އެވިޑް ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ކިޔަވާ ކޯސްތަކަށް ކުރިމަތިލުމަށް މިރެއިން ފެށިގެން ހުޅުވާލައިފިއެވެ.

މިރޭ ސޯލްޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖްގެ ސެޕްޓްމްބަރ އިންޓޭގެ ކޯސްތަކަށް ރަސްމީކޮށް ހުޅުވައިލެއްވުން ޝަރަފްވެރިކޮށްދެއްވީ އެ ކޯލްޖެގް ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.

މި ފަހަަރު ސެޕްޓެމްބަރ އިންޓޭކްގައި މާސްޓާސް ލެވެލްގެ ދެ ކޯހެއް ފަށާނެއެވެ. އެ ކޯހަކީ މާސްޓާސް އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ކޯހާއި، އަދި މާސްޓަރ އޮފް ސައިންސް އިންފޮމޭޝަން ޓެކްނޮލޮޖީ އެވެ.

މި ކޯސްތަކުގެ އިތުރުން 6 ދާއިރާއަކުން 30 އަށްވުރެ ގިނަ ކޯސްތައް ސެޕްޓެމްބަރ އިންޓޭކްގައި ކުރިއަށްދާނެއެވެ.

އެވިޑް ކޮލެޖުން ބުނީ، އެ ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްއަށް ކުރިމަތިލުން މިރެއިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި ސެޕްޓްމްބަރ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އިންޓަވިއު ކަންތައްވެސް ކުރިއަށްދާނެކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

އެވިޑް ކޮލެޖުން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އެވިޑް ކޮލެޖުގެ ޗެއާމަން ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ، އެވިޑް ކޮލެޖްގެ ޕްރޮގްރާމްތަކާއި، އަދި ރާއްޖޭއިން ބޭރުގެ ކޮލެޖްތަކުގެ ކޯސްތައް އެ ކޮލެޖުން ތައާރަފްކޮށް ގިނަ ކުދިންތަކެއް މިހާރު އެ ކޯސްތައް ހަދައި މަސައްކަތުގެ މާހައުލުގައި ކާމިޔާބު ހޯދަމުން އަންނަ ކަމަށެވެ.

"މިއަދު ސެޕްޓްމްބަރ އިންޓޭކްގައި އަޅުގަނޑުމެން އެންމެ ބޮޑު އެއް އަމާޒަކަށްވެގެން މި ދަނީ އެވިޑް ކޮލެޖަށް 13 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ހާއްސަ ޑިސްކައުންޓްތަކާއި ހައްސަ ގޮތްތަކެއް އަޅުގަނޑުމެން ކަނޑައެޅުން". މުސްތާގް ވިދާޅުވިއެވެ.

މުސްތާގް ވިދާޅުވީ، އެ އުސޫލުގެ ދަށުން މާސްޓާސް ޕްރޮގްރާމްތަަކަށް 4444 ރުފިޔާ ދައްކަން ޖެހޭއިރު، ލެވެލް 4 ނުވަތަ ފައުންޑޭޝަން ލެވެލް އިން ޑިގްރީ އާއި ހަމައަށް 999 ރުފިޔާ ދައްކައިގެން ކޯހުގައި ބައިވެރިވެވޭ ޕެކޭޖެއް ތައްޔާރުކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މީގެ ސަބަބުން ފަސޭހަކަމާއެކީ އަގުހެޔޮކޮށް އެވިޑްކޮލެޖުން ކިޔެވުމުގެ ފުރުސަތު މިއަދު މި އޮތީ ހުޅުވާލެވިފައޭ". މުސްތާގް ވިދާޅުވިއެވެ.

އެވިޑް ކޮލެޖަކީ މިހާރު ރާއްޖޭގައި އެންމެ މަޤުބޫލްކަން ހޯދައިފައިވާ ޕްރައިވެޓް ކޮލެޖެވެ. މި ކޮލެޖުގައި ބޭރުގެ ބައެއް ޔުނިވަރސިޓީގެ ކޯސްތައް ކިޔެވުމުގެ ފުރުޞަތު ފަހިވެފައިވެއެވެ. މިގޮތުން މެލޭޝިޔާގެ ނަން މަޝްހޫރު ޔުނިވަރސިޓީތައް ހިމެނެއެވެ.