ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ވެރިކަން ކުރާ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެރަށަށް ފުރާވަޑައިގެންފިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާއަށް މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި މާލޭގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ލޯންޗިންގް ޖަލްސާއަށް ކޮމަންޑޫއަށް ފުރާވަޑައިގަތުން pic.twitter.com/n6laqEdszt
— MDP Secretariat (@MDPSecretariat) January 7, 2022
ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވީ ރާޝިދެވެ.
އެމްޑީޕީގެ ޕީޕީއެމް އާއި އެމްއެންޕީންވެސް އެ ދާއިރާއަށް ވާދަކުރައްވައެވެ.
އެގޮތުން، އެ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހީއެވެ. ފަތުހީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން ވެސް ދައުލަތުގެ އެކި މަގާމުތައް ފުރުއްވިއިރު، ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި އުޅުއްވި އަބްދުލް ހަންނާން އިދުރީސްއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
އިބޫތިންއަހަރުވީއުރި އޮޅިއްޖެ ލިބުނުވޯޓް ޔާމިނުއާވާދަކުރަން އިބޫނުކުމެއްޖެނަމަ 7 0 ބަލިވާނެ މިހާރުއިއްތިހާދުގެ ވެރިންނައްވެސް ތާއިދުކުރާބަޔަކުނެއް މާގިނަ އިމްރާން ގާސިމް މައުމޫނު އެކަމައްބާރުލިބޭ ފުއާދުގެ ވާހަކަތަކުންވެސް ހުޝައަޅާފޯމް ސައްހަތޯބެލެންނެތުމުން ތަްއިދުއޮއްނަމަ ޖަލްސާއެއްވެސްބާއްވާނެ ނަޝީދުވެސް ޕާކުގަ ކުޑަކިއްލިބައްދަލުވުމެއްބޭއްވިހަވީރު
ކޮމަންޑޫގަ ހޮސްޕިޓަލެއް އަޅައިދީބަލަ...
ތިޔާއީ ސީދާ އަމިއްލަ ދަތުރެކޭ އެހެން ކަމުން ތިޔާ ދަތުރަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުން އެއީ ސީދާ ރަތްލާ ޖެހި ކޮރަޕްޝަނޭ ކޮބާތޭ އޮޑިޓަރ ޖެނެރަލް ނުފެނޭދޯ މިތަނެއް އެހެންވެއޭ މަމެން މިބުނަނީ މަޖްލީސް އުވާލާ މަޖްލީހުން ކުރަން ޖެހޭ ކަންކަން ދެން ކުރާނީ ރައްޔިތުންގެ ވޯޓަކުންނޭ މަޖްލީހަށް ކުރާ ޚަރަދުން އެކަން ކުރެވޭނެއޭ މާރީއްޗަށް ވެސް...
އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އައުޓް