ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ %70 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ވެލި ބޭނުންކޮށްގެން ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރަން 11،700 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

މިއީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.