އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ރާއްޖެ އިން ބޭރުން ދީނީ ޢިލްމުވެރިން ގެނައުމަށް ރާއްޖެއާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އާ ދެމެދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ އައިއެމްސީޓީސީގެ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުއައިދީއާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދެ ބޭފުޅުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

އެބައްދަލުކުރެއްވުމުގައި، މާރިޔާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓުން، އެމުއްދަތު އިތުރުކޮށް، މިހާރުވެސް އެސެންޓަރުގައި ހަރަކާތްތެރިވަމުންދާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލްވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މިމަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުންވަނީ ބައިވެރިވެފައެވެ. ކޯލިޝަންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި އައިއެމްސީޓީސީގައި ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފް ކޮންޓިންޖަންޓުގެ ކޮމާންޑަރު ކާނަލް މުހައްމަދު މުހުތާރާއި އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑިރެކްޓާ ލެފްޓިނަންޓް ކާނަލް އަހުމަދު ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    މާނައަކީ މި ރާއްޖޭގައި ތިވަރުގެ ދީނީ ޢިލްމު ވެރިން ނެތީއޭ ތޯ؟ ނޫނީ އިސްލާމް ދީނުގެ ނަމުގާ ލާދީނީ މީހުން ގެންނަންތޯ؟ މީ ހީލަތާ މަކަރުން ފުރިގެންވާ ސަރުލާރުން ރެއް. # އިންޑިއާ އައުޓް #

  2. ހާސަން ބަނގުލާ

    އިންޑިޔާގެ ބީޖޭޕީގެ އިލްމުވެރިން ޕިއްލޭ އިމްރާނުކަހަލަ ދޯ ވަރަށް ފަ އްކަވާނެ

  3. އަލީ

    އިސްލާމްދީނުގެ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭދޯ ﷲ ބިރުވެތި ކަމެއް ހުރިނަމަ ތިތާގަ އައުރަނިވާނުކޮށް އިންނަން ނުކެރުނީސް އިސްލާމް ދީނަށް އީހާނެތިކޮށް ތިހިތެނީ ދީނުގަ އަންހެނާގެ އައުރަ ޔަކީ މޫނާ2އަތްތިލަ ނޫންހުރިހާ ތަނެއް

  4. ކޮއްުޔާ

    ޒީރޯ ޓޮލެރެންސް ނަމުގަ ގެންދިޔަ ކަޅުފޮށީގައި އެތަށް މިލިޔަނެއް //

  5. ހުސޭނުބޭ

    ޝައިޚް ޑޭވިޑް ހާޑިންގހަމް ފަދަ ފުންނާބު އުސް ބޭކަލުން ގެންނަން ޖަހާ މަޅިއެއް ތިއީ.

  6. ވިކިލީކުސް

    އިސްލާމް ދީން ދަންނަ އިލްމުވެރިއެއް، ޝޭހެއް ރާއްޖޭގައި ނެތީތޯ؟ ކޮބައިތޯ ޝޭހު ފަރީދު. ސިޔާސީ މަގާމެއްގަ ހުރި މީހެކެ ކިޔާފަ ފަރީދުއާ ދިމާލަކަށްއިނގިލި ދިގެއް ނުކުރެވޭނެ ގައިމު... އަނެއްކާ ފަރީދު އަށް ހުށަހެޅުމުން ދަރުސް ދިނުމަށް ފަރީދު އިންކާރު ކުރީތޯ؟
    * އާންމުކޮށް އެމްޑީޕީން ދަރުސް ދޭން ބޭނުންވަނީ އެޕާޓީގެ މެނިފެސްޓޯ ކުރި އެރުވޭނެ ގޮތަށް. މާނައަކީ ހަރާމެެއް ހަލާލެއް ނުބަލާނެއޭ ފައިސާ ލިބެންޏާ.

  7. އަބްދޫ

    އިސްލާމްދީނަކު ހަރުކަށި ފިކުރެއްނޯވޭ. އިސްލާމްދީނުގަ އޮންނަނީ ކީރިތި ގުރްއާނާއި ކީރިތި ރަސޫލާ ގެ ހަދިސްފުޅުތަކާށް އަމަލުކޮށް އެކަލޭގެ ފާނު ކުރެއްވިއަޅުކަންކުރައްވަނިކޮށް ފެނުނުގަޮތަށް އަޅުކަންކުރުން. މިއަދު އިސްލާމީ ފޮތްތަކުގަ ފެންނަން އެބަހުރި ކީރިތި ގުރްއަނާ ރަސުލުﷲ ގެފާނުގެ ހަދިސްފުޅުތައް ދިވެހި ބަހުން ތަރުޖަމާކުރެވިފާ އެބަހުރި އެއިން އެއްވެސް ފޮތެއްގަވެސް ހަދީސެއްގަވެސް ނެތް ކީރިތި ރަސޫލާއށާ ކީރިތިގުރްއާނަށާ އިސްލާމްދީނަށް ފުރައްސާރަކުރާ މީހާ މުސްލިމަކުކަމުގަ ވާނެކަމަކަށް.ކީރިތި ގުރްއަނުގެ އެއްވެސް އަތަކު ﷲ ގެ ވަހީގަ ނެތް. ތައުބާ ސޫރަތުގަ އެފަދަމިހުނާބެހޭގޮތުން ﷲ ވަހީކުރައވާފައޮތީ އެމީހުންއެތިބީ އިސްލާމްވުމަށްފަހު ކާފަރުވެފާކަމަށް. ދީން އޮޅުންނުފިލައޮގެން ދިވެހިން ނޫޅޭ. އިސްލާމްދީން ނޭގޭ މީހަކަށް ދިވެހިރާއްޖެގަ ހުރީ ގ.ކެނެރިގެ މުހަންމަދު ނަސީދު . އިސްލާމްދީންދެކެ ރުޅިއަންނަ މިހަކީ ވެސް އޭނާ. އިސްލާމަކުކަމަށް ހެދިގެން ހުންނަމިހަކީ ވެސް އޭނާ. ހަރުކަށި ފިކުރުރު ގެންގުޅެނީ ވެސް އޭނާ. މުސްލިމުންނަކީ ހަރުކަށިފިކުރުގެންގުޅޭ ބައެއް ނޫން.

  8. ގެރިއައުޓް

    އިންޑިޔާ މިލިޓަރީ ތިކަމަށް އެންމެ މޮޅުވާނީ.