ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާކަމަށް ތުހުމަތުކޮށް މައްސަލަ އަނެއްކާވެސް ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

ނަޝީދު 2020 ވަނަ އަހަރު ޣައިރު ދީނުގެ ޝިއާރު ފާޅުކޮށް އާންމު ކުރި މައްސަލައެއް 17 ޖެނުއަރީ 2020 ވަނަ ދުވަހު ހުށަހަޅާފައިވީ ނަމަވެސް އެމައްސަލަ ފުލުހުން ނުބަލައެވެ. ނަމަވެސް އަނެއްކާވެސް އެމަނިކުފާނު އަލުން ޣައިރު ދީނުގެ ޝިއާރު ފެންނަހެން ފޮޓޯ އާންމުކޮށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން އަނެއްކާވެސް ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން މިއަދު އެ އިއްތިހާދުގެ ފަރާތުން އާންމުކުރި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ނަޝީދު ވަނީ ކްރިސްޓިއަނުން ފާހަގަ ކުރާ އީދެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަނެއްކާވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމުކޮށްފައި ކަމަށް އެ އިއްތިހާދުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލަ މީގެ ކުރިން ވެސް ފުލުހަށް ހުށަހެޅިފައި ވީނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައިނުވާ ކަމަށް އެ އިއްތިހާދުގެ ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ. ރައްޔިތުންގެ އިއްތިހާދުން މި މައްސަލަ އަނެއްކާވެސް ފުލުހަށް ހުށަހަޅާފައިވާއިރު އެ އިއްތިހާދުގައި ގިނަ އަދަދެއްގެ މަޝްހޫރު އިލްމުވެރިން ހިމެނިވަޑައިގަންނަވާ އަދި ގިނަ އަދަދެއްގެ ޖަމިއްޔާތައް ހިމެނެއެވެ.

އިސްލާމްދީންގެ ޝިއާރުތައް ފިޔަވައި އެހެން ދީނެއްގެ އެއްވެސް ޝިއާރެއް ރާއްޖޭގައި ފަތުރައި އެހެން ދީނެއްގެ ދީނީ ވާހަކަތައް ދެއްކުމަކީ ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ޖިނާއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދު

    ތީ ބޭކާރުކަމަކަށް ވާނީ! ތީގެ އެއްވެސް މައްސަލައެއް ނުބެލޭނެ!

    27
  2. ހެޔޮނުވާނެ

    ކެނެރީގޭ ނަޝީދަކީ، ކާފަރުން ފައިސާ ދީފައި މި ގައުމުގައި ޣައިރު ދީންތަކާއި ބޭއަދަބީކަންކަން ފަތުރަން ފޮނުވާފައި ހުންނަ އެޖެންޓެއް. އެމްޑީޕީއަކީ މީހުން ރެކުރޫޓުކުރާ ހަރުގެ. ވަރަށް ގިނަ ބަޔަކު ރެކުރޫޓުކޮށްފައި އަމަލީ މައިދާނަށް ނެރެފި. އެމްޑީއެންއަކީ އެމީހުންގެ ދީނީ ގޮފި. 2023ގައި ދިވެހީން ހައްގަށް ނަސްރު ނުދީފިނަމަ މި ގައުމު ދިވެހީންގެ އަތުން ބީވެގެން ހިނގައިދާނެ. އެންމެ އަވަހަށް މިގައުމަށް ވެރިވެގަންނަން ފޫގަޅާފައި ތިބީ އަބަދުވެސް ހެޔޮ އެދޭ ކަމަށް ބުނާ އަވަށްޓެރިން. ރައްޔިތުން ބައިބައިކުރުވައިގެން ނޫންގޮތަކަށް އެވެރިންގެ އަމާޒަށް ވާސިލެއް ނުވާނެ. ރައްޔިތުން ތިބެންޖެހޭނީ މިކަންކަމާމެދު ވަރަށް ހުޝިޔާރުވެގެން. 2023ގައި އިސްލާމީ ވެރިކަމެއް ގާއިމުކުރުމަށް ރައްޔިތުން އަތުގުޅާލާ އެއްބައިވަންތަވުމަށް އިލްތިމާސްކުރަން. ސިލްމާއި ސަލާމަތް އޮތީ އިސްލާމްދީނުގައި ހިފަހައްޓައިގެން. އެންމެފުރަތަމަ ނަމާދު.

    31
    1
  3. ހޭލާ

    ކާފަރުންނާއި މުސްލިމުން އެއްގޮތްވެގެން ވަނީ ހަމައެކަނި އިންސާނީވަންތަ ކަމުންނެވެ. އެކަމަކު އެއްވެސް މުސްލިމަކަށް އަނެއް މުސްލިމާގެ މައްޗަށް ކާފަރަކަށް އިސްކަންދިނުމެއް ނެތެވެ. ނަމަވެސް މިޒަމާނުގައި މުސްލިމެއްކަމާ ބުނާމީހާ އަނެއްމުސްލިމުމީހާގެ މަސްލަހަތަށް ނުބަލާ ކާފަރުންގެ މަސްލަހަތު އިސްކުރާތަން ވަރަށް ގިނައިން އެބަފެނެއެވެ. މުސްލިމުން އެންމެ ފުރަތަމަ އިސްކަންދޭން ޖެހޭނީ މުސްލިމުންގެ މަސްލަހަތުތަކަށެވެ. ކާފަރުންނަކީ މުސްލިމުންނަށް ހެވެއް އެދޭނެ ބައެއްނޫންކަން ރަނގަޅަށް ދަންނަންވާނެއެވެ. ބޭރުފުށުން ދައްކާ ދަޅަތަކަށް ނުހެއްލޭށެވެ.

    24
    2
  4. ބުންމާރި

    ކެނެރީގޭ ނަޝީދަކީ މިޤައުމާ ރަްޔިތުންނަށް އަދި އިސްލާމް ދީނަށް ކުރިމަތިވެފައިވާ ބަލާޔާ މުސީބާތެއް ކެނެރީގޭ ނަޝީދު ކިތަންމެ ބޮޑު ޖަރީމާތައް ހިންގިޔަސް އެ މައްސަލަތަކެއް ނުބެލޭމެ 2008 ގަ ވެރިކަން ފޭރިގަނެގެން ހޭދަވީ ދުވަސްތަކުގައި ހިންގި ޖަރީމާތަކާ ވެރިކަން ދޫކޮށް މިހާތަނަށް ހިންގި އެއްވެސް ޖަރީމާއެއްގެ މައްސަލަ ބެލިފައެއްނެތް އެހެންވީމާ ތިޔަ މައްސަލަތައްވެސް ނުބެލޭނެ

    12
    1
  5. ކޮރަލް

    ހާހެއްހާ މީހުން ވަކި ވަކިން މައްސަލަ ހުށަ ހެޅީމަ ކުރިއަށް ދާނެ އެވެ. އޭރުން އެހިސާބުވެސް ފުރި ދާނެ އެވެ.

    6
    1
  6. އުގުރި

    ކޮންމެ ކަމެއްވެސް އަންނި ކޮއްފިނަމަ އެއީ އެވެސް މައްސަލައެއް ނޫނެވެ
    އެކަމަކު އެހެން މީހަކު ކޮއްފިނަމަ އެވާނީ މައްސަލަ އަކަށް

    9
    1
  7. ބެއްޔާ

    މިކަލޭގެއަކީ މިގައުމުގެ ހަލާކެވެ. މީނައަކީ ލާދީނީ އެމްޑީފީގެ ނަސާރާފަޅީގެ ބޮޑޭ. މީނަގެ މައްސަބަލައި މީނަ ހައްޔަރުކުރަންޖެހޭނެ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވައްތަކަމުގެ ގާނޫނާއި ހިލާފަށް މިކެނެރީބެއްޔާ މިއަމަލުތަހުގީކުރަންޖެހޭ

    11
    1
  8. އަބްދޫ

    ތިޔަ ނަސީދު ކްރިސްޓިއަންދީނުގެ ފޮތްބަހަން އިގިރޭސިވިލާތުގަ އުޅެނިކޮށް ދިމާވެފައިވާ ދިވެހިން ރާއްޖޭގަ އެބަތިބި. ނަސީދަކީ ކްރިސްޓިއަންދީނަށް ވެދެގެން އުޅޭ ކްރިސްޓިއަނެއް. ތިޔަ ތަހުނިޔާގެ މައްސަލާގަ ބުނަންޖެހޭނީ ކީރިތިގުރްއާނުގާ ތައުބާ ސޫރަތުގައިވާ ވަހީއަށް އޭނާ ހުރީ މުސްލިމަކަށް ވުމަށްފަހު ކާފަރު ވެފައޭ ވަހީ ކުރައްވާފަ ވޭ، ކޮންމެ ދިނެއްގެ ދެމަފިރިއަކަށް ލިބޭދަރިއަކުވިޔަސް މާތްﷲދުނިޔެއަށް ފޮނުއްވާ ކޮންމެ ދަރިޔަކު އުފަންވަނީ އިސްލާމްދީންމަތީގަ ދުނިޔެއަށް ފޮނުއްވަނީ ފުރިހަމަ މުސްލިމެއްގެ ގޮތުގަ.

  9. Anonymous

    އޭނަ އެއީކުކަން ނޭގިއެއްނުޫން އޭނަ އެހިސާބައް އުފުލިފައެހެރީ ދިވެހިރައްޔަތުންގެތެރެއިން ބަޔަކު ބޭނއްވެގެން ވީމާދެންދައްކާނެ ވާހކައެއްނެތް ހިތާމަމަހުރި