ދަނބިދޫ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އެކްސިޑެންޓް ހިނގީ ހަތަރު މީހުންނާއެކު ލ. ކަލައިދޫއިން ފުރައިގެން އެ އަތޮޅު ދަނބިދޫއަށް ދަތުރު ކުރަނިކޮށް ދަނބިދޫ ކައިރީގައި އޮތް ދޯންޏެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު އެމްެއެންޑީއެފް އަށް ލިބުނީ މިރޭ 20:00 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މިހާރު އެ ސަރަހައްދުގައި އެމްެްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މި ލޯންޗް ޖެހިފައި ވަނީ ދަނބިދޫ ކައިރީގައި ލަނޑާ ނެގުމަށް ނިއްވާލައިގެން އޮތް ދޯންޏެއްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެ ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި އެމްެއެންޑީއެފްގެ ސިފައިންގެ އެހީގައި އެ ލޯންޗް ދަނބިދޫއަށް ވަނީ ވައްދާފައެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ.އ

    ކަލައިދޫ އިން ގަމަށް ދަތުރު ކުރި ލޯންޗެއް