ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް އާއި ދަރިކަނބަލުން ލައިބާ އަހްމަދު މަހްލޫފް (އެލީ) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ އާއި ދަރިކަނބަލުން ކޮވިޑް-19 އަށް ފައްސިވިއިރު މަހްލޫފް ހުންނެވީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ބައިވެރިވެ ވަޑައިގަތުމަށް ރ.އަތޮޅު އަލިފުއްޓަށް ވަޑައިގެން އެރަށުގައެވެ. ނަޒްރާ ވަނީ އޭނާ އާއި ދަރިކަނބަލުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ރޭ ކުރެއްވި ޓްވީޓެއްގައި ކަށަވަރު ކޮށްދެއްވާފައެވެ.

ނަޒްރާ އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ޗީފް އެގެޒެކެޓިވް އެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު ރައީސް ސޯލިހް ވެސް މިވަގުތު ހުންނެވީ ކޮވިޑް-19 އަށް ފައްސިވުމުން އެކަހެރިވެ ވަޑައިގެންނެވެ. އަދި މިނިސްޓަރ ޔުމްނާ މައުމޫން ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު އިއްޔެ ވަީ 14000 އަށް އަރާފައެވެ. މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ދެހާހަށްވުރެ މަތީގައި ހުރިއިރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހަހާހަށް އެރުން ވެސް އެކަށީގެންވާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޫސާ

    ނަޒަރާ ނަސީމް އާ ފައިސަލް ނަސީމް ގެ ގުޅުމެއް ވޭތޯ؟

    11
    1
    • ސާދީ

      ލައްބަ ގުޅުން އޮވޭ. މިއީ ދެބެން. އެހެންވެގެންތާ މަހުލޫފްގެ ކޮރަޕްޝަން ކަންތައް ކޮޅެއްގައި ނުޖެހިގެން މިއުޅެނީ. މިހާރު އެނގިއްޖެބާ؟

      11
    • މުބީނު މާރނީ

      ނަޒްރާ އަކީ ފައިސަލް ނަސީމް ގެ އެއްބަނޑު އެއްބަފާ ކޮއްކޮ. އަދި ނަޒްރާ ނަސީމް އަކީ ފައިސަލް ނަސީމް ގެ ޕާރސަނަލް ސެކްރެޓަރީ. ދައުލަތު ގެ ސިއްރު ތައް އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ޝެއަރ ކުރަނީ ފައިސަލް ނަސީމް. ފައިސަލް ނަސީމް ގެ ކޮއްކޮ ނަޒްރާ ނަސީމް އާއި މަޙްލޫފު އިނދެގެން އުޅެނީ. އެއީ މަޙްލޫފު ކުށްވެރި ނުވާ ސަބަބަކީ.

      12
      1
  2. ދާނި

    ސާބަހޭ މޫސާ... އެއީ ދެބެން...

    19
    • ޝައްފަ

      ކޮން ސާބަހެއް ދޭކަށް. އެކަން ނޭންގޭ ރައްޔިތުން ތިބޭނެ. ނޭންގޭ މީހުން ތިބޭތީ ނަޒްރާ އަށް ފައިސަލް ނަސީމް ގެ ޕާރސަނަލް ސެކްރެޓަރީ އަކަށް ހުރެވެނީ. ގިނަ މީހުންނަށް އިނގޭނަމަ މިހާރު މައްސަލަ ޖައްސަފާނެ. ދަޢުލަތު ގެ ސިއްރު އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ޝެއަރ ނުކުރެވޭނެ!

      11
  3. އިރުކޭތަ

    ވައިރަސް އުޅެނީކީ ވަކި ބައެއްގެ ލިސްޓެއް ހިފައިގެނެއްނޫންދޯ

  4. ފީރޯޒު

    އަވަސް ޝިފާއަކަށް އެދެން. މިނިސްޓަރުން ރައީސުން ކުންފުނިތަކުގެ ވެރިން މަޖުލީހު މެންބަރުން މީދެން މާމަތީބައެއް، ދެންތިބޭނީ ބަނޑުއަކިރިން ހުސް

  5. އެލެކުސް

    ނަޒުރާ އެއީ ފައިސަލްގެ އެއްބަޑު އެއްބަފާ ކޮއްކޮ. މުޅި އާއިލާ ސަރުކާރު މިހިންގަނީ އަވަސް ސިފާއެއް ދެމައިންއަށް އާމީން

    2
    1
  6. ސަބް

    އަވަސް ޝިފާއަކަށް އެދެން . ކަމަނާ މިގައުމުގެ ފަސްޓްލޭޑީއަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުން އަންނަ އުއްމީދު ބޮޑު، އަދި މާﷲ އެމަަސައްކަތުގައި ބަރަކާތްލައްވާށި.

    2
    11
  7. ދެފރފ

    ނޫނޭ ކުދިންނޭ ބޫސްޓާރ ޑޯޒު ޖެހުމަކީ ދުނިޔެމަތީގަ އިންސާނާއަށް ކުރެވޭނެ އެންމެ މާތް ރަނގަޅު އަދި ދެމިގެންދާ ކަމަކީ...ވީމާ ހުރިހާ އެންމެން ވެސް ބޫސްޓާރ ޑޯޒު ޖަހަންވީ،،، ދުނިޔެ މަތީ އެހެން ކަމެއް ކުރާނެ ވިސްނުމެއް ގެންގުޅޭނެ ކަމެއްނެތް.. މީހާ އަވަދި ވިޔަސް ބޫސްޓާރޑޮޒު ޖަހަން ޖެހޭނެ.. އޭރުން ލިބޭނެ ފައިދާތަކަކީ..
    ް1- އާބާދީގެ 90% ޖެހުމުން އެ ރަށެއް ރަށްގިރުން ހުއްޓޭ..
    2. ދުނިޔެ ހޫނުވުން ކުޑަވޭ،،
    3- ކަނޑުގައި މަސް ގިނަވޭ..

    4
    3
  8. ލަތީފު

    އުފާވެރި ހަބަރެއް

    2
    9