ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް މާދަމާގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަަމަށް ރަައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެމަނިކުފާނު ނ. އަތޮޅު މާފަރު،ލަންދޫ، މަނަދޫ، މަގޫދޫ،ހޮޅުދޫ އަށް ވަޑައިގަތުމަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އަދި މިދަތުރުފުޅުައި އެމަނިކުފާނު އެރަށްތަކުގެ ކައުންސިލްތަކާއި، އެރަށްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމެޓީއާ ބައްދަލުކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންނާއިވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހް ދާދި ފަހުން ވަނީ އާ އަހަރާއި ދިމާކޮށް ސްރީލަންކާއަށް ވަޑައިގަންނަވާފައެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ދަތުރު ކުރަން ހުވާ ކޮށްގެން ހުރި ރައީސް އަކު ކުރާނީ ދަތުރު ދޯ؟ ރައްޔަތުން ނޭ އިންޑިއާ އައުޓް ޓީޝާޓް ލައިގެން މަރުހަބާ ކިޔަން ދާން ފެނޭ . # އިންޑިއާ އައުޓް #

    16
    2
  2. އެހެންތޭ

    ރައީސް ތިޔާ ގޮތަށް ރާއްޖެތެރެއަށް ކުރައްވާ ދަތުރު ކުރެއްވުމުގެ ކުރިން ފުރަތަމަ ހުޅުމާލޭ ދޭކަށް ގޮސް އެތަނުގެ ހިޔާ ފްލެޓްސް ތަކުގައި މީހުން ދިރިއުޅޭ ހާލަތު ބަލާ އެކަން ކަން ނޫންތޭ ރަނގަޅު ކުރަންވީ ދެން މާލޭގެ މަގުތަކުގައި ކުނިގިނަވެ ބަލިމަޑު ކަން އިތުރު ވަމުންދާތިވެ އެކަން ކަން ނޫންތޭ ފުރަތަމަ ވެސް ރަނގަޅު ކުރަންވީ ޒަކާތް ފެށެން ޖެހޭނީ ގޭތެރެއިންނޭ މިއަންނަ ދައުރަށް ކެމްޕެއިން ކުރާ އިރު މާލެ މިއޮތް ގެން ހަލާކުވެ ވީރާނާވަނީއޭ ވެރިކަމުގައި ހުރި ބަނޑުއަކިރި ކަން ފިލުވާލާނެ ކަމަށް ހީކޮށް ރާއްޖެތެެރެއަށް ރައީސް އިބޫ ދަތުރު ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ...

    13
    1
  3. އެހެންތޭ

    ރައީސް އިބޫ ރާއްޖެތެރެއަށް ދެއިރު ދެދަޅަ އަށް ބޭސްކާ ގޮތަށް ދަތުރު ކުރައްވާއިރު މާލޭގައި ފުނިޖެހިފައި ހުރި އެއްވެސް ކަމަކަށް ހައްލެއް ނާދެއޭ މާލޭގެ މަގުމަތި އޮތީ ކުނިވެފައޭ މާލޭގެ މަގުމަތީގައި މިހާރު ސަލާމް ޖަހާ މީހުންގެ އުނދަގޫ ވެސް އިންތިހާ އަށް ބޮޑޭ ދެން އަނެއް ކޮޅުން މާލޭގައި ގޯތި ގެދޮރުގެ މައްސަލަ ތައް އިންތިހާ އަށް ބޮޑޭ މިކަން ކަން ހައްލު ނުކޮށް ރާއްޖެތެރެއަށް ދިއުން ގަބޫލުނުކުރެވޭ މާލެ ސަރަހައްދުގައި ވިޔަފާރިކުރާނެ ބިންތައް ނުއުފެއްދެއޭ ދެން ރައީސް އިބޫ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ ނޫންތޭ މާލެ ސަރަހައްދުގައި ހުންނަ ރަައީސް އޮފީހަށް ވަދެ އިންނަނީވެސް...