ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮވިޑުން ރައްކާތެރިވުމަށް މާސްކު އަޅަން މަޖުބޫރުކޮށް، ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފިއެވެ.

ރަށްތަކުގައި މާސްކު އެޅުން ރައީސް އޮފީހުން މަޖުބޫރުކޮށްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ރާއްޖޭގައި އަނެއްކާ ކޮވިޑް ވަރަށް ބޮޑަށް ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދޭތޯ ކަށަވަރުކޮށްދިނުމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒު ދިނުމަށް ހަމަޖައްސާފައިވާއިރު، މީގެ ކުރިން ބޫސްޓާ ޑޯޒު ދެމުން އައިސްފައިވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ މީހުންނަށެވެ. މި ލިސްޓުގައި ފުލުހުންނާއި ފުލުހުންގެ އާއިލާ ނުހިމެނެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭން އޮމިކްރޮން ވޭރިއެންޓް ފެނިފައިވާއިރު، ރާއްޖޭން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް އަނެއްކާ ވަނީ އިތުރުވާން ފަށާފައެވެ. ވޭދަނަތައް އިތުރުވާން ފެށުމާއި އެކީ އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުންދިޔަ ހުއްދަތައް މަޑުޖައްސާލައިފައެވެ. އަދި މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓު ވެސް އެޗްޕީއޭއިން ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސަމާސާ

    ތިނަދޫ ކައުންސިލްގެ ރައީސް ނާޅާނެ. ޢަދި އަދަބެއްވެސް ނުދެވޭނެ.
    ޕޮލިހުންގެ ހުރި ކެރޭވަރެއްބަލާނަން މިފަހަރު.

    32
    1
    • މަބޮޑޭ

      މަ ހައިރާންވަނީ ތަންފީޒު ނުކުރެވޭ ފަދަ އަމުރު ކުރާތީ.. މިރަށުގަ ކައުންސިލެއް، ސިއްހީމަރުަކަޒެއް، ޕޮލިސް ސްޓޭޝަނެއް، ފެނަކަ ބްރާންޗެއް، އައިސް ޕްލާންޓެއް އެބަހުރި... އެނގިދާނެތާ ތިޔަ އަމުރު މި ރަށުގަ ހިގަންޏާ..

  2. ފޮޅާލި

    ފުލުހުންނައް ދޭންވީ ކިހައްޑިޔަ

    20
    7
  3. ސައީދު ސާންޑު

    ނޫނޭ އަދި މަޑުކޮށްލާ

    27
    3
  4. ކިރުގަރުދިޔަ

    މާލެ ތެރޭ ގަ ދަތްދޮޅިގަޔާ އުލޮބޮށި ކޮލުގަޔާ ނިއްކުރީގަ މާސްކް އަޅައިގެން އުޅޭމިހުންގެ ކަންތާއް މިހާރުވެސް ނުބެލޭ ދެން ކިހިނެއް ހުރިހާ ރަށެއްް ބަލަހައްޓާނީ

    35
    1
  5. ފިޔަވަޅު

    ކުއްލިޔަކައް ފިޔަވަޅު ވަރުގަދަވީ އަނެއްކާ މާދަމާ ކަމެއް އޮތީތަ

    36
    5
    • ތަފާތު ކުރުން ހުއްޓާ

      އަހަންނަށް ހީވަނީ ކޮވިޑް ރާޅެއް އަރަނީހެން.. ހަމަ މާލޭގަ ގިނަ ވާއިރަށް ހާދަ ވަރެއް ވެޔޭ އެޗްޕީއޭ އަށް އެކަމް ރާއްޖެތެރޭ ރަށެއްގަ ފެތުރުނަސް އަޅައެއް ނުލަަި

      4
      2
  6. ދިއްދޫ

    މަށެއް ނާޅާނަން އެހެން ނޫނަސް ނުވެސް ބަލާ އެޅިތޯވެސް އަހަރުން ރަށުގަ

    26
    10
    • ދިއްގަރު

      ކަލޭ އެހެންވީމަ ކާންވެސްޖެހޭނީ މީހުން ކަންޏާ

  7. ހަގީގަތް..

    އަހަރެމެންގެ ރަށުގަ ތިޔަ އަމުރު ތަންފީޒު ކުރެވިއްޖެނަމަ ތިޔަ އަމުރު ކުރި ފަރާތަކަށަ 2 ފުޅި ރިހާކުރު ދޭން އަހަރެން ތައްޔާރު...

    30
    5
    • އަފީފާ

      އެއީ ކޮން ރަށެއް ތަ؟ ރިހަކުރު ކައްކާ ރަށެއްތަ؟

      3
      1
  8. ޢައިމިނާ

    ތިޔަ ގަވާއިދުންވެސް ފިޔަވަޅު ނޭޅޭނެ ގެސްޓުންނާއި ގެސްޓުން ގެންގުޅޭ ފަރާތްތަކަކަށް. . ޢެއީ ވައިރަސް ފުރީ ލާރި ހޯދަންޖެހޭބަޔަކީ އެކަނި...

    25
    1
  9. ޢައިމިނާ ދައިތަ

    ތިޔަ ގަވާއިދުންވެސް ފިޔަވަޅު ނޭޅޭނެ ގެސްޓުންނާއި ގެސްޓުން ގެންގުޅޭ ފަރާތްތަކަކަށް. . ޢެއީ ވައިރަސް ފުރީ ލާރި ހޯދަންޖެހޭބަޔަކީ އެކަނި...

    19
    1
  10. މީހާ

    ދ.ރިނބުދޫގަވެސް އުޅޭނެ މާސްކަށް އެލާޖިކުވާބައެއް.އެމީހުން ނާޅާނެކަން ޔަގީން..މަ އަޅާނަން ގައިމު..،🙃

    22
    1
  11. މީހާ

    .ރިނބުދޫގަވެސް އުޅޭނެ މާސްކަށް އެލާޖިކުވާބައެއް.އެމީހުން ނާޅާނެކަން ޔަގީން..މަ އަޅާނަން ގައިމު..،🙃

    13
    2
  12. އަލްފޯޖީ

    ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ނާޅާނެ ޔަޤީނުންވެސް. އެނގިދާނެތާ ފިޔަވަޅެއް އެޅޭކަމެއްވެސް. ބަލައިގެން މިތިބީ.

    17
    3
  13. ޥާސަރީ

    ސިޔާސީ މާސްކެއް ނަމަ ފޫކޮޅުގައި ރޯވެގެން ފުލުހުން ދުވާނެ!

    20
    4
  14. ލާބަ

    ތިޔަ މާސް ކަކުން ވާކަމެއް. ތިޔަ ވެކްސިން އިން ވާކަމެއް އަޅެއް ދައްކަބަލަ. ވެކްސިން ޖެހުމުހެ ކުރިން ތައްސި ވާވަރަށް ވުރެ އެތައް ގުނައެއް މަތިން އެބަ ފައްސިވޭ. ކޮވިޑް މީ ލާޖްފާމް ސްކޭމް އެއް. މީ ހަގީގަތެއް.

    4
    1
  15. ވަރަށް އުފާވެރި!

    ހާދަ ރަނގަޅޭ!
    އަދި މިކަންކޮއްލުމަކުން ލިބޭނެ ގެއްލުމެއް އޮތް ހެނެއް ހީއެއް ނުވޭ! ހުރިހާ ރަށެއްގައި ބޮޑެތި ފިރިހެނުން ފަރުޟު 5 ނަމާދުކުރުން މަޖުބޫރުކޮށް، ނުކުރާ މީހުންނަށް ފިޔަވަޅު އަޅަން އަންގާ ދުވަހަކީ ވަރަށް އުފާވެރި ދުވަހަކަށްވާނެ.
    ތިމަންމެން ހެއްދެވި އިލާގު އަމުރާއި އެއްގޮތަށް ކަންތައްތައް ބެހެއްޓުމުން ވަރަށް ފައިދާކުރާނެ 2 ދުނިޔޭގައިވެސް، ޔަގީނުންވެސް ނަމާދު ޖަމާޢަތުގެ ގަޑީގައި ކުށްތަކާއި ޖަރީމާތަކާއި "މުޒާހަރާތައްވެސް މަދުވާނެ!

  16. 😣😣😣

    ރެސިސްޓް ދަ ގްޜޭޓް ޜީސެޓް. އެންމެން ދެކޮޅުހަދާ. މިއީ މިހާރު ބަލިމަޑުކަމަކާގުޅޭކަމެއްނޫން. ޢަޅުވެތިކުރުމެއް!