ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުވާ ސަރަހައްދެއް ގާއިމު ކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ޖޫން 2019 ގައެވެ

ފޮނަދޫ އެތެރޭ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުއަކީ ދެ ފަހަރެއްގެ މަތިން މަޑުޖެހިފައިވާ މަޝްރޫއުއެކެވެ. މިގޮތުން ފޮނަދޫގެ މަގުތަކުގައި ތާރައެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރީ ސްރީލަންކާގެ ކުންފުންޏަކާއެވެ. ނަމަވެސް މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރިއަށް ނުދާތީ އެމްއާރުޑީސީއާ ވެސް މަސައްކަތް ހަވާލު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިޒާރުބެ

    މަހީކުރީ ލ.ފޮނަދޫގަ އިތުރަށްކުރާނެ އެވަރުބޮޑުކަމެއް ނޯންނާނެކަމަށް ދުފާއޮށްކޮށްގެން ބުރުވަނިހަމަ ހުސް ކުޅު ފަސްއަހަރުން އެވަރުވެސް ނުވި