22:09

މިއަދު ވެސް ރެކޯޑް އަދަދެއް: އިތުރު 1209 މީހުން ފައްސިވެއްޖެ.

22:06

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އަދި ހާމައެއް ނުކުރޭ.

17:13

ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން ޖެހުނު މީހަކު ފުރަތަމަ ފަހަރަށް ތައިލެންޑުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފި.

12:29

ޖޮކޮވިޗްގެ ވިސާ ކެންސަލް ކުރުމަށް ކޯޓުން ތާއިދުކޮށްފި.

09:37

ކޮވިޑްގެ ކަންކަން ބަލަހައްޓާ އެމެރިކާގެ އިސްވެރިޔާ ވެސް ބޮޑު މުއްސަންޖަކަށްވެއްޖެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓާއިއެކު ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ވަނީ މިހާރު މިހާރު ތިން މިލިއަނަށް ވުރެ މައްޗަށް ގޮސްފައެވެ. ބައެއް ސައިންސްވެރިން ބުނަމުން އަންނަނީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ހާއްސަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އޮމިކްރޮން ވޭރިއަންޓް ޖެހިގެން މަރުވާ އަދަދު މަދުކަމަށް ސައިންސްވެރިން ބުނެއެވެ.

ނަމަވެސް ފާއިތުވި ދެދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން ކޮންމެ ދުވަހަކު ވެސް އަށްހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑްގައި މީހުން މަރުވާ އަދަދު މިހާރު އަނެއްކާވެސް ވަނީ މީގެ ދޮޅުމަސް ދުވަސް ކުރިން ހުރި މިންވަރަށް އިތުރުވެފައެވެ.

ތަފާސް ހިސާބަށް ބަލާއިރު ފެންނަން އޮތީ ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ވެސް ހާލަތު ބަދަލުވެގެން ހިނގައިދާނެ ކަމެވެ. ހާއްސަކޮށް ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންގެ ސަބަބުން އެތައް ބުރައެއް އެހެން މީހުން ވެސް އުފުލަން ޖެހިދާނެއެވެ.

ނަމަވެސް ކޮވިޑްގެ އަދަދުތައް އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ފުރަބަންދުކޮށް، ވިޔަފާރިތައް ބަންދުކޮށްގެން ލިބެން އޮތް ގެއްލުންތައް ވެސް ވަކިކުޑައެއް ނޫނެވެ. އެހެންކަމުން މިއަދު އޮތް ހަމައެކަނި ގޮތަކީ ކޮވިޑާއިއެކު އުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. މުރަނގަ

  އެހެނަސް ސްކޫލްތަށް މިވަނީ ހުޅުވާލާފަ
  މީ ވަރަށް ދެރަ ކަމެއް އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކޮށް ތިބިއްޔާ އިންޝާﷲ ކިޔެވިދާނެ މިހާލަތުގަ ސްކޫލްތަކުގެ ކިޔެވުން އޮންލައިން ކޮށްދެއްވާ
  އަޅުގަނޑުމެންގެ ދަރިންގެ ހައްގެއް އެއީ

  3
  2