އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދާދި ފަހުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގައި މިއަދު ތާވަލުކުރި އަޑުއެހުމެއް ލިޔެކިއުންތައް ދިރާސާ ކުރެވިފައި ނުވުމުން މި މަހުގެ 13 އަށް އަޑުއެހުމެއް ތާވަލު ކުރަން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި އެމަނިކުފާނު މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް މި މައްސަލައިގައި ދައުވާ ކުރެއެވެ. އޭނާއަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓަށް މައްސަލާގައި ހިމެނޭ ފަރާތްތައް ހާޒިރު ކޮށްގެން ކުރިއަށް ގެންދިޔައީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ފުރަތަމަ އަޑުއެހުމަށް ވާތީ، މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އިބްރާހީމް ޝަކީލް ވަނީ ދެ ފަރާތަށް ލިބިދޭ ހައްގުތައް ވިދާޅުވެ ދެއްވައިފައެވެ.

އޭގެ ފަހުން ޔާމީންގެ ވަކީލުންނާއި ވަނީ ލިޔެކިއުންތައް ލިބުނުތޯއާއި އެ ލިޔެކިއުންތައް ކިޔައިލެވުނުތޯ ސާފުކޮށްފައެވެ. ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ބައެއް ލިޔެކިއުންތައް ކުރިން ލިބުނު ނަމަވެސް ފަހުން މިއަދު އަޑުއެހުމަށް ކުޑަތަންވީ ވަގުތު ލިޔެކިއުންތަކެއް ލިބުނު ކަމަށެވެ. އެހެންވެގެން އަދި ލިޔެކިއުންތައް "ބަލައިނުލެވޭ" ކަމުގައި ޖަމީލު ފާހަގަ ކުރެއްވިއެވެ.

ޔޫސުފް ނައީމްއާ އެ ސުވާލު ކުރުމުން އޭނާ ވެސް ބުނި ކަމަކީ ލިޔެކިއުންތައް ދިރާސާ ކުރުމަށާއި ކުރިއަށް ދިއުމަށް އޭނާއަށް ވަކީލެއްގެ ފުރުސަތު ވެސް ބޭނުންވާ ކަމަށެވެ. އެކަމަކު އަދި މިއަދުގެ އަޑުއެހުމާއި ހަމައަށް ވަކީލަކު ހަމަޖެހިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ގާޒީ ވަނީ ޔޫސުފް ނައީމްއަށް ވަކީލު ހަމަޖައްސަން 10 ދުވަސް އަދި ޔާމީނަށް ލިޔުންތަކުގެ ދިރާސާއަށް 10 ދުވަސް ދޭން ނިންމައިފައެވެ. އަދި މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އަދި މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ވަތް ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލީ ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާއެކު، އެމަނިކުފާނު ވަނީ މިނިވަންވެފައެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ 1.1 މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑަ ކުރި ކަމަށް ބުނާ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ފުއްގިރި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސް ގާޒީ ޝަކީލެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    އިންޞާފު ނުލިބިގެން އިންޞާފު ހޯދައި ލިބިގަތުމަށް އެދި ދެންނެވުމުގެ ދަޢުވާއެއް ކޯޓަކަށް ހުށަހެޅުމާއި، އެނޫން އެހެން ދަޢުވާއެއް މިސާލަކަށް ވަގުލިޔުމެއް ދޮގުތުހުމަތެއް އުފައްދައި ކޯޓަކަށް ހުށަހެޅުމާއި، މިއީ މުޅިން ތަފާތު ދެކަމެކެވެ. އެހެންކަމުން ޤަދީމީ ތާރީޚުތައް ހެކިދޭ ގޮތުގައި ޙައްޤުނޫން ދަޢުވާއެއް ކޮށްފިނަމަ، އެމީހަކަށް ލިބޭހުށީ ޙައްޤުނޫން ދަޢުވާއެއް ޖަޒާއެވެ. ނަމަވެސް ޖަދީދީ ޒަމާނުގައި އެކަމެއްނޯވެއެވެ. ފުލުފުލުގައި މަތިމައްޗަށް ވަގުލިޔުމާ ދޮގު ތުހުމަތު އުފެއްދިޔަސް، ނުއުފެއްދިޔަސް ފަރުވާލެއްނެތެވެ. އޯކޭއެވެ.

    20
    1
  2. ހަވާސާ އިބޫ

    އިންޑިޔާއިން މިސަރިއަތަށްވެސް ނުފޫޒުފޯރުވާނެކަންޔަގީން ޔާމީން ޖަލަށްލާނެ! ޔަގީން

    30
    1
    • ޙައްގުބަސް

      ޔާމީން ޖަލަށްލެވިދާނެ!! އެކަމަކު ދެން ވެރިކަން އެމްޑީޕީއަކަށް ނުލިބޭނެ!! ޕީޕީއެމްގެ ކެންޑިޑޭޓެއް 2023 ވަނަ އަހަރު ވެރިކަމަށް ރައްޔިތުން ގެންނާނީ!! އިންޝާ ﷲ!! އޭގެފަހުން ދެން ކުޅި ފެންނާނެ!!

      51
      5
  3. ރިވެތި

    ދައުރު ނިމެންދެކައްތަޅުވާނެ ހަމައެކަނި ކުރަން އައި ކަމަކީ ރައީސް ޔާމީން ހިފާ ހައްޔަރުކުރުން މީގެއިތުރުން ދުރުިސްނޭ ގައުމައްފައިދާހުރި އެއްވެސްކަމެއް ކުރުމުގެ ވިސްނުމެއްވެސް މިސަރުކާރުގަނެތް

    48
    2
  4. ޙަސަން

    ތިމަންމެން ނުހޮވޭނެކަން ޔަވީންވާތީ ޔާމީނު ކޯޓަށް ދަމަނީ. ޔާމީނަށް ކުރިމަތި ނުލެވޭ ގޮތް ހެދިޔަސް ޔާމީނު ގެ ބަދަލުގައި ނެރޭ މީހަކަށް ވޯޓުދޭނީ. ކޮންމެހެން މިދިޔަ ފަިަރު ބެދިގެން އިންޑިޔާ ލައިގެން ވައްކަން ކުރިޔަސް މިފަހަރަކު ދެން ނުހޮވޭނެ އެއަށްވުރެ މާބޮޑަށްވެސް މިތިބީ ކެރިގެން.

    40
    2
  5. ނާދިރާ

    އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ރައީސް ޔާމީންގެ ދުވަސް ދުއްވާލުމަކީ މިސަރުކާރާ އިސްތިއުމާރީ މުޝްރިކުންގެ ރޭވުމެއް

    36
    2
  6. ޢަލީ

    މިހާރު ބަންޑާރާ ބޮޑު ދެހެކިންގެ ހެކިބަހެއް ޤަބޫލެއްނުކުރެވޭނެ، އިރާދަކުރެއްވިއްޔާ ތިވެސްދާނީ ފުލުން، ބޭނުންވަނީ ޔާމީން ހިފާ ހައްޔަރުކުރުން. ހީވަނީ މިމީހުން ރައްޔިތުންނަށް ވީ ވަޢުދަކީ އެއީ ހެން، އެ ވަޢުދު ނުފުއްދިގެން އުޅޭތަން މި ފެންނަނީ،

    30
    1
  7. ސަންޑުރާ

    ރައީސް ޔާމީނަށް މިމީހުންގެ ދުއްތުރާ ބޮޑުވިޔަސް ރައީސްޔާމީން މައިބަދަ ފަސްބުރިއަކަށް ނުބިނދޭނެ ޔާމީނަކީ ކެރޭ ގަޓުހުރި ރައީސްއެއް ރައީސްޔާމީން ވެރިކަމަށް ވަޑައިގެން ޖަލަށްއެންމެފުރަތަމަ ގެންދާމީހަކަށް ހިންނަވަރު މުސްކުޅިބޭބެއެއް އެބަހުރި އޭނަޔަށް ގަނޑެއްބަލައިގެން ކިޔަންވެސް ނޭނގޭހާ މުސްކުޅި.

    30
    1
  8. ގެލޮއިންތިން

    80 ރަށުން 80 މިލިއަން ޑޮލަރު ސުބުހާނަﷲ

    1
    15
  9. ޮޕައުންޑޭޕައުންޑޭ

    އާރަށު މައްސަލައިގައި ރައީސް ޔާމީނަކީ އެއީ އާރަށުގެ މައްސަލަ އާއި ބެހޭ މީހެއް ވެސް ނޫނޭ އެކަން ކުރި ޓޫރިޒަމް މިނިސްޓަރު ކޮބާތޭ އެމެން ބައިތިއްބާފައި ރައީސް ޔާމީން ގައިގައި ހިފާނަމަ ކޮވިޑް ވެންޓިލޭޓަރުން ކުރި ވައްކަމުގައި ވެސް ރައީސް އިބޫ ގޮވައިގެންނޭ އޭސީސީ ޝަރީއަތަށް ދާން ޖެހޭނީ އެކަން ނުކޮށް ލަސްވަނީ ކިއެއްވެތޭ ކޮވިޑް ވެންޓިލޭޓަރު ތައް އެއީ ރޯމާދުވާލު ކުރި ބޮޑު ވައްކަމެއް ނޫންތޭ...

    22
  10. އައުޓް

    ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް ޕީޖީ ޝަމީމް އައުޓް އިންޑިއާ އައުޓް

    22
    1
  11. ނުލިބޭނެ

    ރައީސް ޔާމީން ޖަލައްލެވިދާނެ ބާރުއޮތީމަ އެކަމަކު ދެވަނަ ދައުރެއްﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީއަކައްދެން ދިވެހިރާއްޖޭގެ ވެރިކަމެއް ދުވަހަކުވެސް ނުލިބޭނެ