އާ އަހަރަށް މަރުހަބާ ކިޔުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑިއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ހާމަކުރިގޮތުގައި، މާދަމާ ރޭ 23:59ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުން ކުރިއަށްގެންދާނެއެވެ.

އާއްމުކޮށް ހަވާ އަރުވާ ވަގުތުތަކުގައި ފޮޓޯ ނެގުމަށް ގިނަބަޔަކު އެއްވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިންނަށްނަމަ އެއްމިނެޓަށް ސިފްކޯ އިން ހަވާ އަރުވާ ދެނީ 600 އެމެރިކާ ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 9252 ރުފިޔާއެވެ. އެހެންކަމުން ދެމިނެޓް ވަންދެން ހަވާ އެރުވުމަށް ޚަރަދު ކުރަން ޖެހެނީ ގާތްގަނޑަކަށް 18500 ރުފިޔާއެވެ.

ކޮންމެ އަހަރަކުވެސް އާ އަހަރާއި ދިމާކޮށް މާލެ ސަރަހައްދުގައި ހަވާ އެރުވުން ކުރިއަށް ގެންދެއެވެ.

މި އަހަރު އާ އަހަރު ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ހާއްސަ ޝޯވއެއް ބޭއްވުން ހިމެނެއެވެ.

މާދަމާ ރޭ ބާއްވާ އެ ޝޯ އޮންނާނީ ހުޅުމާލޭ ދުވާ ޓްރެކްގައެވެ. ޝޯގައި ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޒްމީ

    ތިމާވެއްޓޭކިޔައިގެން މީޑިއާ ސްޓަންޓުޖަހާ ރައީސުންނަށް މިހާރު މިކަންވެސް އޯކޭ ދޯ؟ ކުރިން ހަވާ ސަރުކާރޭ ކިޔައިގެން އެއްޗެހިގޮވިމީހުން މީ.

    15
    1
  2. ބެރީ

    މިގޮތަށް ތަޅާބުރުވަން ލާރިވެސް ހުރޭ ދޯ؟ އެކަމު ހިޔާ ފްލެޓު ނުވަތަ މުސާރަ/އެލަވަންސް މިއިން ކަމެއް ކުރަންޖެހިޖެޔާ ނޯ މަނީ.

    14
    1
    • އަހުމަދުކަ

      ކޮން މުސާރައެއްތަ ކޮން އިނައެތެއްގެ ވާހަކައެއްތަ؟ އެކައްޗެއް ވެސް ބޮޑުކޮއް ދޭނެ ކަމެއްނެއް މަސައްކަތެއް ނުކުރޭ ވިއްޔަ ސިވިލް ސާވިސް އޭކިޔާގެން ކައިކައިގެން ބަނޑު ފުފިފަ ގިއްގެޅިފަ ތިބެނީ ސައިކެއްގެ ރެޖިސްޓްރީ ހަދާލަން ދިޔާމަ 1 އަހަރު އަނެއްކާ ވަޒީރު މަޖްލިސްއަށް ހާޒިރު ކުރީމަ އެބުނީ ލަހެއް ނޫނޯ މިހެން ހަމަ ކޮންމެ ތަނެއްވެސް އަނެއްކާ މީހަކު ހިދުމަތެއް ހޯދަން ގޮސްފީޔާ މިމީހުންނަށް ހީވާކަހަލަ ތިމާގެ ގެދޮރަށް ސަލާން ޖަހަންށޭ މިއައީ

  3. ށސހ

    ޢިސްލާމް ދީނުގައި ޢާއަހަރު ފާހަނގަ ކުރުން ނޯވޭ