ހިޔާ ފްލެޓެއްގެ ކޮޓަރިއަކުން ޖަލަށް ވައްދަން ތައްޔާރުކޮށްފައި ހުރި ސާމާނުތަކެއް ފެނިއްޖެއެވެ. އެ މައްސަލާގައި ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޮަޕަރޭޝަނުގައި ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ވިދާޅުވީ، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން، 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވެއެވެ.
ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ
މިރޭ މިއެންމެން ދޫކުރަންވާނެ. އޭރުންތާ އެމީހުންގެ މަސައްކަތް ކުރެވޭނީ އަނެއްކާވެސް.. ޕާޓޭން މުޅި ރާއްޖޭގަ... ދެން ބޮންދުން. ރާއްޖެ ހޯދާ ނުފެންނަ ހިސާބު ގައި..
އަސްލުވެސް ތިބުނީ ތެދެ
ސުބްހާނަﷲ މޫޑްސް ކޮންޑަމް ވެސް އެބަހުރި.. އެއީ ކީއްކުރާށޯ ؟؟؟
ތިޔަ ތަންތަން ހަވާލު ކުރީ އެކަމަކު ކޮތަރު ގެންގުޅެން
ވޯޓަރ ޕްރޫފް ކޮށްލަނީވެސް މޫޑްސް އަރުވައިގެންތަ؟
އެޖެންޑާ 19 ހަވަރަށް