ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ ރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަން ބައްލަވާލައްވާފައެވެ.
މި އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ. ސިންގަޕޫރުގެ ޕެވިލިއަން އިން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް މި ޕެވިލިއަން އިން ދައްކުވައިދެއެވެ. އިޓަލީގެ ޕެވިލިއަންއިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާއި ޙާސިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދެއެވެ.
މީގެ އިތުރުން ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވިސްނުންފުޅުތަކާއި ތަސައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.
ރައީސް ޔޫއޭއީއަށް ކުރައްވަ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ހާދަ ވަނދު ތަނެކޭ...
އިރުއިރުކޮޅާ ދައުލަތުގެ ބަޖެޓް ދިރުވާލަނީ
ފައިސާ ތަޅާ ބުރުވަނީ އެވެ. ދެން ނަގާނީ ލޯން އެވެ.