ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ޒިންމާއަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށާއި، އެހެެން ނޫނީ އަންނަ އޮތް ޖީލުތަކާއި ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގުލާލާއި އެކު ފޯރުކޮށްނުދެވޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ހުރަވީ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ ވީޑިއޯ މެސެޖްގައެވެ.

އިމްރާން ވިދާޅުވީ، ހުރިހާ ގައުމީ އަބްތާލުންގެ ޒިކުރާ އާކޮށްދެއްވުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތައް ހަނދާން ކުރަން ޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވީ، ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް، ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ޒިންމާއަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

"ދިވެހި ގައުމިއްޔަތުގެ އެންމެ މަތީ ބަހާތަކަކީ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހި ތާރީހާއި، ސަގާފަތް، މިކަންކަން ދިރުވާ އާލާކުރުމުގައި ކޮންމެ ދިވެހި ފަރުދެއްގެ ބޮޑު ޒިންމާއެއް އޮވޭ". އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެ ޒިންމާތައް އަދާ ކުރަން ޖެހޭ ކަމަށާއި އެހެެން ނޫނީ އަންނަ އޮތް ޖީލުތަކާއި ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގުލާލާއި އެކު ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން އެންމެން އަޒުމްކަނޑައަޅަންވީ ގައުމިއްޔަތު އަންނަން އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުން، އިސްލާމް ދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާއެކު ދިވެހި ގައުމިއްޔަތުގެ މިނިވަންކަމާއި އިސްތިގުލާލު އަންނަން އޮތް ޖީލްތަަކަށް ގެންގޮސްދިނުން". އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ކަލޭ ޖީލޭ ޤައުމޭ ފަހަރި އޭ ނުކިޔާ އާދޭސް ކޮށްފަ. ކަލޭ ތީ އަންނިޔަކީ ކާކުކަން ﷲ ގަންދީ ހުވާކޮށްފަ ކިޔާދިން މުނާފިޤް، ކަލޭ ތީ އެމްޑީޕީ ވެރިކަން މާދަމަ ވައްޓާލާނެކަމަށް ބުނެ އެހެން ނުބުނަކަމަށް ބުނި މުނާފިޤް މިއަދު ކޮން ޖީލެކޭ ކިޔާކަށް ؟ ކަލޭގެ އަޑުއަހާނެ މީހަކު ނެތް މިޤައުމުގަ އިޔާޒް ފިޔަވާ. # އިންޑިއާ އައުޓް #

    11
  2. ޕަކާސް

    މަނކުފާނު ދެއްކިވާހަކަ އަމިއްލަ ފުޅަށް ގަބޫލުކުރާނަމަ މިހާރު ހުންނާނީ އިސްތިއުފާދީފައި އިންޑިއާ އައުޓް ކެމްޕެއިންތެރޭގައި.

    12
  3. Anonymous

    ކަލޭގެ ފިތުނެރި ދުލުގެމުސީބާތް އަންނަން އޮތް ޖީލުތަކއްވެސްޖެހޭނެ ކައްޒާބު

    10
  4. އުގުރި

    އިމުރާނޫ އަންނަ އޮތް ޖީލޭ ތަބުތަކޭ ނުކިޔާ. މިހާރު މުލި މިދިވެހިރާއްޖޭގެ އެންމެނަށް ވެސް އެބަ އެގޭ ތީކިހާ ފެންވަރެއްގެ މީހެއްކަމަށް މިދިޔަ ދުވަސް ތަކުގައި އިމްރާނަށް ލިބިފައިވާ އިލްމުގެ ބޭނުން ނުހިފާ މަގާމާއި ރުފިޔާއާއި ބާރު ވެރިކަން ލިބުނީމަ ދީނުގެ މަތިން ވެސް ހަނދާން ނެތުނީ.

    ﷲ ހުގެ މިދީން އުގެނި ހުރެ ތިފަދަ މަގާމެއްގައި މިއަދު ހުރެވި ދާނެ..
    ު

  5. އައްޑޫ މީހާ

    ގައުމު ވިއްކާލާފަ ކޮން ގައުމެއްގެ ވާހަކައެއް ތިޔަ ދައްކަނީ ؟

  6. ހަނީފްބެ

    އެއިރު އައްނި މެން ވިއްކީ ޖީއެމްއާރް. އެއިރު އެކަމާ ދެކޮޅަށް އިމްރާނު ނުކުތީ. މިއަދު އިމްރާނު ބައިވެރި ކޮއްގެން އައްނި މެން އެވިއްކަނީ މުޅި ދިވެހިރާއްޖެ. އެއިރު އައްނި މެން ލާދީނީއްޔަތު ފަތުރައި އިސްލާމް ދީނަށް ފުރައްސާރަ ކުރާތީ ދީން ހިމާޔަތް ކުރުމަށް އިމްރާނު ނުކުތީ. މިހާރު އައްނި މެން ކުރިއަށް ވުރެ ބޮޑަށް އެ ހަރަކާތް ހިންގަނީ އިމްރާނު ބައިވެރި ކޮށްގެން. ދެން ކޮން މިނިވަން ކަމަކާ އިސްތިގުލާލެއްތޯ.

    1
    1