މެންޓަލް ހެލްތް ގެޕް ގެ ނަމުގައި ހިންގި ޓްރެއިނިން ޕްރޮގްރާމް ގެ ނިމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފިއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.

މިރޭގެ ހަފްލާގައި ބައިވެރިންނާ މުހާތަބު ކުރައްވާ އެންސީޑީގެ ފަންސަވީހުން ފަންސަވީހު ގެ ކެންޕެއިންގެ ގެ ގުޑްވިލް އެމްބެސެޑާރ މޫސާ ވަސީމް ވާހަކަ ދައްކަވަމުން ވިދާޅުވީ މެންޓަލް ހެލްތު ގެޕް ޓްރައިނިންގެ ކޮންމެ ބައިވެރިޔަކީވެސް އެމްބެސަޑަރެއް ކަމަށެވެ.

މެންޓަލް ހެލްތު ޖީއޭޕީ އެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުރިހާ ބައިވެރިންވެސް ޓްރެއިންގް ޕްރޮގްރާމްގައި މީހަކީވެސް އެމްބެސަޑަރަކަށް ދެކި ދަސްކުރި އެއްޗެހި އަމަލީ މައިދާނުގައި އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރުމަށް މޫސާ ވަސީމް ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

މެންޓަލް ހެލްތް ގެޕް ޓުރައިނިންގެ ޕުރޮގްރާމް ޖުމްލަ 35 ބައިވެރިޔަކު ވަނީ ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

މިރޭގެ ހަފްލާގައި ބައިވެރިންނާ މުހާތަބު ކުރައްވާ ޝަރަފްވެރި މެހެމާން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދިދާޅުވި ގޮތުގައި މެންޓަލްހެލްތް ގެޕް ޕުރޮގްރާމުގައި ފުރިިހަމަ ކުރެއްވި ބައިވެރިން މި ދާއިރާގައި އިތުރު ކާމިޔާބީ ލިބިގެން ދާނެކަމަށް އުންމީދުކުރާ ކަމަށެވެ.

މެންޓަލް ހެލްތު ޖީއޭޕީ އެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސިކުނޑި އަދި ނާރުގެ ބަލިތަށް އަދި މަސްތުވާތަކެތި ބޭނުންކުރުމުން ޖެހޭ އެކި އެކި މައްސަލަތަށް ހައްލުކުރުމަށް މިފަދަ ޕުރޮގްރާމެއްގެ ވަސީލަތުގެ ތެރެއިން ޓްރެއިންން ތައް ދެވިގެން މިފަދަ މައްސަލަތައް ހައްލުކުރެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން " މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ ނުލިބި އެފަދަ ބަލިތަށް ތަހައްމަލު ކުރަމުން ދާ ފަރާތްތަށް ދެނެގަތުކަމީ މުހިންމު ކަމެއް ކަމަށެވެ. އަދި ނަފްސާނީ ރަގަޅު ދުޅަހެޔޮ ޖީލެއް އުފެއްދުމަށް އެންމެ ބޭނުން ތެރިކަމަކީ މިފަދަ އެވެއާނަސް ޕުރޮގްރާމް ހިންގުން ކަމަށް މިނިސްޓަރު އިރުތިޝާމް ފާހަގަކުރައްވިއެވެ.

މެންޓަލް ހެލްތު ޖީއޭޕީ އެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެންޓަލް ގެޕް ޓުރައިނިން ނިމުމުގެ ރަސްމިއްޔާތުގައި ވަނީ މެންޓަލް ހެލްތް އެވެއާނަސް ޕުރޮގްރާމް ގެ ޗެމްޕިއަނުންނަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު