ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރ. ދުވާފަރަށް ވަޑައިގެންނެވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ވަގުތަށް" ވިދާޅުވީ، މި ހަރަކާތަށް ރައީސް ޔާމީން މާދަމާ ދުވާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ހަރަކާތް އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކީ "އިންޑިއާ އައުޓް" ހަރަކާތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫ، ށ. ފުނަދޫ ގެ އިތުރުން ފ. ނިލަންދޫގައި ވެސް އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއާއި މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާއި ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ދުނިޔޭގެ "ޖިއޯޕޮލިޓިކްސް" ތެރެއަށް ދިވެހި ދައުލަތް ނުވަނުމަށް ތަޖުރިބާކާރުން ދަނީ ލަފާ ދެއްވަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މި ސިޔާސަތު ދިފާއު ކުރައްވައި، ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބްރާހިމް

    ދިވެހިރާއްޖެއިން މި ފެށި އިންޑިއާ އައުޓްގެ ސަބަބުން މުޅިދުނިޔެއިން އިންޑިއާ ބާކީވާކަމަށް އިންޑިއާގެ ރައްޔިތުން ބުނަންފަށައިފި. އަދި އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ ދަށުން މިނިވަންވާން އިންޑިއާގެ ބައެއް ސްޓޭޓްތަކުން ގޮވަންފަށައިފި. ﷲއިރާދަކުރެއްވިއްޔާ އިންޑިއާ ކުދިކުދިވެ ހައެއްކަ ޤައުމު އިންޑިއާއިން އުފެދި މި ސަރަޙަށްދަށް އަމާންކަން ލިބޭނެއެވެ.

    21
    1
    • ގައިދުރު

      ޕީޕީގެ ބާރު ގަދަކަން ދޯ.ހައްހައްހާ

  2. Anonymous

    އެދެނީ ރައީސް ޔާމީން ތިގޮތަށް ރައްޔިތުންނާ ގާތުގައި އަބަދުވެސް ދެމިހުންނެވުން. އަދި ގޭގެއަށް ވަޑައިގެން އަންހެން ވެރިންނާ ވެސް ގާތްކޮށް ވާހަކަދައްކަވާލެއްވުން. ހިނިތުންވެލައްވާފަ އެވެރިންނާއެކު މަޖާކޮށް ވާހަކަދައްކަވާލެއްވުން. އޭރުން ލާދީނީ މީހާ މުޅިން ބާކީވާނެ. މަނިކުފާނުގެ ސަޕޯޓަރުން ގިނަވާނެ.

    24
    2
  3. އުދުހޭ

    އިންޑިޔާ އައުޓް ހަރަކާތުގެ ނިމުން ފެންނަނީ މިސަރުކާރުގެ ވެއްޓުމާއި

  4. އުދުހޭ

    އެމްޑީޕީގެ ގިނަ މެންބަރުން ތިބީ ސިއްރު ކައިވެނި އިންޑިޔާ ކުދިންނާއެކު ކޮށްގެން އެކަމާހެދި މިހާރު މިވެރިންނަށް އިންޑިޔާއަށް އަރަން ދަތިވާތީ މިތެޅެނީ. އިންޑިޔާ އައުޓް

  5. އުދުހޭ

    ފެންނަ މަންޒަރުތަކުން ހީވޭ ވަރަށް އަވަހަށް ރައީސް ޔާމިން ހައްޔަރުކޮށްފާނެހެން ނޫނީ މިސަރުކާރު އޮތުމާމެދު ސައްކު

  6. ހަލަމްގަން

    މީއެއްވެސް ގައުމީ ކަމެއްނޫން މީހަމަސީދާ އޭނާގެ އަމިއްލަ ސިޔާސީ މަގްސަދަށް ހިންގާކަމެއް ބޭނުމަކީ އޭނާއާ ދެކޮޅަށް ހިންގާ ވައްކަމުގެ ޝަރީއަތްތަކުގެ އަޑުކަނޑުވާލާ އެޔަށް ނުފޫޒު ފޯރުވުން

  7. މަކޯނީ

    މިކެމްޕޭނުގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ދަތިތަކެއް ކުރިމަތިވާނެ

  8. އަހުމަދު

    ގެރިޑިއާ އައުޓް