އައްޑޫ ސިޓީގެ އާބާދީ 34،722 އަށް އަރައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަންހެނުންނާއި ފިރިހެނުންގެ އާބާދީ އުޅެނީ ދާދި އެއްވަރަކަށެވެ. އެގޮތުން ފިރިހެނުންގެ އަދަދު 17،809 އަށް އަރާ އިރު، އަންހެނުންގެ އަދަދަކީ 16،913އެވެ. މިއީ ޖުމްލަ އާބާދީ ނަމަވެސް، އައްޑޫގެ ގިނަ ބަޔަކު އުޅެނީ ރަށުން ބޭރުގައެވެ.

ވަކިވަކި އުމުރުފުރާތައް:

  • 18 އަހަރުން ދަށުގެ އާބާދީ: 8،848 މީހުން
  • 18 އަހަރާއި 35 އަހަރާ ދެމެދުގެ އާބާދީ: 10،335 މީހުން
  • 35 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީ: 13،128 މީހުން
  • 65 އަހަރުން މަތީގެ އާބާދީ: 2،411 މީހުން.

ކައުންސިލްގެ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވަކިވަކި އަވަށްތަކުގެ އާބާދީގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބީ ހިތަދޫގައެވެ. ހިތދޫގެ އާބާދީ އަކީ 16،566 މީހުންނެވެ. ފޭދޫގައި 5،686، މަރަދޫގައި 3،845، ހުޅުދޫގައި 3،701، މީދޫގައި 3،015 އަދި މަރަދޫފޭދޫގެ އާބާދީއަކީ 1،909 މީހުންނެވެ.

އައްޑޫ ސިޓީއަކީ މާލެ ސިޓީ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަނިކެ

    ހެޔޮނުވާނެ ބިން ދޫކުރަން އުޅެބަލަ އައްޑޫއިން

    8
    1
    • މަނިކޭ މަގޭހިތޭ

      ކީއްކުރަން ދޫކުރާ ބިމެއްތަ؟ އެންމެންގަނޑު ގޮސް މާލޭގަ.

      11
      3
  2. މިތުރާ

    މީހުންކާރީ ދަރިން ނުހޯދަން ބުނެފަ ހުރިހާ ބިމެއް ކުއްޔައްދީހުސްކުރަނީ ،،،،

  3. އައްލައިކަލޯ

    އާބާދީ އިތުރުވެދާނެ ގޯތިދިނުމުން ގޯތިނެއްއެތައް ބަޔަކުއެބަތިބި ތިއަތޮޅައްނިސްބަތްވާ މި2މަސްތެރޭ އަދިތިއައްވުރެ މަދުވާނެ އެތައްބަޔަކުމިހާރުވެސް ބަދަލުކުރަން ހުޝައަޅާފަވާނެ ހުޅުމާލެދިރިއުޅޭ އަދިމާލެ މިއަހާރު ވަނީއަންގާފަ ފެލެޓްތަކުގައުޅޭ އާއިލާތަކައް އެއީފުލެޓްލިބުނުމީހުނާ އާއިލާގެމީހުން އަތޮޅުންބޭރުން ކާވެނީގެގޮތުންވެސް މިބަދަލްއައްނާނެ މި5އަހަރުތެރޭ މީހުރިހާގޮތަކުންވެސް ސިޓީއައްލިބޭގެއްލުމެއް އަދިސިޔާސީ ގޮނޑިތަކުންވެސް ގާނޫނުހަދާ މަޖިލީސް އައްބެލިއަސް ދޫނިވެސްއަރާނީ ރުއްގަސްހުރެގެން މުޅިއަތޮޅުގަބިން ބޭނުންކުރަނީ ސަރުކާރުގެކުންފުނިތަކާ މުއަތްސަސާތަކުން ބައެތަން ތަނައްދީފައެބަހުރި 1 ކިލޯމީޓަރްއައްވުރެބޮޑެތިބިން އާބާދުކުރުމައް ހުރަސްއެޅޭގޮތައް ވިއަފާރިތަކާ މެއިންމަގުގެ ނެއްތަނެއް މިހާރުވެސްސިިޓީގުޅިފައޮތުމުގެ ފާއިދާއެއްރަނގަޅައް ރައްޔިތައްލިބޭނެމަގެއްނެއް މިހާރުހެދިފަހުރި ޕުލޭންތަކަކުން އެކުވެރި އިންޑިއާ ގަވެސް އެތަންތަން ހަދާފަ ހުއްނަނީ މީހުންބޭނުންނުކުރާ ތަންތަނުގަ ކޯރު އަތިރިމަތީ މިތާވެއްޖެނަމަ މަޖީދީމަގު ޖާންދަނީމަގު މީވިއަފާރިކުރާ ސައިހޮޓާތަކެއްހެން ހައިވޭތަކުގަ ޔުނިފޯމުއެޅި ތަންތަންވެސް މައިސަރުކާރުގެވިސް ރައްޔިތުމީހާއްނޭގި ނިއްމާލަނީ ރޭވުންތެރިކަމާއެކު.

  4. ޙަދިސައިބު

    ޢޭގެ ތެރެއިން 20 ހާސް މީހުން އުޅެނީ މާލެއާއި ރާއްޖޭން ބޭރުގައި މިމީހުންގެ ތެރެއިން 5% މީހުންވެސް މިވޭތުވެދިޔަ 10 އަހަރު އައޑޫއަށް ޒިޔާރަތް ކޮށްފައިނުވޭ! ފޮތުގެ ހިސާބު އަދަދުން ބޯގިނަވިޔަސް ކުރެވޭނެ އެއްވެސް ކަމެއްނެތް!

  5. Anonymous

    އާބާދީ އަށް އައި ބަދަލު ލިއުނު ނަމަ . ކުރިއާއި މިހާރުގެ