23:20

ފްރާންސް، އިޓަލީ، ތުރުކީ އަދި ނެދަލޭންޑްސް އިން ރެކޯޑް އަދަދެއްގެ މީހުން ފައްސިވެއްޖެ.

22:06

މާލެ އިން 102 މީހުންނާއިއެކު ރެކޯޑެއް، ރާއްޖެ އިން 224

20:07

ޗައިނާގެ ޒިއާން ސިޓީގައި ކޮވިޑް އާ ގުޅިގެން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 42،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވައިސް މޭޔަރު ޒޫ މިންގްފޭ ވިދާޅުވެއްޖެ.

ނޫސްވެެރިންގެ ބައްދަލުވުމެއގައި މިންގްފޭ ވިދާޅުވީ ޒަރޫރީ ބޭނުމެއް ނެތް ރައްޔިތުން ގެއިން ބޭރަށް ނުނުކުތުމާއި ސިޓީން ބޭރަށް ނުދިއުން ފަދަ ކަންކަމުގައި ހިފައްޓަން ޖެހޭ ކަމަށް.

ކޮވިޑާއި ގުޅިގެން ޒިއާން ސިޓީ ވަނީ ބަންދުކޮށްފައި. އެ ސީޓީގައި އިއްޔެ އެކަނިވެސް 35 މީހަކު ކޮވިޑަަށް ފައްސިވެފައިވާއިރު، އޭގެ ކުރީ ދުވަހު 95 މީހަކު ކޮވިޑަށް ފައްސިވެފައިވޭ. އަދި ޑިސެމްބަރު 25-31 އަށް ކޮންމެ ދުވަހަކުވެސް އަދަދުތައް އުޅުނީ 150 އިން މަތީގައި ކަމަށް ބުނެފައިވޭ.

 

20:02

އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ކެއިރް ސްޓާމަރ ކޮވިޑަށް ފައްސިވެފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއްޖެ.

20:02

ކޮވިޑްގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮންގެ ސަބަބުން ސިންގަޕޫރްގައި ޑެލްޓާ ވޭރިއެންޓަށްވުރެ ބޮޑު އެ ބަލީގެ ރާޅު އަރާފާނެ ކަަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައި،

އެ ގައުމުގެ ހެލްތް މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު، ބޮޑެތި މީހުންނަށް ފުރިހަމައަށް ވެކްސިން ދިނުމަށް ވަރަށް އަވަހަށް ބޫސްޓާ ޑޯޒެއް ބޭނުންވާ ކަމަށްވެސް ބުނެފައިވޭ.

 

19:53

އަށް ގައުމަކުން ހޮންގްކޮންގްއަށް ފްލައިޓްތައް އެތެރެވުން މަނާކޮށްފި. އެ ގައުމުން މިގޮތަށް މަނާކޮށްފައި ވަނީ އޮމިކްރޮން ވޭރިއެންޓެއް ފެނުމާއެކު ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން.

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އިންޑިއާ، ޕާކިސްތާން، ފިލިޕީންސް، އިނގިރޭސިވިލާތް އަދި އެމެރިކާއިން އަންނަ ފްލައިޓްތައް ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މަނާވާނެ ކަމަށް.

މީގެ އިތުރުން އެ ގައުމުގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުން ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން މަނާކޮށްފައިވާއިރު، ސްވިމިން ޕޫލްތަކާއި، ކުޅިވަރު މަރުކަޒުތަކާއި، ބާތަކާއި، ކްލަބްތަކާއި، މައިޒާންތަކާއި، އެނޫންވެސް ތަންތަން މަދުވެގެން ދެ ހަފްތާއަށް ބަންދުކުރަން ވަނީ ނިންމާފައި.

 

 

19:39

ކޮވިޑް-19 ފެނިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބަންދު ކުރި މ. މުލަށް އާއްމު ހާލަތަށް ގެނެސްފި

17:43

ކޮވިޑް ޓެސްޓް ހަމަވުމުން ފަރުވާ ނުދިން މާބަނޑު މީހެއްގެ ދަރިފުޅު ބައިގެން ގޮސްފި

 

16:49

ޕޮލޭންޑުގެ ރައީސް އަންޒޭ ޑުޑާ ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:22

ޔޫކްރޭން އިތުރު 130 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 299,711 އަށް އަރާފައި.

އެ ގައުމުން އިތުރު 15,184 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,008,648 އަށް އަރާފައި

 

15:21

ފިލިޕީންސް އިތުރު 58 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 51,662 އަށް އަރާފައި.

އެ ގައުމުން އިތުރު 10,775 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,871,745 އަށް އަރާފައި

 

15:21

ޗެކް ރިޕަބްލިކް އިތުރު 24 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 36,397 އަށް އަރާފައި.

އެ ގައުމުން އިތުރު 10,169 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,503,374 އަށް އަރާފައި

 

 

15:21

ތައިލެންޑުން އިތުރު 19 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 21,769 އަށް އަރާފައި.

އެ ގައުމުން އިތުރު 3,899 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,239,475 އަށް އަރާފައި

15:21

ބެލްޖިއަމުން އިތުރު 22 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 28,407 އަށް އަރާފައި.

އެ ގައުމުން އިތުރު 18,630 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,151,914 އަށް އަރާފައި

 

15:17

މެކްސިކޯއިން އިތުރު 130 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 299,711 އަށް އަރާފައި.

އެ ގައުމުން އިތުރު 15,184 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,008,648 އަށް އަރާފައި

15:15

ރަޝިއާއިން އިތުރު 828 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 313,015އަށް އަރާފައި.

އެ ގައުމުން އިތުރު 15,772 މީހަކު ކޮވިޑަށް ފައްސިވިއިރު، އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10,585,984 އަށް އަރާފައި.

15:13

ކޮވިޑް-19ގެ ޥޭދަަަނަތައް އަނެއްކާވެސް މައްޗަށް ދިޔަ ނަމަވެސް އިތުރު ފުރަބަންދަކަށް ދާން ބޭނުން ނުވާ ކަމަށް ޖަރުމަނުގެ ފިނޭންސް މިނިސްޓަރ ކްރިސްޓިއަން ލިންޑްނަރ ވިދާޅުވެއްޖެ.

އެ ގައުމުގައި ކޮވިޑްގެ ޥޭދަނަތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައި. އެގޮތުން މިހާތަނަށް އެ ގައުމުން 10,589,505 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 124,563 މީހަކު ވަނީ އެ ބަލީގައި މަރުވެފައި.

15:09

ހޮންގްކޮންގައި އޮތް ކްރޫޒް ޝިޕަކުން ގިނަބަޔަކު ކޮވިޑަށް ފައްސިވެ، އެ ކްރޫޒް ޝިޕްގައި ތިބި އެތައް ހަސް ބަޔަކު އޭގެ ތެރޭގައި ތާށިވެއްޖެ. ހެލްތް އޮތޯރިޓީތަކުން ބުނީ އެ ކްރޫޒް ޝިޕުން ފައްސިވި ނުވަ މީހުންނަކީ ދާދި ފަހުން ފެނުނު އޮމިކްރޮން ކަލްސްޓާ އާއި ގުޅުން ހުރި ބައެއް ކަމަށާއި، މިހާރު އެ ކްރޫޒް ޝިޕް އަނބުރާ ދިއުމަށް އަންގާފައިވާނެ ކަމަށް.

14:54

އިންޑިއާއަށް ކޮވިޑް-19ގެ އިތުރު "ރާޅެއް"ގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެފި

14:30

ހަންގޭރީން އިތުރު 5،720 ކޮވިޑް ވޭދަނަ ފެނިއްޖެ، މިއީ އެއް ދުވަހެއްގެ ތެރޭގައި އެ ގައުމުން މީގެ ކުރިން ފައްސިވާ އަދަދުތައްކަށް ވުރެ ބޮޑު އަދަދެއް. މީގެ ހަފްތާއެއް ކުރިން އެ ގައުމުން ރެކޯޑް ހެދީ އެއް ދުވަހެއްގައި 3،005 މީހަކު ކޮވިޑަށް ފައްސިވެއްޖެ. އެ ގައުމުގައި ވޭދަނަތައް އިތުރުވެގެން ގޮސްފައި ވަނީ އާ ވޭރިއެންޓާއެކު

އެ ގައުމުގެ ސަރުކާރުން ވަނީ އެ ގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ 11 އިންސައްތައަށްވުރެ މަައްޗަކީ އޮމިކްރޮން ވޭރިއެންޓްގެ ވޭދަނަތައްކަން ހާމަކޮށްފައި.

 

14:24

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ އިސްރާއީލުން އިތުރު 12،000 އެއްހާ މީހުން ފައްސިވެ އާ ރެކޯޑް ހަދައިފި

13:49

އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އިކްރާމް މިސްކިތުގެ ބޭރުގައި ކުނާ އަޅައިގެން ނިދަމުން އައި ތުއްތުދީދީ ކޮވިޑް-19 ބަލީގައި އިއްޔެ ނިޔާވެއްޖެ.

09:59

އެއްދުވަސް ތެރޭގައި 2.1 މިލިއަން މީހުން ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ގިނަ ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ ލޮޅުން އަރަން ފަށައިފިއެވެ. ކޮވިޑަށް އެންމެ ގިނަ މީހުން ފައްސިވަމުންދާ އެއްގައުމު ކަމަށްވާ އެމެރިކާގެ ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ބައެއް ބަލިތަކުގެ ބަލި މީހުން ބެލުން ހުއްޓާލާފައެވެ. ބައެއް ހޮސްޕިޓަލްތަކުން ވަނީ މާބަނޑު މީހުން ވިއްސުން ފަދަ ކަންކަން ކުރުން ވެސް މެދުކަނޑާލާފައެވެ. އެއީ ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ.

އިނގިރޭސިވިލާތުގެ ގިނަ ހޮސްޕިޓަލްތަކުން ވެސް މިހާރު ވަނީ އެމެޖެންސީ ހާލަތުގައި ކުރަން ޖެހޭ އޮޕަރޭޝަންތައް ފިޔަވައި އެހެން އޮޕަރޭޝަންތައް ކުރުން ހުއްޓާލާފައެވެ. އިނގިރޭސިވިލާތުގެ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފިޔަވަޅު އެޅީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް މާނުރައްކާ ވޭރިއަންޓެއް ނޫން ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެތައް މިލިއަނަކުން އިތުރުވަމުން އަންނާތީ އެތައް ގައުމެއްގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ނުދެވޭ ހާލަތު ކުރިމަތިވެދާނެ ކަމަށް ބައެއް ސިއްހީ ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ގިނަ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މިހާރު ކޮވިޑް ވެދާނަތައް އިތުރުވަމުން މިދާ ގޮތުން ކޮވިޑް ވޭދަނަތައް ކުރިއަށް އޮތް ދެމަސް ދުވަހު އިތުރުވަމުން ދާނެއެވެ. އަދަދުތައް ދަށަށް ދާނީ އޭގެ ފަހުން ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު