ހޯމް ސްޓޭ ވިޔަފާރި ތައާރަފް ކުރުމަކީ ރާއްޖޭގެ އިސްލާމީ އިޖްތިމާއި ޝަހްސު ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔަތުލް ސަލަފުން ހާމަ ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރަން ރާވަފައިވާ ހޯމް ސްޓޭ ވިޔަފާރި އާއި ގުޅިގެން ޖަމިއްޔަތުލް ސަލަފްގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތައް އަހަރެއް ވަންދެން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ހިދުމަތްދިނުން މަނާވެފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި އެ ހިދުމަތް ތައާރަފުކޮށް ބަނގުރާ އާންމު ކުރުމަށް ހައްދު ފަހަނައަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކުރި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރަށްރަށުގައި ގެސްޓްހައުސް ތައާރަފު ކޮށްގެން ލިބޭ އިގްތިސާދީ ނަފާއަށް ވުރެ ރަށުގެ އަހްލާގީ ފޭރާން ވީދި ހަލާކުވެ ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި މުޖުތަމައުގައި އޮތް ސާދާ ތާހިރު ދިރިއުޅުން އަންނަނީ ހަލާކުވަމުން ކަމަށެވެ.

ހޯމް ސްޓޭ ތައާރަފު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާ ދުރުނޫން މުސްތަގުބަލެއްގައި ކުރިޔަށް އޮތް ޖީލުގެ އަހްލާގިއްޔާތު ފޫނުބެއްދޭ މިންވަރަކަށް ގެއްލުން ލިބިގެންދާނެ ކަމެއްކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގަމުން ދިޔުމުން މުންކަރާތްތައް އާންމު ވަމުންދާ ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެންކަމުން ހޯމް ސްޓޭ ތައާރަފު ކުރުން ހުއްޓާލުމަށް މި ފުރުސަތުގައި ސަރުކާރަށް ގޮވާލަމެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދި ފަންތީގެ އެހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސް ކުރަމެވެ."

މީގެ އިތުރުން ލިބޭ ކުޑަ މާލީ މަންފާއަކަށްޓަކައި ދަރިންގެ މުސްތަގުބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް ވެސް ޖަމިއްޔަތު ސަލަފުން ވަނީ ގޮވާލާފައެވެ. އަދި ރިވެތި ދިރިއުޅުމުގެ ސާދާ އިސްލާމީ ވައްޓަފާޅި ސަލާމަތް ކުރުމަށްޓަކައި ހޯމް ސްޓޭ ވިޔަފާރިން ދުރުހެލިވުމަށްވެސް އެ ޖަމިއްޔާއިން ވަނީ ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ.

"ގައުމުގެ އިޖްތިމާއި ފޭރާން ހިފަހައްޓާ ދީނާއި ގައުމު ދެކެ ލޯބިވާ ރިވެތި މާކަރީމުލް އަހްލާގުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހަނދުމަކޮށްދެން" ސަލަފުގެ ބަޔާނުގައި ބުނެފައިއެވެ.

ސަލަފް ޖަމިއްޔާއިން މިގޮތަށް ގޮވާލިއިރު، އެންމެ ފުރަތަމަ ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރާ ރަށަށް މިއަދު ފަތުރުވެރިން އަންނާނެ އެވެ. އެއީ މ. އަތޮޅު ދިއްގަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ލައިލާ

    ވަރަށް ބޮޑު ތެދެއް... ހިތާމަ ހުރި ކަމެއް....

    11
  2. ސސ

    ހޯމް ސްޓޭ ޓޫރިޒަމް މާލޭގައި އޮންނަތާ 50 އަހަރުވެއްޖެ، ރައްރަށުގައި ހޯމް ސްޓޭ ހެދީމާ އިސްލާމް ދީން ފުޑުފުޑުވާ ސަބަބަކީ ކޮބައިބާ ؟

    3
    9
  3. ނާޅި

    ހުރިހާ ކަމެއް މާލޭގައި އޯކޭ ވެފައި ރައްރަށުގައި ދަޑުވެރިޖަން މަސްވެރިކަން އޮންނަންވީ ކީއްވެތޯ ؟

    1
    6
  4. ބަލާއއްމީ

    މިތިބަ ބުރާންތިތަކާ ކަލޭމެން ތިދައްކާ ވާހަކަ އަޑުއަހާ މީހުން މިހާރުދުނިޔޭގަވެސްމަދު ދަރިންގެ މުސްތަގުބަލް އޮތީ އަފްގާނިސްތާނުގަ އެކަނިތަ؟ މިރާއްޖޭގަ ފުޅާދާއިރާއެއްގަ ޓޫރިސްޓް ހޮޓާ ހިންގާ ކިތަންމެ ރަށެއް އެބައޮތް ކޮބާތަ އެތަންތަނުގަ ތިބުނާގޯސް ހާލަކީ؟ މީހުން މަރަނީތަ؟ ވައްކަން އާމުވެ މީހުންނަށް އުޅެން އުނދަގުލީތަ؟ މަގުމަތީގަ މީހުންގެ ބޯކަނޑަނީތަ؟ އަނގަޔާ އަތާދިމާނުވާ މީހުން ގިނައީތަ؟ ތައުލީމު ނުލިބެނީތަ؟ ކޮސް އަނގަނުތަޅާތިބޭ

    10
  5. ފޮތިމާލި

    މިގައުމުގަ މީގެ ތިރީހަކަށް އަހަރު ކުރިން ސަައިހޮޓަލެއް ފިހާރައެއް ނުހިމްގޭނެ މުޅިތަނުގަ އަކަ ނުޖަހައެއް ކޮންމެ ބައްޔެއް ޖެހުނަސް ފަރުވާ ކޮށްދޭން ސީދީންނާއި ފަންޑިތަވެރިން ތިބޭނެ ދޯންޏަކަށް މަހެެއްނުބޭނޭނެ ކޮންމެސް ކަންވެރިއަކުލައްވާ ދޯނިބަލާގެން ނޫނީ މީ ދިވެހިންގެ މާޒީ އެހެންވީމާ ތިތަޅާ އަނގަތަޅަށް ދާން ރަނގަޅު ބައެއް ގައުމުތަށް އަދިވެސް މަދުންނަމަވެސް މިދުނިޔޭގަ އެބައޮތް

  6. ޙހވޗޗ

    މިކަމުގެސަބަބުން އިތުރުބަޔަކު އިސްލާމް ދޭނަށް ވަންނަ ތަން ފެންނާނީ ..އިސްލާމްދީނަކީ ހަމަޖެހިގެން ރީތި ދިރިއުޅުމެއް އުޅެވޭކަން ޤައިރު ދީނުގެމީހުންނަށް ފެނިގެންދަނީ.. ސަލަފު ގެ ދީނަކީ ކޮބާކަމެށް ނޭގޭ

  7. އަބްދޫ

    މި ގައުމުގަ ކްރިސްޓިއަން ދީން ފެތުރުމުގެ ރޭވުމުގެތެރޭން މައުމޫނުގެ ވެރިކަމުގަ މަސައްކަތްތަކެއްހިގި އޭރު އެކަން ކުރަން މަސައްކަތް ކުރީ އިގިރޭސިން. އެފަހަރު އެމީހުން ރާއްޖެއިން ބޭރުކޮށް؛ލެވުނު. އެކަމަކު ފަހުން ނަސީދު ވެރިކަމަށް އައިސް އެމީހުންގެނެސް ރައިސް އޮފީހުގަ މިނިސްޓަރުންފެންވަރުގެ މަގާމް ދީގެން ގެންގުޅުނު . ހޯމްސްޓޭ ޓޫރިޒަމަކީ ނަސީދާއި އިގިރޭސި މިދެންނެވި މީހުނާގުޅިގެން ހިގާ ޕްރޮގްރާމެއް. މިރޭވުމުގެތެރޭން ފަތުރުވެރިންގރެ ގޮތުގާ ކްރިސްޓިއަންދީނުގެ މީހުންގޭގެއަށް ފޮނުވަންފަށާނެ. އެމީހުންގެ ބޭނުމަކަށް ވާނީ ކްރިސްޓިއަންދީންފެތުރުން. ގޭގޭގެަ ފަތުރުވެރިންގެ ގޮތުގާތިބެމެ އިސްލާމްދީން އެމީހުންގެ ހިތުނަ ފިލުވަން މަސައްކަތް ފަށާނެ. އިސްލާމްދީނާމެ ނަފްރަތު އުފައްދަން މަސައްކަތް ކުރާނެ. ހޯމްސްޓައި ޓޫރިޒަމްގެތެރޭގަ ފާޅު ނުވެތިބެ ކްރިސްޓިއަނުންގެގޮތުގާ ގިނަބަޔަކު އުލެންފަށާނެ. މިހަދަނީ ވަރަށް ބޮޑު ގޯހެއް.

  8. ކޮވިޑް

    ސަލަފް ތީ ބަޔާން ނެރޭން އޮންނަ ބަޔެއްތޯ؟ ތިކަހަލަ ގޮތަކަށް އަދާލަތޭ ކިއުން ބަޔަކުވެސް އުޅުނު .ތަފާތަކީ އެމީހުން ޖީމެމްއާރުބޭރުކުރަން މުޒާހަރާކުރަން ނިކުތް . ސަލަފުން ތި ބަލަނީ ބަޔާން ނެރެވޭތޯ. ބަޔާން ނެރެގެން މިސަރުކާރަށް ކަމެއް ވާނަމަ މިހާރު މިސަރުކާރު ނޯތީސް. ދަޅަނުދައްކާ ސީދާ ހަރަކާތަށް ނުކުމެބަަ ކެރޭނެތަ؟ # އިންޑިއާ އައުޓް #

    4
    3
  9. ކުނިގޮނޑުދޮއް

    ބުރުމާ ގާސިމު އަތުން ޑޮލަރު ނަގަން އޯކޭ ދޯ ހަމަ މިއީ ބޭކާރު ބަޔެއް ސަލަފާ އަދާލަތާ

    1
    6
  10. ރިވެތި

    ބަލަގަ ކަލޭމެނަކައްނޭގޭހޭ މިސަރުކާރުންބޭނުންވަނީ ކަވަމުންކަވަމުން ގޮސް ދަލުގަޖައްސަން ކަލޭމެންގެތެރެއިން އަދާލަތުޕާޓީ މީހުން ރާވައިގެން ތިޔަތިބީ ދާވަށާލީމާ ވިނަގަނޑައް ނުވަތަ ފަސްގަނޑައް ބޯޖަހައިގެން ފިލާތިބެން ބަލަ މޮޔައިންނޭ އޭރުންވެސް ދެލޯމެރި ކަލެޔައް އެހެން ތަނެއް ނުފެނުނަސް އެހެންމީހުނއް ހަލޭމެންގެ ފޫކޮޅު ފެންނާނެ ރައްޔިތުންނޭވޭ ހޭއަރާށޭ މިގައުމު ސަލާމަތްކުޜާމާހުގާށޭ

  11. ާޒާ

    ތަހުޒީބަށްވެސް ލޯބިކުރަންވާނެ.

  12. އަހުލަދު

    ސަންސިޔާމްގެ ބޯއީޒް ހާދަވަރެއްތިއަރަބީ

  13. ފަގުޑި

    މީގެ ފަންސާހަކަށް އަހަރު ކުރިން ދޯނިފަހަރުގަ އިންޖީނުއަޅަން ފެށުމުން އޭރު ރާއްޖޭގެ ބައެއް މީހުން ދެއްކިކަމަށް ބުނާކަހަލަ ވާހަކައެއް ދައްކައިގެންވެސް އިސްލާމީ މުޖުތަމައެއްގެ ތެރޭގައި ބައިބައިވުމާއި ނަފުރަތު އުފެއްދުމަކީ ކޮންކަހަލަ ކަމެއްބާ؟

  14. ބޯށި

    ނަފުރަތު އުފެއްދުމާއި ބައިބައިވުމަށް މަގުފަހި ކުރާ ވާހަކައެއްނޫން އެހެން ވާހަކައެއް ދައްކަން ނޭންގެނީބާ؟ މިއީ ހަމަ ގެސްޓްހައުސް ހިންގުން ކަހަލަ ކަމެކެވެ.

  15. ރަނގަޅެއްނޫން

    ހޯމް ސްޓޭ ގެސްޓްހައުސްހެދުމުން ނަތީޖާ ވަރައްގޯސްވާނެ ބަޔަކައް އެއީ ރަނގަޅުކަމަކައްވިޔަސް އެއީ ކުރަން ރަނގަޅުކަމެއްނޫން ފާހިޝް އަމަަލް ތަކައް މަގުފަހިވާކަމެއް

    3
    1
  16. އުގުރި

    މިހާރު މާފުށީގައި ޓޫރިސްޓުން އެއޮތީ ކޮންޓްރޯލެއް ނެއްޓިފައި މަގުމަތީންނާއި އެތައް މިތަނުން އެމީހުން އެއުޅޭނީ އުޅޭނެ ނޫޅޭނެ ގޮތެ ނޭގިގެން ދެން އެވަނީ ގެއަށް ދެން އުޅޭނީ ގޭގައި އޮރިޔާމުން ދެން ގޭތެރޭން ކޮންމެވެސް މީހަކު ކަމެއް ކޮއްފާނެ އެހެން ނޫނީ އޭގެން މީހަކު ގޯތި ކުއްޖަކާ ބެހިފާނެ.

  17. ބަލާމީހާގެ ދަރި

    އަހަރެން ހައިރާންވަނީ ތިޔަކިޔާ ސަލަފްގައި އުޅޭބޭފުޅުން ދަރިން މާމަދަރިން ގޮވައިގެން ސުކޫލް ދޮށައް ހިނގާތަންފެނޭ ޅަަރިންނައް ކިޔަވާދޭން އެއީ ކިއްކުރަން ކުރާ ކަމެއްތޯ؟؟ އެއީ ދުނިޔޭން ދުވަހެއް ނުދޭ ޑުރަގްގެ ވައްކަމުގެ ފޭރުމުގެ މިހެންގޮސް ކުއްކުށައް އަރައިގަންނަ ބައެއްގެ ވާހަކަ ނުއިވޭ ދުވަހެއް އަނެއްކާ އެންމެ ހެއްވާކަމަކީ ބަނގުލާދޭޝް މީހުންނައް ދައްދެން ކުށުގެ ރިކޯޑް އޮންނަމީހުން ކަހަލަގެ ގޮތަކައް ހައްޔަރު ކުރާވާހަކަ ނޫސްކޮންފަރެސްގައި އަނެއް ދުވަހު އެއްކަލަ މީހާ މަގުމަތީގައި ކުށުގެވެށީގައި އަނެއް ފަހަރު ހައްޔަރު ކުރަންދެން މިކަމާ އަޅާލާތަނެއް ނުފެނޭ އެއްވެސް ބަޔަކު އެއްކަލަ ކުއްޖާ ކިޔާވާދީ ސުކޫލް ނިންމާލާފަ ނިކުންނާނެ އަމާން މާހޯލެއްނެތް މިކަމެއްބޮޑުވެގެން ނޫޅެނީ ކިއްވެގެންތޯ ސަލަފް ވެދުން

  18. ލާހި

    ހޯމް ސްޓޭ ޓޫރިޒަމަކީ ދިވެހިން ޢައިރު މުސްލިމުން ނަށް އިސްލާމް ދީނަށް ދައުވަތު ދިނުމަށާއި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅާ ދިނުމަށް ދިވެހިންނަށް ރަގަޅު ފުރުސަތެއް ރަގަޅުގޮތުގައި ބޭނުން ހިފަންވީ، ޔޫރަޕްގައިވެސް އެމެރިކާގައިވެސް މުސްލިމުން ނާއި ޢައިރު މުސްލިމުން އެއްގޭގައިވެސް އެއުޅެނީ !

  19. ދދ

    ހޯމް ސްޓޭގެ ބޭނުމަކީ ތަފާތު ދީން ތަކަށް ޖާގަ ހޯދަދީ ތަފާތު ދީންތަކަށް ފުރުސަތު ހޯދަދިނުން !

  20. އަބްދޫ

    މައުމޫނު އިރުގަ ކްރިސްޓިއަންދީނުގެ ފޮތްބަހަން މާލޭގަ އުޅުނު މީހުންނަކީ ނަސިދައެކު އިގިރޭސިވިލާތުގަ ވެސް ކްރިސްޓިއަން ލިއުންބަހާންއުޅުނު މީހުން ، އެމީހުން މާލެ ގެނައިކަމަށް ވާނީ ވެސް ނަސީދު