ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވެގެންދާނެ ކަމެއް ކަމަށާއި ރައްޔިތުން ވޯޓު ދޭންވީ އެމްޑީޕީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ކޮމަންޑޫއިން ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް ރާއްޖެ އިން ބޭރުގައި ހުންނަވައި ދެއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ ހުރި މައްސަލަތަކާއި އެރައްޔިތުން އެދޭ ކަންކަން ބަޔާން ކުރާ ޕާޓީ ކަމަށެވެ.

ވާދަވެރި ސިޔާސީ ޕާޓީތަކުން އަދިވެސް ވަކާލާތު ކުރަނީ ހުޅުމާލެއަށް ރާއްޖެ ޖަމާކުރަން ކަމަށާއި، ނަމަވެސް އެމްޑީޕީއަކީ ރަށްތައް ތަރައްގީކޮށް ޖަޒީރާ ދިރިއުޅުމަށް ތާއީދުކުރާ ރައްޔިތުންގެ ޕާޓީއެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެ ތަރައްގީ ކުރުމަށް އޮތް ވަސީލަތެއްކަމަށާއި މި ރާއްޖޭގައި އެމްޑީޕީ ނޫން ވޯޓު ދިނުން އައުލާ ޕާޓީއެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރާ މެދުގައި ހިތްހަމަނުޖެހުނަސް، ވޯޓު ދޭންވީ އެމްޑީޕީ އަށެވެ. އަދި ރައްޔިތުން ހިތްހަމަނުޖެހުމަކީ އެމްޑީޕީ ދޫކޮށް ދާން ޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ، ބައެއް ކަންކަން މުޅިން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަށް ނުގޮސް ވާތީ، ޝަކުވާ ހުރިކަން އެއީ އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ރާއްޖެ އަށް ވެސް އެންމެ ރަނގަޅު ގޮތްކަން ކޮމަންޑޫގެ އިންތިހާބުގައި ރައްޔިތުން ތަކުރާރުކުރަންޖެހޭ ކަމަށާއި އެމްޑީޕީގެ އަތުގައި ގިނަ ގޮނޑިތަކެއް މިހާރުވެސް އޮތްއިރު އަދިވެސް ވޯޓުލާން އެންމެ އައުލާކަން ބޮޑި އެމްޑީޕީ އަށްކަން މި އިންތިހާބުގައި ދައްކުވައިދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މި އިންތިހާބުގައި ވޯޓު ލާއިރު އެހެން ޕާޓީތަކުގެ ފަހެއް ބަލަންޖެހޭނެކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ބޭރުގެ ފަރާތްތަކާއި އެކަހެރިވެ ރާއްޖެ އަކީ ބިކަތަނެއްގެ ގޮތުގައި އެމްޑީޕީން ދުވަހަކު ވެސް ސިފަނުކުރާނެ ކަމަށާއި އެފަދަ ސިޔާސީ ޕާޓީތަކަށް ރާއްޖެއިން ފުރުސަތު ދީގެން ނުވާނެކަމަށެވެ.

އަދި މި އިންތިހާބުގައި ބޮޑު ތަނުން ތިލަފަތަށް ބަރުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އުބޭހު

    އެލްޑީ އެޗް.ކުރުސީ

    16
  2. ބޯކަށް ނުޖެހޭ!

    ޗައުޅޭގޮތުން ބޮޑުތަނުން ވާތުކޮނޑަށް ބަރުވާނެ.
    ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވި ބާގިން ތީ. ގައުމުގަ ހުޅުޖެހި ބައިގަނޑު

    52
    1
  3. ޑައެލޯގް

    ބަލަ ޓުވަރިޒަމް ބޯއިކަޓްކޮށް ޔޫރަޕަށްގޮސް ރާއްޖެއަށް ދަތިކުރަން ފޫގަޅައި ދިވެހިން ބިކަކުރަންއުޅުނީ އެމްޑީޕީނޫންތޯ

    54
    1
  4. އަހުމަދު

    އެމްޑީޕީއަށް ވޯޓު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. ފާޅުގަ ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ ބައެއް

    48
    1
  5. އައްބެ

    އެހެންވިއްޔާ ދެން ހުރި ޕާޓީތައް އުވާލަންވީނު. ތިބޭފުޅުން ތިޔަ މޮޅުކުރާ ލާދީނީ ޑިމޮކްރަސީގައި އޮންނަގޮތްތޯ ރައްޔިތުންނަށް ވަކި މީހަކަށް ނުވަތަ ޕާޓީއަކަށް ވޯޓުދޭން މަޖުބޫރުކުރުމަކީ. ތިބޭފުޅާއަކީ ވަގު އެކައުންޓު ހަދައިގެން ލާދީނީ އެޖެންޑާ ފަތުރާ އަހުމަދު އެލެކްސް އާއި ހަސަން ކުރުސީކަން އެންމެ ދަނޭ.

    33
    1
  6. ހުސޭނުބޭ

    ރާބުއިން ހުއްޓާލި ސެޓްފިކެޓް ދެއްކިފަދައިން އައުލާކަން ބޮޑު ސެޓްފިކޭޓެއް ދައްކާލަބަލަ!

    8
    1
  7. ލާމު

    ތިކަން ތިގޮތަށް ވިޔަސް ވާނީ ކެނެރީގޭ މުޙައްްމަދު ނަޝީދާއި އޭނާގެ އައުވާނުން، ޔައުނީ ލޮލަށް ނުފެންނަ އަމިއްލަ ސިިކުނޑިން ނުވިސްނާ މީހުންގެ ބާރު ތި ޕާޓީގައި އޮތްހާ ދުވަހަކު ތިޔަ ޕާޓީ ވެރިކަމުގައި އޮވެގެން ދިވެހިންނަށް ލިބޭނީ ގެއްްލުން. ފައިދާވާނީ އެހެން ބަޔަކަށް.

    7
    1
  8. ހާމިދު ޝާހިދު

    ތިޔަށްވުރެއް ހުދުމުހުތާރު ޕާޓީއެއް މި ދުނިޔެ މަތީގައިވެސް ނެތް ތިމާމީހާ ވެރިކަން ކުރަން އުޅެ އުޅެ 2 ފަހަރު 3 ފަހަރު ފޭލްވީމާވެސް، ޕާޓީ ކޮޅަށް ޖަހާދޭނޭ އާ ލީޑަޝިޕަކާ ޕާޓީ ހަވާލު ނުކޮށް، އެންމެފަހުން ރައީސްކަން ނުލިބުނީމާ މަޖްލިސް ރައީސްއަކަށް ވެހުންނަވާ، އަމިއްލަ ޕާޓީވެސް ގަޑުބަޑުކޮށް، ވިހާ ވައުދުތައް ބިލާހަށްވެ ދިއުމުން، ރައްޔިތުން ތިބީ ތިޕާޓީދެކެ ފޫހިވެފައި. އަހަރުމެންގެ ވޯޓް ހަމަ ދޭނީ، މިވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ އިދިކޮޅު ޕީޕީއެމްއަށް. "އިންޑިއާ އައުޓް" "އުތެމަ އައުޓު" "ލާދީނިއްޔަތު އައުޓް" "ހޯމް ސްޓޭ އައުޓު" މިއީ ހައްތަހާވެސް އެމްޑީޕީގެ ފެއިލްވެފައި ހުރި ކަންކަމުގެ ސްލޯގަންތައް.

  9. Anonymous

    ވޯޓު ދީގެން ގައުމުން ބޭރުކުރުން އެއްމެ އައުލާ ހަމައެކަނި ޕާޓި އަކީ އެމްޑީޕީ.

  10. ޢަލީ

    އެހެންވީމާ އެހެން ޕާޓީތައް އުވާލަންވީނު،

  11. ކ

    3 އަހަރު ގަ މިއުޅުނީ ދަތި ހާލުގަ، ވައްދުތަށް ފުއްދައިނުދިން... ދެން ބުނާނީ ނޫނެކޭ

  12. ބެއްޔާ

    މީނަކަހަލަ ލާދީނީ ގައްދާރުންނާއި ހާއިނުންނަށް ވޯޓްނުދެއްވައި ފަތުހީއަށްވޯޓްދެއްވާ

  13. ލޮލް

    ރާބޯ މީހުން އެންމެ ގިނައިން ތިބި ޕާޓީއަކީ އެމްޑީޕީ.

  14. ޙަސަނާ

    ދިވެހިންގެ ހިތްތަކުން އިސްލާމީ ވަހުދަތު ފުހެލަން ބޭނުންވާ ބަޔަކު ތިބިނަމަ އެބަޔަކުވޯޓުދޭނީ މޑޕ އައް މަނިކުފާނަކީ ވެސް ހުޅަގުގެ ސަޕޯޓު ބޭނުންވެގެން އުލޭ އެމީހުންގެ އެޖެންޓެއް 2008 ގަ މަނިކުފާނު ފާޑުކީ މައުމޫނައް ޓެކުސްނަގާވާހަކަ އިންޑިއާ ޗައިނާ ނޫންބަޔަކުގެ އެހީއެއް ނުލިބޭވާހަކަ ވެރިކަންލިބުމުން މަދަދު ހޯދީ ޗައިނާ އިންޑިއާއިން އަދި މިއަދު އިންޑިއާއައް އަޅުވެތިވެގެންތިއުޅެނީ..

  15. ކުރޮޅި

    މަޖުލިސަށް މެންބަރުން ހޮވަނީ އިސްލާމްދީން ފަތުރަން ކަންނުދެނެހުރިން. ކަލޭމެން ޖާބިރު ހޮވާފަ ހުރީ ކީއްކުރަން އޭނަ ދީން ފަތުރަނީ ދޯ. މަޣާމުތަކަށް މިހުން ހޮވަނީ އެމިހުނަށް ކަޑަ އެޅިފަވާ ޒިންމާތައް އުފުލަން. މޮޔަ ވާހަކަ ދީނޭ ކިޔައިގެން ނުދައްކާ. އަދި ވޯޓުލާ ކޮންމެ ފަހަރަކު ރައްޔިތުން އޮޅުވަން ދީނޭ ކިއުމުގެ ބޭނުމެއްނެތް. ވޯޓުގެ ވާހަކަ ދައްކައިގެން ވޯޓު ހޯދޭޭނީ.

  16. އަބްދޫ

    ވެލާނާގެ އިން 3 ތަޅާއި 2 ތަޅުދަނޑި ވަގަށް ނެގިކަމަށް އިއުތިރާފްވެގެން ރ.އަތޮޅު އަގޮޅިތީމަށް އަރުވާލި ވަގު ނަސީދަކަށް ނޭގޭނެ ވޯޓް ދޭންޖެހޭމީހާ ބުނެދޭކަށް.