މާލެ ސިޓީގެ އާންމު ސަރަހައްދުތަކުގައި ހިލޭ ވައިފައި ބޭނުން ކުރެވޭނެ ނިޒާމް ގާއިމް ކުރުމަށް ފެށިފައިވާ މަސައްކަތް މި އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ފެށުނު މީލާދީ އާ އަހަރުގެ މުނާސަބަތުގައި މާލެ ރައްޔިތުންނަށް މޭޔަރު ދެއްވި ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވީ 2022 ވަނަ އަހަރު ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކަށް އޮތީ ވެސް ހިލޭ ވައިފައި ނިޒާމުގެ މައިގަނޑު މަގްސަދު ކަމުގައިވާ ޒަމާނީ ޑިޒިޓަލައިޒް ސިޓީއަށް މާލެ ސިޓީ ބަދަލު ކުރުން ކަމަށެވެ.

"މާލޭގެ އާންމު ސަރަހައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުންކުރެވޭނެ ނިޒާމް ގާއިމް ކުރަން ފެށިފައިވާ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" މޭޔަރު ވިދާޅުވިއެވެ.

ޑިޒިޓަލައިޒޭޝަންގެ ކުރިއެރުންތަކާއި އެކު މާލެ ސިޓީގެ ސެކުއިރިޓީ ވެސް ވަރުގަދަ ކުރެވޭނެ ކަން މޭޔަރު ފާހަގަ ކުރެއްވިއެވެ. މި ގޮތުން ރޯދަ މަސް އަންނަންވާއިރަށް މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ސީސީޓީވީ ހަރުކޮށް އެ ނިޒާމުގެ ތެރެއިން އެ ތަންތަނުގެ ރައްކާތެރި ކަން ބެލެހެއްޓޭނެ ކަމަށެވެ.

މާލެ ސިޓީގެ އެހެން ސަރަހައްދުތައް ވެސް ސީސީޓީވީގެ ނިޒާމުގެ ތެރެއިން އިތުރު ފިޔަވައްސަކަށް ގެންދެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ޚިދުމަތްތައް ވެސް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއި ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

އާ އަހަރުގެ މުނާސަބަތާއި ގުޅިގެން، މާލެ ސިޓީގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން ވެސް މުއިއްޒު ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުން ގެންދެވި ކަންކަން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. ގުޅީފަޅާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސަރުކާރުން ގެންގުޅޭ ޕްލޭން ބަދަލު ކުރުމަށް ގޮވާލެއްވިއެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތަށް ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވަން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަ ގުބޮޑުކޮށް ބިން ވިއްކާ ނަމަ އެއާއި އެކުގައި އެއަށްވުރެ އިސްކަން ދެއްވައިގެން މާލޭގެ ނިކަމެތި ރައްޔިތުންނަށް އަތްފޯރާފަށުން ގޯތި ލިބޭނެ ގޮތް ފަހިކޮށްދެއްވަން ގޮވާލަން،" މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    ހޯމް ސްޓޭ ޓޫރިޒަމަކީ ދިވެހިން ޢައިރު މުސްލިމުން ނަށް އިސްލާމް ދީނަށް ދައުވަ ދިނުމަށާއި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅާ ދިނުމަށް ދިވެހިންނަށް ލިބޭ ރަގަޅު ފުރުސަތެއް ރަގަޅުގޮތުގައި ބޭނުން ހިފަންވީ، ޔޫރަޕްގައިވެސް އެމެރިކާގައިވެސް މުސްލިމުން ނާއި ޢައިރު މުސްލިމުން އެއްގޭގައިވެސް އެއުޅެނީ ، ހޯމް ސްޓޭ މާލޭގައި އޮންނަތާ 50 އަހަރު ވެއްޖެ، މާލޭގައި ހޯމް ސްޓޭ ހިންގި މީހުން ގެސްޓް ހައުސް އާއި ހޮޓަލް ތަކަށް އެތަން ބަދަލް ކޮށްގެން އެހިންގަނީ !