އައްޑޫ ސިޓީ ހުޅުދޫގައި ބައްޕަޔަކު އޭނާގެ ތިން އަންހެން ދަރިންނަށް އަނިޔާ ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

" ވަގުތަށް " ދިން އިންޓަވިޔުއެއްގައި އެކުދިންގެ މަންމަ ބުނީ ކުދިންނަށް އޭނާގެ ބައްޕަގެ ފަރާތުން އެކި ކަހަލަ ގެއްލުން ލިބެމުންދާތާ ތިން ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި އެކުދިންގެ މަންމަ ބުނީ 2015 ވަނަ އަހަރުން ފެށިގެން އެކުދިންގެ ބައްޕަގެ ފަރާތުން ދަރިންނަށް އެކި ކަހަލަގެ ގެއްލުން ދެމުން ގެންދާ ކަމަށެވެ. އެގޮތުން ގަދަކަމުން ސިނގިރޭޓް ބުއިމަށް މަޖުބޫރު ކުރުވާ އެކަހެރިކޮށް ކޮޓަރީގައި ބަންދުކުރުމާއި އެކުދިންގެ އަންނައުނަށް ގެއްލުންދީ ހަނޑިހުތުރު ބަހުން ވާހަކަ ދައްކަން ދަސްކޮށްދޭ ކަމަށް ބުންޏެވެ.

" އެކުދިންގެ ބައްޕަގެ ފަރާތުން އެކުދިންނަށް ވަރަށް ގެއްލުން ލިބޭ. ކުދިން ބުނޭ ބައްޕަ އެކުދިން ކޮޓަރިއަށްލާ ތަޅުލާ ވާހަކަވެސް. އަދި ގަދަކަމުން ސިނގިރޭޓް ތުންފަތުގައި ޖައްސާ ވާހަކަވެސް" އެކުދިންގެ މަންމަ ވަގުތަށް ބުނެފައިވެއެވެ.

އަދި އެކުދިން ދިރިއުޅެމުންދާތަން ރޯކޮށްލާނެ ކަމުގެ އިންޒާރު އެކި ފަހަރު މަތިން ދީފައިވާ ކަމުގައިވެސް އެކުދިންގެ މަންމަ ބުނެފައިވެއެވެ.

އަދި ކުރީގެ ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި އޭނާއާއި ކައިވެނިކޮށްގެން އުޅުން އިރު އެކި ކަހަލަ އަނިޔާތަކާއި ކުރިމަތިލާން ޖެހުން ކަމުގައިވެސް ކުދިންގެ މަންމަ " ވަގުތަށް " ކިޔާދިނެވެ.

9 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ބައްޕަގެ ފަރާތުން އަނިޔާލިބެމުންދާއިރު އޭގެ ތެރެއިން 9 އަހަރުގެ އަންހެން ކުއްޖާއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ.

މި މައްސަލަ ޖެންޑާ މިނިސްޓްރީއާއި ފުލުންގެ އިތުރުން އެހެނިހެން ކަމާ ބެހޭ ވުޒާރާތަކަށް މީގެ ކުރިން އަންގާފައިވާއިރު އެ ވުޒާރާތަކުން މިކަމަށް އެދެވޭ އެއްބާރުލުމެއް ނުލިބޭ ކަމުގައި އެކުދިންގެ މަންމަ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުތިހާލަށް ކޮށްލި ވަރު ތީން ކުއްޖަކަށް ކޮށްނުލަނީސް ނޫހުގަ ތިވާހަކަޔަށް ކޮމެންޓެއް ޖަހާލާނެ މީހަކުވެސް ނުވާނެ، އަދި ޖެންޑާ އާއި ޕޮލިހުން އަޅާލާނެތަ؟؟

  2. އައްޑޫ އަކީ އަބަދުވެސް އަނިޔާގެ ތަނެއް. ދިވެހި ރާއްޖޭގައިވާ ނަރައަކީ އައްޑޫ. މަމިހުރީ ތިކަންތައް ވަރަށް ރަގަޅަށް ތަޖުރިބާ ކޮއްފާ. ކޮޕީ ގެޔަކީ ނަރަކަޔަށް ވުރެއް ވޭން ބޮޑު ތަނެއް. މަގޭ ހިތުގައި ލީ ލައްގަޑާއި ގައިގައި ލާފައިވާ ލައްގަޑު އަދިވެސް ނުފިލާ. 7 އަހަރުފާއިތުވެގެން ދިައިރު ފާރުގަނޑު ރަގަޅުވިނަމަވެސް ލަކުނަކަށް