ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު ހަމަވާން ފަސް ދުވަހަށް ވީއިރު ވެސް ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާތަކަށް މިއަދު އީސީން ފޮނުއްވި މެސެޖެއްގައި ވަނީ ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެކަމަކު ވެސް މިހާތަނަށް މި ތިން ރަށުގެ ކޮމިޓީއަށް ވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށް އޭގައިވެއެވެ.

"ވަގުތު އޮއްވައި ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން ސަމާލު ކަން ދެއްވަން އެދެން،" އީސީން ކަންބޮޑުވުން ފާޅުކޮށް ފޮނުވި މެސެޖްގައިވެއެވެ.

އެކިއެކި ސަބަބުތަކާއި ހުރެ ގޮނޑިތައް ހުސްވުމާއި ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވާ ތިން ރަށަކީ ހއ. ތަކަންދޫ، ތ، ވިލިފުށި އަދި ގއ. ގެމަނަފުށްޓެވެ.

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރަނީއެވެ. ރައްޔިތުންގެ ވޯޓަކުން އެ ކޮމެޓީއަށް މެންބަރުން ހޮވާ ގޮތަށް ހަމަ ޖެއްސީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުންނެވެ. ނަމަވެސް ގިނަ ރަށްރަށުގައި މި އިންތިހާބުގެ ފޯރި އެހާ ގަދައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔޯޔޯ

    އެހެންވީމާ، އާބާދީ އެއްފަސްކޔރާންވީ!

  2. ނަންރީތި

    އަދިވެސް ބަލާ ޕުރޮގްރާމެއްގެ ދަށުން ދޭތެރެދުރުކޮއް އާބާދީ މަދުކޮއް ރައްޔިތުން އަޅުވެތިކުރެވޭތޯ ގިނަދުވަހު ވެރިކަމުގަތިބެން

  3. ރިވެތި

    ކަންވެރިން ތިބާ އަޑުގަދަމީހާ ވިންވާނެ ނުފޫޒު ގަދަވީމާ ރަށުވަންތަރޫހު ނުހުންނާ ތީ އަންހެން ކުދިން ގަޔާނުވަނީ ހަމަ

  4. Anonymous

    ތިކަން ކެނެރީ ނަޝީދާ ހަވާލުކުރޭ އޭނާޔައް ވާނެ އަނގައިން ހުރިހާ ކަމެއް.

  5. ލލ

    ލާމަރުކަޒީ ނިޒާމަކީ ފެއިލް ވެފައިވާ ނިޒާމެއް ރައްޔިތުން ބޭނުންވާ ނިޒާމެއް ނޫންކަން މިއެގުނީ !

  6. ސުންދުސީ

    އެއްވެސްމީހަކު ކުރިމަތިލާނެ ކަމެއްނެތް.ބޭކާރު ކަމެއްތީ.

  7. އާތް

    ކުރިމަތިލިޔަސް ހޮވާނީ ސަރުކާރުން ބޭނުންވާމީހާ

  8. ދިވެހި ދިދަ

    މީގެ މާނއަކީ ކަލޭމެން ގެނައި ނިޒާމް ފެއިލް ވެއްޖެއޭ..ދެން ގެއަށް ދާށޭ..ދެން ގާނޫނުފާސްކުރަންވީނޫންތޯ އެމަގާމަށް ފިރިހެނުން ލާފަ އެމީހުންގެ ނަން އަންހެން ނަމަކަށް ބަދަލުކުރާގޮތަށް..އަދިވެސް އަންހެުން ބާރުވެރިކޮށް 2ޖިންސް ހަމަމަކުރެވޭތޯބަލާ..ވާނުވާ