ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން "ވިނަރެސް" އިން ފްލެޓްގަންނަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ކުރީ ސަރުކާރުން ސީލައިފްއާ ހަވާލުކުރީ 2014 ވަނަ އަހަރެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ދެއްކިއެވެ. ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދި އެ ކުންފުނީގެ މެނޭޖަރު އަހުމަދު މޫސާ (އައްމަޓީ) ލަންކާގައި އުޅެނިކޮށް އޭނާ ވަނީ ރާއްޖެ ގެނެސްފައެވެ. އައްމަޓީއާ ދެކޮޅަށް 42 ދައުވާއެއް އުފުލައި ޝަރީއަތް ކުރިއަށް އެބަދެއެވެ. ދެ ކޮއްކޮއަކު ޖާމިނުވާ ގޮތަަށް ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ވަނީ ދޫކޮށްލާފައެވެ.

ސީލައިފް މީހުންނަށް ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު 12:00 ޖެހިއިރުއެވެ. ފްލެޓްތަކަށް އެޕްލިކޭޝަންތައް ހުށައަޅަން ޖެހޭނީ އެޗްޑީސީން ގާއިމްކޮށްފައިވާ މައި ހުޅުމާލޭ ޕޯޓަލްއިންނެވެ. އެޗްޑީސީން ބުނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އެޕްލިކޭޝަންތައް ބަލައިގަންނާނެ ކަމަށެވެ. ވިއްކާނީ ކިހާ އަދަދެއްގެ ފްލެޓްތަކެއް ކަމެއް އެޗްޑީސީންނެއް ނުބުނެއެވެ.

ހިޔާ މަޝްރޫއު އިން ފްލެޓް ދޫކޮށްލި 76 ފަރާތަކާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި 91 ފަރާތެއްވެސް ވިނަރެސްއިން ފްލެޓް ގަންނަން އެދިފައިވާ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ބާކީ ހުރި ފްލެޓްތައް ވިއްކާނީ މާލޭގެ ރައްޔިތުންނާއި މާލޭގެ ދަފްތަރުގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއުގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.

ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި -/17000 ވަރަކަށް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީކޮށް އެތަނުގެ ކުލި އިއުލާނެއް ނުކުރެއެވެ. ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ. ވިނަރެސް ގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ބަލަގަ އެމީހުންނަށް ފްލެޓެއް ގަނެވޭނީ އެމީހުން އަތުން އަތުލައިގަތް ފައިސާތައް އަނބުރާ ލިބުނީމަ ދޯ

    13
  2. ހައްވަ

    މިފުލެޓުތައްވެސް ހުންނާނީ ހިޔާފުލެޓުތަށް ގޮތަށް ކުޑަވާނެތޯ

    • އައުޓް

      ނޫނޭ ވަރަށް ބޮޑުވާނެ، މިފުލެޓްތައް އަޅަނީ ކަނޑު ހިއްކައިގެން އަލައް އުފެއްދި ބިމެއްގައެވެ. ވިނަރެސް ފްލެޓްތަކުގެ އޭރިއާއަކީ 5000 އަކަފޫޓެވެ. މިއީ ކަންކަން ކުރަން ނޭގޭމީހުން ހަދާފައިވާ ގޮތައް ކޮތަރު ކޮއްޓެއް ނޫނެވެ.

      • ކިޔުންތެރިއެއް

        ލޮލް. ނޭން ގުނަސް ކިޔާތި. މީ ދެވަނަ ބުރިޖުން ހިޔާ ފުލެޓުތަކަށް ދާއިރު މަގުގެ ދެފަރާތުން ފެންނަ ފުލެޓުތަށް. މި ސަރުކާރު ވެރިކަން ފޭރި ގަތްއިރުވެސް އެހުރި ވަރަށް މަސައްކަތް ނިމިފަހުރީ. އިތުރު މަސައްކަތް ފިނިހަކަ ސުޕީޑުގަ ކުރަމުންދާތަނެއް.

  3. ބެއްޔާ

    މަހަކު 17ހާސް ރުފިޔާ ދައކަން ޖެހެނީ ޑައުންޕޭމަންޓަށް 4ލައްކަ ރުފިޔާ ދެއްކީމާ.

  4. ކިޔުންތެރިއެއް

    "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއުގައި 1344 ފްލެޓް ހުންނާނެއެވެ." އޮޅުވާލިޔަސް ބޮޑުވަރު. ތީ ރައީސް ޔާމީން ހަދާނިންމާފަ ހުރިތަނެއް، ކިނބޫ އަރާ ބޭނުން ގޮތެއްހަދަނީ.

    13
  5. ލުޓޭރުންގެ ސަރުކާރު

    ޗޑސ އިން ބޮޑު އޮޅުވާލުމެއްގަ ފްލެޓް ވިއްކަނީ.. ދެމިލިޔަން ހަތަ ރު ލައްކަ ކަމަށް އަގުލިސްޓްގަ ޖަހާފަ އާއްމުކޮއްފަ ނުވަޕަސެންޓްގެ އިންޓް ރެސްޓެ ލާފަ މިއޮތީ މިއިންޓް ރެސްޓްގެ ދަތިކަން އަންނަނީ ނިކަމެތިންނަ..ދިގުމުއްދަތުން ފައިސާދައްކާގޮތަށް ފްލެޓްނެގީމަ އަގުހަމަވާއި ރު ހަތަ ރު މިލިޔަނާ ގާތްކު ރޭ ފްލެޓްގެ ޖުމްލައަގު..މިއީ ޗޑސ ނުބުނާވާހަކައެއް..ދެމިލިޔަނޭ ފްލެޓްގެ އަގަކީ ކަމަށް އަޑުފަތު ރާފަ..ލަގްޒަ ރީ ފްލެޓްތައްވެސް އެބަލިބޭ މިއަށްވު ރެ ހެޔޮއަގުގަ...ނޫސްވެ ރިން ސާފުކޮއްދީބަލަ މިވާގޮތެއް.ކޮއްމެ އެޕާޓްމަންޓަކުން ދޮޅުމިލިޔަނަށްވު ރެ ބޮޑުއެއްޗެ ޗޑސއަށް ފައިދާގެ ގޮތުގަ ނަގަންނެހޭ ސަބަބެ..މަހަކަށް 19ހާސް ދައްކަން ނެހެނީ ޗޑސއަށް މަހުކުލިތެ ރެއިން އެބަނަގާ ހަހާސް ރުފިޔާ ކޮއްމެ މަހަކު..މިއީ ވަ ރަށްބޮޑު އޮޅުވުމެ ރައްޔިތުން ފެލުން..ޕްލީސް ވަގުތުނޫހުން މިކަމުގަ ޗޑސގެ އަދި ރިފަ ރާތްގެނެސްބަލަ.

    6
    1
    • އަހުމަދު

      ކޮންތާކުތަ ތިބުނާ އަގުހޮޔު ފުލެޓްތައް ހުރީ. މަވެސްބޭނުން އެހެންވީރު.

  6. ހަސަން

    ކިތައްފަހަރު ސީލައިފައް ވިއްކީމަ އެމީހުންނަށް ލިބޭ ކަމަށް ވަނީ

  7. ނާހަމަ ތެދެއް

    ރައީސް ސޯލިހު ހެދި ވިނަރެސް ފްލެޓެއް ނުހުންނާނެ

  8. އަބްދޫ

    މިއީ ވެސް ޔާމީނުގެ ހިޔާ ފްލެޓްގެ ބައެއް. މިސަރުކާރުން ހިޔާގެ މިފްލެޓް ތަކުގެނަން ވިނަރެސް އަސް ބަދަލުކުރީ. މިއީ މިސަރުކާރުގެ ކަމެއްނޫން.