މާލެއާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް އަނެއްކާ ވެސް ޗައިނާއިން އެހީވެއްޖެއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަޅަން 200 މިލިއަން ޑޮލަރު ހަރަދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ 116 މިލިއަން ޑޮލަރާއި ލޯނު އެހީގެ ގޮތުގައި އެގައުމުން ދިން 72 މިލިއަން ޑޮލަރެވެ. މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.

ބްރިޖްގެ މަސައްކަތް ޗައިނާ ކުންފުންޏަކުން ކޮށްފައިވާއިރު، އެކުންފުނިން ވަނީ ދެ އަހަރު ވަންދެން ބްރިޖް މަރާމާތު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންގޮސްފައެވެ.

‎ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް އެގައުމުގެ ސަރުކާރުގެ އެހީގައި އަނެއްކާ ވެސް ކުރިއަށްގެންދިޔުމަށް އެއްބަސްވެފައެވެ.

މާލެ އާއި ހުޅުލެ، ބްރިޖަކުން ގުޅުވާލައި ދެ ރަށް އެއްކޮށްލުމަކީ ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި 2014 ގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ފަރާތުން ޗައިނާ އަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ.

މީގެ ކުރިން ސިނަމާލެ ބްރިޖްގެ މަޝްރޫއު ހިންގުމަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި އިތުރަށް އެއާޕޯޓް ތަރައްގީ ކުރަން ވެސް ޗައިނާއިން ގިނަ އެހީތަކެއް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ޗައިނާ އިން ހިލޭ، އިންޑިއާ ވާހަކަ ދެއްކެނީވެސް މި ޤައުމުން ބަޔެއް ހިބަކޮށްދިނުމަށް އެއްބަސް ކުރުވާފަ. މީމި ކިޔާ ތަފާތަކީ އެހެން ވީމަ ރައްޔަތުން އިންޑިއާ އައުޓް ގޮވަނީ. # އިންޑިއާ އައުޓް #

    51
    2
  2. ކެޔޮޅު

    ޗައިނާއިން ރާއްޖެއައް ނުހުރުރުއްޕާންނުކޮއް އެހީތެރިވެދޭނެ އެކަމަކު އިންޑިއާއިން އުޅެނީ ރާއްޖެ އަޅުވެތިކުރަން.

    41
    1
  3. ވަގުތު ހޭޓަރ

    ހިލެއަކު ނުކޮށްދޭނެ. ކޮންމެވެސް ބަދަލެއް ހޯދާނެ

    3
    37
  4. ކަހުރަބު

    މިހާރު ތިކިޔާ ލަވައެއްތާ ދޯ !
    ތިކަން ރޫޙާނީ ލީޑަރ އަށް ޙަޖަމެއް ނުވާނެ

    32
  5. ދޯ

    ބްރިޖް މަރާމާތުކޮށްދޭން ސިފައިން އަންނާނެ ދޯ

    16
    3
    • އަހަންމަދު

      ކޮންމެ ބޮކިދަޑިއަކަށް 25 ގެ ރޭޓުން!

      3
      4
  6. ހާމިދު ޝާހިދު

    އިންޑިއާ އައުޓް، ހަމަ އިންޑިއާ އައުޓް...

    34
  7. ޢަބުދުﷲ ހަސަން

    ސާބަހޭ ޗައިނާ ސާބަހޭ ޔާމީނު ދިވެހިންގެ ނަހުލައްނުފިތާ އެހީވީމަ އެއީހަގީގީ އެހީއަކީ.

    12
    1
  8. ޙަސަން

    އިންޑިއާ އައުޓް، ހަމަ އިންޑިއާ އައުޓް

    12
  9. އަހަންމަދު

    ތިބްރިޖްގެ ކޮންޓްރެކްޓްގަ އޮތީ ޖަސްތުން ބޮކިދަޑިތައް ހަދަންބާ؟ މިމިހެންއަހާލެވުނީ ފެންނަފެނުމަށް މާމާލޭކޮޅުން ފަށައިގެން ކޮންމެދުވަހަކު ދަދަވާދުލަމުންދާއިރުވެސް ބްބްރިޖްގެ ކޮޅަށް ނުފޯރާއުޅެނިކޮށް މިކޮޅުދަޑިތައް
    ހުންނަނީ ދަބަރަށްވެފަ!
    ކޮންފަދައިސްރާފެއް! ތިތިޖަސްތުދަޑިތައް އުކާލާފަ ރެއިލިންގްސްގަ ލެޑްފަތި ދަމާލަބަލަ!ހަމަބަރާބަރަށް އަލިވާނެ! ބްރުޖްގެ ބޭނުންވެސް ބަރާބަރަށްހިފޭނެ! ބްރިޖްގެ އުމުރުވެސް ދިގުވާނެ! ބީސްމާރޓް!

  10. އިސްމާޢީލް

    ޗައިނާއިންވެސް ބުރިޖުބަލަހައްޓަން ދެހާސް ސިފައިއިން ބަރުހަތިޔާރާއިއެކު ތިބެންވާނެތާ ސަރުކާރަށް ނުބލެހެއްޓޭ ވިއްޔާ

    12
  11. ހުސޭނުބޭ

    އިންޑިއާ ވިޔަސް އެމެރިކާވިޔަސް އެހީތެރިކަމެއް ދީފިއްޔާ މަރްހަބާ ކިޔަން މައްސަލަޔަކީ ދިވެހިންގެ ކަރުގަހިފަން އުޅޭތީދޯ؟

  12. ސަންފައްތަ

    ބުރިޖު މަރާމާތުކޮށް ބެލެހެއްޓުމަށް ޗައިނާގެ 2000 މަސައްކަތުމީހުން، ބުރިޖުގެ ސެކިއުރިޓީ ބަލަހައްޓަން ޗައިނާގެ އެއަރފޯސްގެ 4 މަތިންދާބޯޓާއި 2000 ސިފައިން، އަދި ބުރިޖުގެ ދަށުންނާއި، ކަނޑުއަޑިން ސެކިއުރިޓީ ބެލެހެއްޓުމަށް ޗައިނާގެ 4 ކޯސްޓްގާޑު މަނަވަރާއި، 4 ސަބްމެރިންއާއި، 4000 ސިފައިން. މިވަރުންނޫނީ ބުރިޖުގެ ކަންކަން ނުބެލެހެއްޓޭނެ. ކުރުސީ ބުނަނީ ކީކޭބަ.