މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ކޯލިޝަންގެ ސަރުކާރުން އާކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދުދެއްވައިފިއެވެ.

ސަރުކާރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޖީނުގެތައް ތަރައްގީކޮށް ހުޅުވަމުންދާތީ އެކަމާ ނުގަބޫލުވާ ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިޙް ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އަދި އެބަޔަކަށް ނުކުރެވުނު ކަންކަން އެހެން ބަޔަކު ކުރާތަން ފެނުމަކީ ހިތް އެދޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެކަމަށް ރައްދުދެއްވާ މިއަދު ކުރެއްވި ޓުވީޓެއްގައި ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަށް އެއްވެސް އާކަމެއް ނުކުރެއްވޭ ކަމަށާއި، ބަޔަކަށް ނުކުރެވުނު ކަމެއް މި ސަރުކާރުން ކޮށްގެން ކަންބޮޑުވާނަމަ ކަންބޮޑުވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

މީގެ އިތުރުން އޭނާގެ ޓުވީޓުގައި ވިދާޅުވީ ފެނާއި، ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތްތަކަކީ މީގެ ކުރިން އައި ސަރުކާރުތަކުން ވެސް ކޮށްދެއްވާފައިވާ ކަންކަން ކަމަށެވެ. އަދި މި ސަރުކާރަށް އެއްވެސް އައު ކަމެއް ނުކުރެއްވޭ ކަމަށާއި ބުރިޖު ފަދަ އައު ކަންކަން ކުރެއްވީ ރާއްޖެ މިދެކޭ ތަރައްގީގެ ބާނީ ރައީސް ޔާމީން ކަމަށެވެ.

ނ.މަގޫދޫގެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް ރައްދު ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ތަރައްގީގެ މިސްރާބާ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ތަފާތު ކަމަށާއި މި ސަރުކާރުގެ ތަރައްގީގެ މިސްރާބުން ފައިދާވާނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ާނަންނު

    އެ ވިދާޅުވީ ތެދުފުޅެއް. އެންމެ ބޮޑު ހިޔާނާތާ ވައްކަން ކުރިކަމަށް ހުކުމްކޮށްފަ ޖަލަށްލެވުނު ރައީސަކަށް ވާނީ ޔާމިނު. މުޅިން އާކަމެއް.

    3
    14
    • ކޮވިޑް

      ނަންނު ބުންޔަސް ތީ ތެދެއް . އެކަމު ހަޤީގަތަކީ ނުހައްޤުން ހަރާމް ހުކުމެއްގަ ކަން. ނަންނު މެންގެ ކަހަލަ އެމްޑީޕީ ކުދިން ކޮޅެއްގެ އުފަލަށް ނުހައްގުން ޔާނީން އަށް އަނިޔާކުރީ ކިހާ އާކަމެއް ދޯ މީ؟ # އިންޑިއާ އައުޓް #

      12
      1
  2. ރައީސް ޔާމީނު

    އާދަނާ! ޔާމީނު ނޫނިއްޔާ ނެތޭ އަމިއްލައަށް އަމިއްލަ ނަމުގެ ކުރިއަށް ރައީސް ލައިގެން އަބަދު ކިޔާލަކިޔާލަ ހުންނަ ރައީސެއް

    6
    7
  3. ލޮލް

    ޔާމީނުގެ އޮތީ ހަމަ އެންމެ މައްސަލައެއް. އިސްލާޙަށް މަސައްކަތްކުރި ފަރާތްތަކުގެ އަޑުނާހާ ފާޑެއްގެ ބުރޯއަކު ގާތްކޮށްގެން ގައުމަށް ޚިޔާނާތްތެރިވުން. ޔާމީނަށް ކަންކަން ރޭކާލީއިރު އޮތީ ވަގުތު ފާއިތުވެފައި.

    11
    3
    • ދއތ

      އެކަމަކު ތީ ދެން ބޮޑުވަރެއް. "ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ" ބުނަނީ މިހެންވެ

      ކަންކަން ވަމުންދާގޮތް މީޑިއާއަށް ތިލަވެ އެވާހަކަތައް ކިޔާދިނީމާވެސް އޭރުގެ އޮޑިޓަރު ބޭރުކޮށްލީ ހަމަ ސީދާ ޔާމީނު. އެއީ އަދީބު ފާޅުވުމުގެ މާކުރި.

      މައުމޫނު ވެރިކަމުގައި "މިރައީސް" ސައިޒުކޮށްފަ ބެހެއްޓުމުގައި ޙިކުމަތެއް ވާކަން މިހާރު ތިހިރީ ދައްކަވާފަ.

      2
      5
      • ލޮލް

        އެވެސް ބުރޯ އަޑިއަޑިން ކުޅުނު ކުޅިއެއް. ކަލެއަށް މާބޮޑަށް އެނގިފައި ތިއޮތީ. ބުރޯ ފާޅުވެއްޖެ ވެރިކަމަށް އަހަރު ނުވަނީސް.

        • ދނޯ

          އެހެން ވިއްޔާ ބުނެބަލަ.
          މީރާއިން ބަލައިގަންނަމުން އައި ފައިސާ މމޕރސ އަށް ޖަމާކުރަންޖެހޭ ގޮތަށް ހެދީ ކާކު! އެއީ އެމީހަކީ. އެއީ ޔާމީނު

  4. Anonymous

    އާކަމެއް ކުރީ ތަތޯ މަތޯ ކިޔާނެކަމެއް ނެތް. އަހަރެމެންނަށް އެނގޭ ކަމަކީ ސަރުާރޫތައް ގެނެސް ގެނެސް ރައްޔިތުން ވަރުބަލިވީއިރުވެސް ދިވެހި ރައްޔިތުން ދިރިއުލޭ އެންމެ 200 ރަށުގައި ފެނާއި ނަރުދާމާގަނޑު ވެސް އަޅާ ނުނިމުނުކަން. އެކަމަކު ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ފޯމާ ޕްރެސިދެންޓްގެ އޮފީސް ހިންގުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ބަލަހައްޓަމުންދާ 4 ރައީސުން އެބަތިބިކަން. 5 ވަނަ މީހާ ދައުރު ހަމަކުރަން އެދަނީ ތައްޔާރުވަމުން.

    ދެން މިކިޔަނީ މައުމޫނު ކޮށްދިން ކަންކަމޭ، ނަޝީދު ކޮށްދިން ކަންކަމޭ، ވަހީދު ކޮށްދިން ކަންކަމޭ ނުވަތަ ޔާމީނު ކޮށްދިން ކަންކަމޭ. ބަލަ އެމީހުންގެ ޖީބުން އެންމެ ރުފިޔާއެއްވެސް ޚަރަދުކޮށްގެން ކުރި އެއްވެސް ކަމެއް އެބައޮތްތަ؟
    ފެނާއި ނަރުދަމާ އަދި ކަރަންޓާއި އެހެނިހެން އަސާސީ ޚިދުމަތްތަށް ހަމަޖެއްސުމާއީ ތަރައްޤީ ކުރުމަކީ ވެރިކަމަށް އިންތިޚާބުކުރީމާ ކުރަން ޖެހޭ ކަނަކަން. އެއީ އެމީހުންނާއި ރައްޔިތުން މަތިކުރި ޒިއްމާ އާއި ވާޖިބު. އެއީ އެމީހުންގެ ހިތްހެޔޮކަމުން އެމީހުންގެ ރަންގަޅުކަމުން މޮޅުކަމުން ކުރާ ކަންކަމެއް ނޫން. ހަޤީޤަތަކީ 15 އަހަރު ތެރޭގައި 5 ރައީސުންނަށް 200 ރަށުގައި ފެނާއި ނަރުދަމާ އަޅައި ނިއްމާ ނުލެވުނު. މާނަޔަކީ ދިވެހިން އިންތިޚާބު ކުރި ހުރިހާ ރައިސުންނަށް ޖުމުލަކޮށް އަހަރަކު 13 ރަށުގައި ފެނާއި ނަރުދަމާ އަޅައި ނިއްމާ ނުލެވުނު. ދެން ތަތޯ މޮޅީ މަތޯމޮޅީ ބުނެވޭނެ ކާކު މީގެތރޭގައި ހުރީ؟

    4 ރައީސުން ވެރިކަމުގެ މުއްދަތު ހަމަކޮށްފައި ފައިބައިގެންދިޔައިރު އެންމެ 200 ރަށުގައި ނަރުދަމާ އަޅާއި ނުނިމުނު. އެކަމަކު ރައްޔިތުން ހަނަޑަސްބުރިއަށް ގަލޯހާޖަތްކޮށްފައި ނަޖިސް ފެންބޮއެގެން ނަޖިސްފެނުން ފެންވަރައިގެންތިބެ ބުރަމަސައްކަތް ކޮށްފަ ދައްކާޓެކްސް ފައިސާއިން މިމީހުންނާއި އެމީހުންގެ އާއިލާ އުމުރަށް ކާންދީ ބަލަހައްޓަން ރައްޔިތުންނަށް އެބަޖެހޭ. މީދެން އާފަތެއް ކަހަލަ ކަމެއް ނޫން.

  5. މާސްޓަރ

    ލައްބަ! އާގޮތަކަށް ވައްކަން ކުރީ އޭނަ!

  6. ނިޒާރުބެ

    ކަޅުފޮށިފޮށީގަ މިލިއަނުން ޑޮލަރުތައް ގެންގޮސް އަމިއްލަ ގެއަށް ވެއްދުން ބެންކޮކް އަންހެންކުދިން ހަލާލުކަމަށް ނިންމުން މީހުން ދިރިއުޅޭ ރަށެއް ފަޅުރަށަކަށް ކޯޓުފުރާޅުން ޓިނުނަގާ ފަނޑިޔާރުން ގައިދުކުރުން ކޮރެއާބަޔަކަށް ތެޔޮޓޭންކަރެއް ހަދިޔާކުރުން ރާއްޖެއިން ތެޔޮނެގުން އަދިވެސް ބައިވަރު އާކަންކަން ފުދޭވަރަކަށް ކުރެވިފަ އެބަހުރި މަގޭ ވޯޓު ދެންވެސް ޔާމީނަށް އޭރުން ތިޖޫރީ އިންތާ ވަޅުގަނޑުވެސް ނީންނާނެ ތޯއްޗެ

  7. ނުނން

    ޢާތެދެއް ؟ ވައްކަން ކުރީވެސް ޔާމީން ، އެފައިސާ ޖަމާވީވެސް ޔާމީން އެކައުންޓަށް
    ޖަލުން ސަލާމަތްވީވެސް ޔާމީން.........................

  8. އަލްޖިބްރާ

    އާކަމެއް ކުރީ ހަމައެކަނި ޔާމީނު ! ފަޑިޔާރު ގެއެއްގެ ފުރާޅުފަޅާލާފަ ވަދެ ފަޑިޔާރުން ބިޑިއަޅުވައިގެން ގެންދިޔައީ ޔާމީނު ! ރައްޔިތުންގެ މަޖްލިސް މެމްބަރުން ފާރުމަތިން އުކީ ޔާމީނު ! ފ.އަތޮޅު ވިއްކާލަން އުޅުނީ ޔާމީނު ! ކިތަންމެ ބައިވަރު ފައިސާއެއް ހިފައިގެން ގެއަށް ވަނަސް ތިއީ ކިހިނެއް ހޯދި ފައިސާއެއްތޯ އަބިމީހާވެސް އަހާނުލާނޭ ބުނީވެސް ހަމަ ޔާމީނު ! މަސްދުވަސްވީއިރުވެސް އިންޓެލިޖަންސް ރިޕޯރޓް ނުލިބެއޭ ބުނީވެސް ޔާމީނު ! އަދިވެސް ބައިވަރު މިޒާތުގެ އާ ކަންތަށް ކުރީ ޔާމީނުކަން އެންމެންވެސް ދަނޭ ! ޝަރީފަށް ތިހިރީ ވަރަށް ބޮޑަށް ނިދިފާ !