިލައްވައިގެން ރައީސް އިސް ނަންގަވައިގެން ކުރިއްޔާ ނޫނީ މިފަދަ ކަންކަން އިސްލާހު ނުވާނެއޭ މިނިސްޓަރުންނަށް ކޮން ކަމެއްތޭ ރައީސް ޔާމީން ވެރިކަމަށް ހޮވުނަސް ނުހޮވުނަސް ނުހޮވިއްޖެނަމަ އެމެން ވަރަށް ސިމްޕްލް ކޮށް ކޮޅު ބަދަލު ކޮށްލާނެ ކަން އެއީ މަމެންނަށް ޔަގީންވާ ކަމެކޭ ކަން މިހެން ހުރުމުން މާލޭގައި ހަތަރު ފުރޮޅުލީ ވެހިކަލްސް ރަޖިސްޓްރީ ކުރަން ގަރާޖް ސިޓީ އެއް ހޯދަން ނުޖެހޭނެއޭ މާލޭގެ މަގުމަތީގައި ޕާރކް ކުރަން ސަރުކާރުން ދޫކުރާނީ ސްޓިކާ އެކޭ އެނިމުނީއޭ.

  13. ާައާނަ

    ތިޔަވިދާޅުވި އެލަވަންސް ޤާނޫނުގެ ތެރެިނ ފެށީ ދުވަސްވީ ފަރާތްތަކަށާއި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް 2000ރުފިޔާއިން. ޤާނޫނުގަ އޮންނަނީ "2000ވުރެ ކުޑަނު"އެލަވަންސް" އެއް. ދުވަސްވީފަރާތްތަކަށް 5000ރުފިޔާ ހަމަޖެއްސެވިއިރުވެސް މިކުދިންގެ އެލަވަންސްއަށް ބަދަލެއް ނުގެންނެވި. ކީއްތޯވާނީ ހަމަހަމަ އެލަވަންސް އެއް ދެއްވިއްޔާ.

  14. ޝަރީ

    ތިކަން ގަބޫލު ކުރެވޭނީއަންނަ މަހުން ފެށިގެން ދިނީމަ

  15. ފިޔަވަޅު.

    އައްދެއްޔޭ ވަގުތު ނޫހުން ހައުދަހާވާ ބޮޑު ޚަބަރެއް ތިޔަ ބުރޭކް ކޮށްލީ. ބަލަ ތިޔައީ މެންބަރު އަނާރާ ނައީމް ހުށައެޅުއްވި އިސްލާހެކޭ މަޖިލީހަށް ޑީފެކްޝަނުން ރިޖެކްޓުކުރީ. ދެންވާ ވަގުތައް ސާބަސް. މަޖިލީހުން ކަންތައްކުރިގޮތް ގެނެސްދީބަލަ.

  16. Anonymous

    މާޝާއަﷲ! އަލްޙަމްދުލިﷲ! އުފަލުން ރޮވިއްޖެ! އެއްލަކިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިޚާބުކާމިޔާބުވާނެ!

    • ކައްޓަފުޅި

      . ބަލަ ތިޔައީ މެންބަރު އަނާރާ ނައީމް ހުށައެޅުއްވި އިސްލާހެކޭ މަޖިލީހަށް ޑީފެކްޝަނުން ރިޖެކްޓުކުރީ. ދެންވާ ވަގުތައް ސާބަސް. މަޖިލީހުން ކަންތައްކުރިގޮތް ގެނެސްދީބަލަ.

  17. ޙަސަނު

    ރައީސް ހާދަހާ ހެޔޮފުޅޭދޯ އަދިވެސް ވޯޓްލާން 2 ދުވަހަށް ވަންދެން މަޑުކޮށްލެއްވިނަމަ ނަތީޖާ ރަގަޅުވާނެ....ވަރަށް ވެދުން

  18. އސްލާހް

    ތިއީ ވަރަށް ރަނގަޅުކަމެއް..އެކަަމަކު ސްކޫލްތަކުގެ ޓީޗަރުން އަޅުންނށް ހދައިގެން އުޅޭ އެއްވެސް ބަޔަަށް ޓީޗަރުން ވޯޓު ނުދެމާ...އެހނިހން މުއައްސަސާތަކުގަ އޮންނަގޮތަށް އިތުުގަޑީގެ ފައިށާ ނުދޭނަމަ ވަރަށް ސަލާމޭ ބުނެވޭނީ...އެހެން މީހުންނަށް އުޖޫރަ މުހިއްމުވާގޮތަށް އަޅު ޓީޝަރުންނަށވެސް އުޖޫރަ މުހިއްމުވާނެ...

    • ނައު

      ޓީޗަރުންނަށް ތިބުނާއެއްޗެއް ރީދުލޭ ސަރުކާރުގައި ދިންތަ؟ ދޭ އެތިކޮޅުވެސް ކެޑީދޯ

  19. ގިވްއިން

    ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެލަވަންސް 5000ރ އަށް އިތުރު ކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަ އެގޮތަށް އެބަޖެހެއޭ ދުނިޔޭގެ ފެންވަރުގެ ވަނަ ތައް ރާއްޖޭގެ ދިވެހި ދަރިން ހޯދަމުން ދާތީވެ މަޓީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ރިސޯރޓްސް ތަކަށް އަންނަ ބޭރުމީހުންނަކީ އެއީ ރިސޯރޓް އިން ވަޒީފާ ދޭ ބަޔަކަށް ނަހަދާ އެމެންނާއި އެކު ހެދޭނީ 6 މަސް ދުވަހުގެ ކޮންޓްރެކްޓް އޭ އެމެންނަށް ނުޖެހޭނެއޭ ސާރވިސް ޗާރޖް އެއްވެސް ދޭން އަދި އެހެން އިންސެންޓިވް އެއްވެސް ދޭން ރިސޯރޓް ތަކުން މުވައްޒަފުންގެ މަގާމް ދެވޭނީ ހަމަ އެކަނި ދިވެހިންނަށް ކަމަށް ހަދަން އެއީ މަސައްކަތު މީހާއިން ފެށިގެން ގޮސް އެންމެ މައްޗަށް ހުންނަން ޖެހޭނެ ގޮތޭ މިރާއްޖޭގެ ރިސޯރޓަކުން މެދު ފަންތި އެއް އަދި މަތީ ފަންތީގެ ވަޒީފާ އެއް ދިވެއްސަކަށް ނުލިބެއޭ ލަންކާ އަދި އިންޑިއާ އަދި ޔޫރަޕް މީހުންގެ އުނދަގުލާއި ހެދި ދިވެއްސަކު ޝޯރޓް ލިސްޓް ވެސް ނުކުރެއޭ ރީތި ރަށް ކުޑަ ހުރާ އަދި ތާޒް ލެގޫންސް އަދި އަނަންތަރާ ދިގު އަދި ޖޯން ކީލްސް ފަދަ ތަންތަން އެއީ ނަމޫނާއޭ އެމެން ރާއްޖޭގައި ރިސޯރޓް ހިންގާތާ 20 އަހަރު ވާއިރު ޑިޕާރޓްމެންޓް ހެޑުންނަށް އަދި ޖީއެމް މަގާމަށް ދިވެއްސަކު ނުލެވެންވީ އެއްވެސް ސަބަބެއް މަމެންނަށް ނުފެނެއޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

  20. ފާތުން

    ޢެމް.ޑީ.ޕީ އަށް ނުކެރެ މިވަރުކޮއްލަން ވެސް. ޢިބޫ ގޮވައިގެން މާލެތެރޭ ދެއިރުދެދަޅައަށް ހިނގިއަކަސް ކަމަކުނުދާނެ.

  21. އަލީ

    ކެމްޕެއިންގަ ދައްކާނެ ތިކަހަލަ ވާހަކަތައް. ބޮޑު ކުރާކަށް ނުކެރޭނެ... 5އަހަރުގައި ނުވިކަމެއް ދެނެއް ނުވާނެ..

  22. Abdul Latheef

    އަހަރުމެން ބުރަ މަސައްކަތުން 8 ވަނަ ދަރަޖައިގެ ޑިގްރީ އެއް ހެދީމަ މުސާރައަށް އިތުރު ކޮށްދެނީ އެންމެ 1200 ރުފިޔާ. އެއްކަމެއްވެސް ނުކުރާ މީހުންނާ މެދު ވިސްނާ ވަރަށް އަހަރުމެންނާ މެދު ނުވިސްނާކަން ބަހާ ޢަމަލުން ސާބިތު ކޮށްދެއްވައިފީމު. ދެން އޮތީ ވޯޓު ކަމަށް ވާނަމަ ބުނެލަންއޮތީ ހަމަ އެއްވެސް މެމްބަރަކަށް ވޯޓުދެވެން ނެތޭ. ޝުކުރިއްޔާ

    • މުނިޔާ

      ލަދު ކޮބާތަ ކަލޭގެ؟ މިދައްކަނީ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވާހަކަ އޭ؟؟ ޝުކުރުވެބަލަ ކަލޭ ފުރަތަމަ މާތް ރަސްކަލާންގެއަށް..ލާރި ހޭބަލި ނުވެ...

  23. ތާއިދު

    ރައީސް ޔާމީން ޔަގީން
    އެމެން ހަޖަމު ކޮއްބަލަ ........

    ރައީސް ޔާމީން ވަރެއް ނެތް މި ގައުމަކަށް

  24. ާއައިޝާ

    ޓެކުސް ދެންބޮޑުކުރާނި

  25. އާނަ

    ޤާނޫނު ވުޖޫދަށް އައިރު އޮންނަނީ "ޚައްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް 2000 ރުފިޔާއަށްވުރެ މަދުނޫން ޢަދަދެއްގެ އެލަވަންސްއެއް ދޭންވާނެ" މިހެންނޫންތޯ؟ އޭގެ މާނަޔަކީ ބޮޑުކުރެވިދާނެއޭ. ދަށޭނުކުރެވޭނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށްފެނުނީ ދުވަސްވީ ފަރާތްތަކަށް ދެބުރަކު އެލަވަންސް މަތިކުރިތަން. މުޖުތަމަޢުގެ ތެރޭގައި އެނދުމަތީބާއްވައިގެންނާއި ބެލެނިވެރިންގެ އަތުން ހުރިހާ ކަމެއްކޮށްދީގެން ގެންގުޅެނީ ޚާއްޞައެހީއަށްބޭނުންވާ ކިތައްކުދިންތޯ؟ މިކަން މީގެކުރިން ހަނދުމަފުޅުހުންނެވީ ކިތައްފަރާތްތޯ ސުވާލުކޮށްލައްވަވާ. ދުވަސްވީ ފަރާތްތަކާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާްތްތަކުގެ ތެރެއިން އިސްކަމެއްދޭންވީ ކޮންބަޔަކަށްތޯ ވިސްނަވާލައްވަވާ.

  26. ސާރިބު

    އަސްލު ދޭންވީ އެންމެންނަށް. އެއަށް ކިޔަނީ ޔުނިވާސަލް ބޭސިކް އިންކަމް. އެއީ ހަމަ ރަނގަޅު ކަމެއް. ކޮންމެ މީހަކައް 2000. . ދެވޭނެ. ދެވޭ ވަރަށް ލާރި ވެސް އެބަހުރި.