ބަރަހަނާ ފޮޓޯތައް އަޅައިގެން ޓެލެގްރާމްގައި ގްރޫޕްތައް ހިންގި މައްސަލާގައި ދައުވާ އުފުލާފައިވާ މއ.އިސްޕަންޖުގެ، މުހައްމަދު މަސާއީދު ބިން ސަމީއު ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި ނިންމުން ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު ބުނާ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރާ ހުކުމެއް 30 ދުވަހުން މުރަޖާއާ ކުރަން ޖެހެއެވެ. އެއީ ކުރިން ނިންމި ނިންމުން ދަމަހައްޓަން ޖެހޭ ހާލަތަށް ބަދަލެއް އައިސްފައިވޭތޯ ބެލުމުގެ ގޮތުންނެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމާފައި ނިންމުމަށް 30 ދުވަސް ހަމަވުމުން ބަންދު މުރާޖައާ ކުރަން މިއަދު އަޑުއެހުމެއް ބޭއްވިއެވެ. ސިއްރުކޮށްގެން ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ގާޒީ ނިންމެވީ ހާލަތެއް ބަދަލެއް އައިސްފައި އޮތް ކަމަށް ބެލެވެން ނެތުމުން ބަންދު ދަމަހައްޓަން ކަމަށް އެނގިފައިވެއެވެ.

މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް މަސާއިދު ހޯދާފައި ވަނީ އެހެން މީހުންގެ މީސްމީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު ކަމަށް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެއެވެ.

މަސާއިދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

- އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ
- އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ
- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ
- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ
- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ
- އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ

މަސާއިދުގެ އަތުން ވަނީ ދިވެހި އަންހެނުންގެ އެތައް ހާސް ބަރަހަނާ ފޮޓޯއަކާއި ވީޑިއޯއެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    އަންހެންވެރިން ބަރަހަނާ ފޮޓޯ އާ ވީޑިއޯ ނަގަނީ ކީއްކުރަންބާ؟ އެނެގި މީހުން ކުއްވެރި ނުވޭ؟ ތިޔޮއް ޓިކްޓޮކްގަ ދިވެހި އަންހެނުން އޮރިޔާން ވެގެން ތިބިޔަސް އޯކޭ؟"؟؟