ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި އަދި އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ނަންގަވައި ލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ދައުލަތުން އެމަނިކުފާނު މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގެ ޝަރީއަތް އޮންނާނީ މާދަމާ މެންދުރު ފަހު އެކެއް ޖަހާއިރުއެވެ. މިއީ އާރަށު މައްސަލައިގައި ޔާމީންއާ ދެކޮޅަށް ކުރި ދައުވާތަކާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މައްސަލަ ޕީޖީ އަށް ފޮނުވީ މި އަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް އޭރު ފުލުހުން މައްސަލަ ތަހްގީގު ކުރުމުގައި ގޯސްތަކެއް ހަދާފައި އޮތުމުން ޕީޖީ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވިއެވެ.

ފަހުން މައްސަލަ ތަހްގީގު ކުރަން ތިން ފަހަރަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރިއެވެ. އަލުން ތަހްގީގަށް ހާޒިރު ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެމައްސަލަ އަކީ ތަހްގީގު ނިންމައި ބަޔާންތަކުގައި ސޮއި ކުރައްވާފައިވާ މައްސަލައަކަށް ވާތީ އިތުރަށް ދެއްވާނެ ބަޔާނެއް ނެތް ކަމަށެވެ.

އާރަށުގެ މައްސަލަ ފަހުން ފުލުހުން ޕީޖީއަށް ފޮނުވުމުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ނޮވެމްބަރ 24 ވަނަ ދުވަހުއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ވަތް ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލީ ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާއެކު، އެމަނިކުފާނު ވަނީ މިނިވަންވެފައެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ 1.1 މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑަ ކުރި ކަމަށް ބުނާ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާސިދާ

    ތިޔޮތީވާ ކަމެއްތާދޯ އެއްގޮތެއްނެތިއްޔާ އަނެއްގޮތް ހޯދައިގެންވެސް ތިޔަކަން ކުރަން މަޖުބޫރުދޯ..

    13
    2
  2. ގލ

    ބޮޑެތި ވަގުން ހިމާޔަތްކޮށްފައި، ރ ޔާމީން ބަނދެލުމަށް
    މޑޕ ކުރ ރަމުން ގެންދާ މުޑުދާ ރު މަސައްކަތް ކުށްވެ ރި
    ކު ރަމެވެ އަދުލު އިންސާފުގެ ނަމުގައި މޑޕ ގެ އަމިއްލަ
    އެޖެންޑާ ކު ރިއަށް ގެންދިއުން ހުއްޓާލުމަށް ސަ ރުކާ ރަށް
    ގޮވާލަމެވެ.

    17
    1
  3. ޖަހަންބީ

    އަވަސްކުރޭ އަވަސްކުރޭ ތިވިއްކި 80 ރަށުގެ ޝަރީއަތް އެކުއެކީގަ ގެންދެބަލަ ކަޓަށްނެގި 80 މިލިއަން ޑޮލަރުވެސް އަވަހަށް ހޯދަބަލަ

    1
    10
  4. Anonymous

    ނަސީދުގެ އިރުގަ ދޫކުރި ރައްތަކުގާ ނެގި ކަޓް ތަކުގެ މައްސަލަ ބަލަން ޔާމީނަށް ދެންނެވީމަ ވިދާޅުވީ ވެރިކަމަށް އައި އެކަންކުރަންނޫންކަމަށް. ނަސީދު މެން ނުކުރާކަމެއް ޔާމީނުވެސް ނުކުރޭ . ތަފާތަކީ އެބައިމީހުން މޮރިސަސް ގެބޭނެކްތަކަށް ޖަމާކުރުން ޔާމީނު މާލޭގެ ބޭންކަށް ޖަމާކުރުން. މިއިންއެގުނީ ސިޔާސީ ކަންކަމަށް ޔާމީނު ކުފޫ ހަމަނުވާކަން.

    1
    2
  5. ހުސެން

    ފުލުފުލުގަ ޝަރީއަތް ހިންގިޔަސް ފޭލްވާނީ މިސަރުކާރު ކުރީފަހަރުހެން ބޮލާފޮށާއެޅޭނީވެސް ކޮވިޑު ސަރުކާރު