ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަނެއްކާ ވެސް ހުރީ ހުސްކޮށް ނުވަތަ "ސިންގަލް" ކޮށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވެފައިވަނީ ހދ. ނޮޅިވަރަމްގެ ރެސްޓޯރެންޓެއް ތެރޭގައި ހުންނަވައިގެން އާންމުންގެ ބަޔަކާއި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރުގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ޖާބިރު ވިދާޅުވީ، "ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު އެއް ބިލިއަން ޑޮލަރު އެރަށަށް އިންވެސްޓް" ކޮށްފައިވާ ކަމަށެވެ.

ޖާބިރުގެ ވާހަކަތަކާއި ގުޅިގެން މީހަކު ވަނީ އެރަށުން މީހަކާއި އިންނަނީތޯ ވެސް ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ޖާބިރު ވިދާޅުވީ، "އިންނާނެ ވާލެއް ވޭތޯ ބަލަނީ" ކަމަށެވެ

މީގެ ކުރިން ޖާބިރު ވަނީ އޭނާ އާއި ދިޔާނާގެ ކައިވެނި ރުޖޫއަ ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން ވިދާޅުވެފައެވެ.

"ދިޔާނާ ވަރިކޮށްފިން، މިހާރު ވަރި ސާބިތު ކުރުމުގެ ކަންތައް ދަނީ ބާރަށް ކުރިއަށް. ނިމުނީ މިހާރު. ސިންގަލް. ދެން އިންނާނެ ވާލެއް ވެސް ނުވާނެ" ޖާބިރު ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން މީހަކު ވަނީ ދެން ދިޔާނާ ބޭނުން ނޫންތޯ ވެސް ސުވާލު ކޮށްފައެވެ. އެސުވާލު ކުރުމާއި އެކީ ޖާބިރު ވިދާޅުވީ، ދެން ދިޔާނާ ބޭނުން ނުވާ ކަމަށެވެ.

"ނޫން ބޭނުމެއް ނޫން. މާ ބޯހަރީ ދިޔާނާ. މާ ބޯހަރީ. އިންނަންޏާ އެ ބިލިއަން ޑޮލަރު ހުރި ކުއްޖަކު އަންނަންވާނީ" ޖާބިރު ވިދާޅުވިއެވެ.

މިވީޑިއޯ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މިފަހަރު އަސްލުކޮށް ވެސް ޖާބިރު ދިޔާނާ ވަރި ކުރީތޯ ސުވާލު ކުރަމުންނެވެ. އެގޮތަށް ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަނީ މީގެ ކުރިން ވެސް އެފަދަ ވާހަކަތައް ދައްކާފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހުސޭނުބޭ

  ޖާބިރުވަރުގެ އިންވެސްޓަރެއް ނެތް. ނޮޅިވަރަމުގައިވެސް އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

  17
  2
 2. ޙުޅުލެ

  ފޮނިކެނޑުމުގައި އުޅޭ ބޭކަލެއްތީ! މަޖަލީހުގަ ވަޒީފާގައި އުޅެނީ ލިބޭ ލާރިކޮޅުން ނުފުދިގެން! ދެން ކޮން ބިލިއަން ޑޮލަރެކޭ މިކިޔަނީ! ކާށިދޫ ރޮދިން ހެދޭނީ ކެކެކެ

  29
  2
 3. ނޫނާ

  ތިވިދާޅުވާ އެއް ބިލިއަން ޑޮލަރުގެ ވެރި ކަމަނާއަކީވެސް ދިޔާނާ ނޫންތޯ؟

  19
  2
 4. ލޮލް

  ޖާބިރަކީ ބޯހަމަޖެހޭ މީހެއްނޫން. ރައްޔިތުން ހެޔޮނުވާނެ ކަންކަމާބެހޭ ގޮތުން މިހާރު މީނާއާ ސުވާލުކުރަންވެސް.

  32
  1
 5. ނޯޖަވާން

  ހޭ ޔޫޫ!!!! ދެން މީނަގަނޑު.

  15
 6. ބޭގަރާރު

  މީ އެއްކަލަ މަޖިލިސް ދޮރުމަތީގަ މަހެއް ހެން އަވީލެވިގެން އޮތް އިއްޒަތްތެރި މެންބަރު ދޯ..

  22
  • ވާނުވާ

   އިއްޒަތްތެރި ހިބަރު

 7. މުބީނު މާރނީ

  ޖާބިރު އުޅެނީ ވަރަށް ޢަޙްލާޤީ ފެންވަރު ދަށް ގޮތަކަށް. ވީމާ ދެން ދިވެއްސަކު ނީންނާނެ. ދެން ބަންގާޅުން، ލަންކާ އިން، އިންޑިއާ އިން ހޯދަން ޖެހޭނީ. ކިތަންމެ ލާރިއެއް އޮތަސް އަޙްލާޤް ނެތީމަ ރާއްޖޭ ކުއްޖަކު ނީއްނާނެ. ދިޔާނާ ވެސް ބޯދަމައިގަތީ އެހެންވެ. ލަދުން ބޯހަލާކު ވެގެން ހެން ހީވަނީ ދިޔާނާ ބޯދަމައިގަތީ !

  30
  4
 8. މާމުއި

  ލިޔާނެ ހަބަރެއް ނުލިބެނީތަ؟

  21
  2
 9. ޖާހު

  ޖާބިރު ދިޔާނާ ވަރިކޮއްފީމޭ ބުނިނަމަ ހުންނާނީ ވަރިވެފަ އެހެން ޖާބިރު ބަނެފާނެ ކަމަށް ގަބޫލު ނުކުރެވޭ

 10. ޖޫޖީ

  އިންނާނެ މީހަކު ނުލިބިގެން ދެން އެހެން ގޮތްގޮތަށް ތެޅޭ.. ދިޔާނާ ވެސް މަދުން ބޯ ހަލާކު ވާނެ މިހާރު

  2
  1
 11. އާދަމް

  "ގުނޭނެ ގޮތެއްް ނެތޭ ދުނިޔޭން ލަފާމީހުންގެ ގިންތީގައި
  ބުނާ ބުނުމާ ޢަމަލު ސީދާ ނުވުންތައް ވެއްޖެނަމަ ތަކުރާރު....
  ދުލަށް ލުޔަކަސް ދުލުން ބޭރަށް ފިރާލާ އެންމެ ކަތި ބަހަކުން
  މުލައްދަނޑިޔަށް އޮތަސް ބާރެއް ނެތޭ އަނބުރާ ލިބުން އިތުބާރު
  ހިނގައިދޭ އެކުއެކީ މޮހިގެން ޖަހާ ލޯބީގެ ގަދަފަދަ ގޮށް
  ނަގާ ބަހަކުން އެ ދޫމައްޗަށް ހިޔާވަހި ރޫޅި ގެއްލި "ބަހާރު"
  ނުވިސްނާ ބުނެލެވޭ ބަހަކުން މުޅިން ވެވި އެއްކިބާ ދީނުން
  ވިޔަސް ތައުބާ އެ ލައްގަނޑު ހުރެދެޔޭ ޖެހި އަބުރުގައި "ކަޅުތާރު" "

  "އެދުރުބެ ގެ ޅެންބައިތަކުން" ނަސޭހަތެއް

 12. ރަދީފް ހުސެން

  މިސަރުކާރުން ހިނގާ މެގަޕްރޮޖެކްޓެކޭ ޖާބިރު ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާ ވަރައް އެއްގޮތް. އެހާބޮޑައް އެގުޅެނީ މިސަރުކާރުން ހިނގާ މެގަޕްރޮޖެކްޓްތަކާ ޖާބިރު އިންވެސްޓުކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހަމަބުއްދީދަ ތިބޭ އިންސާނުންނައް އަތެއްނުލެވެ، ލޮލައްފެންނާކައް ނުހުރެ. އެކަމު ޖާބިރު ޑިޔާނާއައް އިންވެސްޓްކުރި، އެކަމާމަވެސް އެއްބަސް، އެކަމުދެރައީ އޭގަ ފޫނެތީމަ. މަވާ ސަލާން.

 13. ސަންފައްތަ

  ޖާބިރަށް ދެން އެހެން މީހަކާ އިނދެވޭނީ ފަށްކަނޑައިގެންނޫންތަ.