އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުން އަންނަ އެއްވުންތަކުގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ހިތްވަރުދޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަލުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫން ވެސް ހާއްސަ ގާނޫނަކާއި ގުޅޭ ކަމެއް ނަމަ އެ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަން ޖެހިއްޖެނަމަ، އެކަން ވެސް ކުރަނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށާއި އަދި އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ އިސްކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށާއި އެއެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް ބަސް މަލޭ މަގުމަތިން ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށެވެ.

"ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރާކަން ވެސް ފާހަގަ ކުރެވިފައިވޭ. މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބާރުގެ ބޭނުންކޮށްފައިވާ ގޮތާ މެދު ޝަކުވާއެއްވާނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ވާހަކަ ދަންނަވަމެވެ" ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގައި އަމަލު ކުރާ އުސޫލަކީ އެހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ކުރުން ކަމަށާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ވެސް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ތީހުސްދޮގު، ކޮންގާނޫނުގަ އޮތްގޮތައްތޯ ކަލޭމެން މީހުން ހައްޔަރުކުރަނީ.

    51
    1
  2. އުގުރި

    ތިޔަތާގައި ހުންނާނެ އިމްރާނު ކިޔާ މީހަކު ވަރަށް ވެސް ވާންހުރި ކަންތައްތައް އެނގޭ މީހެކޯލަ....

    19
    1
  3. ތޯތާ

    އެއީ އަނާދާގާނޫނުގައި ލިޔެފައޮތްގޮށްކަމަށްވެދާނެ ފުލުހުން ނޫންބަޔަކަށްގާނޫނެއްނުވެސްއެގޭނެ .

    21
  4. ތޯތާ

    އެއީ އަންދާގާނޫނުގައި ލިޔެފައޮތްގޮށްކަމަށްވެދާނެ ފުލުހުން ނޫންބަޔަކަށްގާނޫނެއްނުވެސްއެގޭނެ .

    17
  5. ހުސޭނުބޭ

    އިމްރާނަށް ހީވާނެ އެހެން މީހުންވެސް އިމްރާނު ފަދައިން މިއޮތީ ޑޮކިއުމެންޓޭ ކިޔާފައި ކުށެއްނެތް މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވައި މަސްލަހަތު ނަގާލަން އެހެން މީހުން އުޅޭނެހެން

    26
    1
  6. ކެޔޮޅު

    ސުލްހަވެރިކަމާއެކު ރައްޔިތުން އިހުތިޖާޖުކުރާއިރު ދިވެހިފުލުހުން ހިންގާ ޤާނޫނާހިލާފު އަމަލުތައް ބޮޑުތަނުން އިތުރު ދެންރައްޔިތުން ޤާނޫނާ ހިލާފުވާލެއް އަދިމަދު!!!

    25
  7. ނާދިރާ

    ފުލުހުންގެ ގޮތުގައި މަގުމައްޗަށް ނެއްލަނީ އަލަށް ފުލުހަށް ވައްދާފައިބތިބި މޑޕ ގެ ޕާޓޭން ތަކެއް ނޫންބާ...

    26
    1
  8. ޟޜ

    ގޯސްތަކެއްހެދުނުކަން އެގުނީމަ އަވަސްއަރުވާލާފަ ބަޔާނެއް ނެރެލީ

    27
  9. ފުޖޭރާ

    ރައްޔެތުންނައް ގާނޫން ލިބިދީފައިވާ އެއްވުންތައް އެއްވެއުޅުމައް ފުލުހުން ހުރަސްއަޅައި އަނިޔާވާފަދަ އަމަލްތައް ކުރާހިސާބުން ދެން ގާނުނާހިފާ އެތައް އެތައް ކަމެއްދާނީ ކުރަމުން އެއްވެ އުޅުމުގެ މިނިވަކަން ވަރައް ފުޅަކޮއް ވަރައްމިނިވަން ކަމާއެކު ބޭއްވުމުގެ އިހްތިޔާރު ރައްޔެތުނަނަ ގާނޫނުން ލިބިދީފައިވެއެވެ އެކަމައް ފުލުހުންވެސް އެހެންބަޔަކުވެސް ހުރަސް އަޅާނަމަ އެވާނީ ގާނޫނާ ހިލާފު ކަމަކަށް

    22
  10. އަނގަބެ

    ޖަމީލަކަށްވެސްނޭނގޭ !!!

  11. މޕ

    ތިބޭ ފުޅުން ބޭނުންވާ މުޒާހިރާ އެއްވިއްޔާ ގާނޫނީ ހިލާފު އަމަލު ހިންގާ މުޒާހިރާ އަކަށް

  12. މަޖުބޫރީހާލަތް

    2015 މޭޑޭގަ މިސަރުކ ކާރުގެ ބޮޑުންނާ އިމުރާނާ ގާސިމާ ނި ކުންނެވީ ދަމުނަމާދު ކުރައްވަންތޯ ގާނޫނީ ސަރު ކާރެއް މަގުމަތިން ވައްޓާލާ އިތުރު ފުރުސަތެއް ނެތް ކަމައްބުނެ އިންޒާރު ދެމުން ވީމާ ކޮންބަގާވާތެއްގެ ވާހަ ކަތޯ އިބުރާހިމު މިދައް ކަަނީ