ކ. އަތޮޅު މާފުއްޓަށް އަރާ ފޭބުން މަނާ ކޮށްފިއެވެ. މިރަށަކީ ގިނަބަޔަކު އާ އަހަރު ފާހަގަ ކުރުމަށް ދަތުރު ދާ އެއް ރަށެވެ.

މާފުއްޓަކީ ކޮންމެ އާ އަހަރެއްގައި ވެސް ގިނަ އަދަދަކަށް ދިވެހިންނާއި ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް މިވަގުތު ގެނެސްފައިވާއިރު، މިވަގުތު އެރަށުގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުރިފައެވެ.

އެރަށް މޮނީޓަރިންގްއަށް ލާފައިވާކަން އެޗްޕީއޭއިން އިއުލާނު ކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ފްލޫ ސުންކަކާއި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ފައްސިވެގެންނެވެ.

މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވީނަމަވެސް، އެރަށު ކައުންސިލުން ބުނެފައިވަނީ ނައްސި ޕީސީއާރާއި އެކީ އެރަށަށް އެރޭނެ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު މޮނިޓަރިންގެ ހާލަތުގައި ޖުމްލަ 16 ރަށެއް އެބަ އޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫ ފޭދޫ އަދި ފޭދޫއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމަދު

    އަލްހަމްދުލިﷲ

    26
    3
  2. މަ

    ލޮލް

    7
    3
  3. ނާޝިގަނޑު

    އަލްހަމްދުﷲ

    22
    4
  4. Anonymous

    ތީގަ ނެތެއްނު މައްސަލައެއް ، ބަނދު ކޮއްގެން ރަށައްލިބޭ ލާރީގެ ބޮޑުބައެއް ގެއްލޭނެ އަވަސް ގޮތަކައް ރައްހުޅުވާލާ.

    8
    6
  5. Anonymous

    ޢދ. ދިގުރަށް މޮނިޓިން އަށްލާނީ ކިހާވަރެއްވީމަތަ؟

    14
    1
  6. ޢެޗްޕިއޭ

    ޢދ. ދިގުރަށް މޮނިޓިން އަށްލާނީ ކިހާވަރެއްވީމަތަ؟

    10
  7. ޝާނު

    އެޗްޕީއޭގެ އެންގުމަށް މާފުށީ ކައުންސިލުން ފާޅުގައި ގޮންޖަހަނީ. ލޯންޗުތަކުގައި ފުރިބާރުވަންދެން އަދިވެސް މީހުން އަރުވަނީ.

  8. ނައްސި

    ނައްސި ޕީސީއާރެއް އޮތްތޯ އެއްވެސް މީހަކު ބަލާތަ؟

    13
  9. ޅަކޮއެ

    އޭ އެޗުޕީއޭ، ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅައް ނާރާ! ކަލޭމެން ކޮންމެ އެއްޗެކޭކިޔަސް މާފުށީގަ ޖަހާ ސަކަރާތްޖެހުމާ ނެށުމާ ނާޗަރަނަގީ ނާގަބާޑި ބަރާބަރައް އޮންނާނެ. ކަލޭމެން ތި މާކެޓުކުރާ ފާޑުފާޑުގެ ވެކްސިންތަކައްވުރެ އަހަރުންނައް ޑޮލަރު މާމުހިންމު!

  10. އަހުމަދު

    އަލްހހހަމްދު ﷲ

    3
    2
  11. އަހުމަދު

    އަލްހހހަމްދުލިﷲ

    3
    2