19:31

ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި އެގައުމު އާންމު ހާލަތަށް ގެނައުމަށް ނިންމައިފި

18:19

ސްވިޒަލޭންޑުން އިތުރު ހަ މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 12,637 އަށް އަރާފައި.

އެ ގައުމުން އިތުރު 17,464 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,793,754 އަށް އަރާފައި.

18:18

ޖަޕާނުން އިތުރު 10 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 18,444 އަށް އަރާފައި.

އެ ގައުމުން އިތުރު 29,862 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,933,052 އަށް އަރާފައި.

18:18

ރޯމޭނިއާއިން އިތުރު 56 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 59,385 އަށް އަރާފައި.

އެ ގައުމުން އިތުރު 16,610 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,944,916 އަށް އަރާފައި.

18:16

އޮސްޓްރޭލިއާއިން އިތުރު 67 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 2,843 އަށް އަރާފައި.

އެ ގައުމުން އިތުރު 79,365 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,955,400 އަށް އަރާފައި.

18:15

ވިއެޓްނާމްއިން އިތުރު 142 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 36,114 އަށް އަރާފައި.

އެ ގައުމުން އިތުރު 15,959 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,078,087 އަށް އަރާފައި.

18:15

ތައިލެންޑުން އިތުރު 12 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 21,971 އަށް އަރާފައި.

އެ ގައުމުން އިތުރު 7,122 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,344,933 އަށް އަރާފައި.

18:14

ބެލްޖިއަމުން އިތުރު 34 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 28,695 އަށް އަރާފައި.

އެ ގައުމުން އިތުރު 37,435 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,521,462 އަށް އަރާފައި.

18:13

ޗެކްރިޕަބްލިކްއިން އިތުރު ހަ މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 36,937 އަށް އަރާފައި.

އެ ގައުމުން އިތުރު 28,469 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,652,685 އަށް އަރާފައި.

18:12

ފިލިޕީންސްއިން އިތުރު 82 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 53,044 އަށް އަރާފައި.

އެ ގައުމުން އިތުރު 22,958 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,293,625 އަށް އަރާފައި.

18:11

ޔޫކްރޭނުން އިތުރު 163 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 98,712 އަށް އަރާފައި.

އެ ގައުމުން އިތުރު 12,815 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,780,903 އަށް އަރާފައި.

18:09

ޕޮލެންޑުން އިތުރު ނުވަ މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 144,192 އަށް އަރާފައި.

އެ ގައުމުން އިތުރު 1,745 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,275,528 އަށް އަރާފައި.

18:09

ޕޮލެންޑުން އިތުރު 375 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 103,062 އަށް އަރާފައި.

އެ ގައުމުން އިތުރު 30,586 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,373,718 އަށް އަރާފައި.

18:08

މެކްސިކޯއިން އިތުރު 320 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 301,789 އަށް އަރާފައި.

އެ ގައުމުން އިތުރު 49,343 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,434,758 އަށް އަރާފައި.

18:07

އީރާނުން އިތުރު 19 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 132,132 އަށް އަރާފައި.

އެ ގައުމުން އިތުރު 4,060 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,231,909 އަށް އަރާފައި.

18:06

ރަޝިއާއިން އިތުރު 698 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 323,376 އަށް އަރާފައި.

އެ ގައުމުން އިތުރު 33,899 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10,899,411 އަށް އަރާފައި.

17:54

ކޮވިޑް-19ގެ ބަލިމަޑުކަން ނިމެން ގާތްވެސް ނުވާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފި

16:03

އުމުރުން 25 އަހަރުގެ ޒުވާނަކު ރޭގައި ނިޔާވީ ކޮވިޑް-19 ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކަނޑައަޅައިފި.

15:34

ރާއްޖޭގެ މިހާރުގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، މިއީ ހަތަރު ވަނަ ރާޅެއްގެ ފެށުން ކަމަށާއި، މި ރާޅުގެ ތެރޭގައި މަސް ދުވަހު އުޅެން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ

09:01

ކޮވިޑް ޖެހިގެން 25 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ.

08:48

އެމެރިކާ އަށް "އޮމިކްރޯން މަރުގެ ރާޅެއް" އަރާފާނެ ކަމުގެ އިންޒާރުދީފި.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ކޮވިޑް-19 ވެކްސިން ގައުމުތަކުން މަޖުބޫރު ކުރުމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވާން ފަށައިފިއެވެ. ކޮވިޑް ވެކްސިންގައި މިހާތަނަށް އެންމެ ވަރުގަދަ އެނިންމުމެއް ނިންމީ އެމެރިކާގެ ސުޕްރީމް ކޯޓުންނެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ކޮވިޑް ވެކްސިން މަޖުބޫރު ކުރުމަކީ ކުންފުނިތަކުގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ބަލާ އިދާރާއަށް އޮންނަ ބާރެއް ނޫން ކަމަށް ނިންމާފައެވެ. އެއާއިއެކު އެމެރިކާގައި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ކުރާ މަސައްކަތައް ވަނީ ހުރަސް އެޅިފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 ވެކްސިން މަޖުބޫރު ކުރުމަށް ވަނީ ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި ޖަރުމަންވިލާތާއި ފަރަންސޭސިވިލާއި އިޓަލީވިލާތާއި ނެދަލޭންޑްސްގައި ވެސް ވެކްސިން ފުރިހަމަ ނުކޮށް ހިދުމަތްތައް ނުލިބޭ ގޮތައް ނިންމާ ނިންމުންތަކާއި ދެކޮޅަށް ކޯޓުތަކަށް ދަނީ މައްސަލަތައް ހުށަހަޅަމުންނެވެ.

ކޮވިޑް ވެކްސިނަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވަމުން އަންނައިރު ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒަށް ފަހު ހަތަރު ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތް ވެސް ބައެއް ގައުމުތަކުގައި ވަނީ ފަށާފައެވެ. ނަމަވެސް ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒުން ލިބޭ ރައްކާތެރިކަމާއިމެދު މިހާރު ބައެއް ދިރާސާތަކުގެ އަލީގައި ސައިންސްވެރިން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ހާލަތު ރަނގަޅު ވާނެ ދުވަހެއް ލަފާކުރަން ވެސް ދައްޗެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ބުނި ގޮތުގައި އަންނަ މާޗް މަހާއި ހަމައަށް ދާއިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައި ހުރި ހުރިހާ ފިޔަވަޅެއް އުވާލެވޭ ވަރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަކުރު

  މިރާއްޖޭގަވެސް ވެކުސިން ނުޖަހާ މީހުންނަށް ސަރުކާރުން ދުއްތުރާ ކުރި އަދި މިހާރުވެސް ވެކުސިންގެ 2 ޑޯޒު ފުރިހަމަ ނުކުރާމީހުންނަށް ދުއްތުރާކުރަމުންދަނީ .

  14
  1
 2. ތުއްތުނާ

  ބަޔަކުމީހުން މުއްސަނދިކުރުމަށް ދުރާލާރޭވިގެންދާ ޕުލޭނަކާވައްތަރު ؟

  15
 3. Anonymous

  އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ބުނި ގޮތުގައި އަންނަ މާޗް މަހާއި ހަމައަށް ދާއިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައި ހުރި ހުރިހާ ފިޔަވަޅެއް އުވާލެވޭ ވަރުވާނެއެވެ.

  އެހާ ހިސާބަށް ދާއިރު އޮންނަނީ ވެކްސިން ވިއްކައިގެން އެތައް ބިލިޔަން ޑޮލަރެއް ހޯދަފައި. ރާއްޖޭގެ ސަރުކާރުންވެސް ވެކްސިން ގަތް އަގު ސިއްރުކުރީ.. މީތޯ ޓުރާންސްޕޭރަންސީ

 4. ހފައ

  mi nurakkaatheri vaba ulhey ehcheh kan engeneeves tv aai radio aa noosthakun mi vaahaka 24 gadi iru handhaan kohdheegen biru dhekkaigen. Media aa nula pandemic kuri akah nudhaane