އެއްޖިންސުން ގުޅުން ހިންގާ މީހުން އެމީހުންގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރާ ވިއްސާރަދުނީގެ ކުލަތައް ހިމަނައިގެން ރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ކުރި ޓްވީޓަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާއެކެވެ. އެތަނުގެ އިސްވެރިޔަކީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. އޭނާ ޖަވާބުދާރީވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއަށާއި ރައީސުލްޖުމްހޫރިއްޔާއަށެވެ.

ވިއްސާރަދުނީގެ ކުލަތައް ހިމަނައިގެން ކުރަހާފައިވާ މީހެއްގެ ބޮލަކާއި އެފަދަ ކުލައެއް ނުހިމަނައި ކުރަހާފައިވާ މީހެއްގެ ބޮލެއް ފެންނަން އިން ފޮޓޯގައި ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ލިޔެފައި ވަނީ އިންސާނުންގެ މެދުގައި ހުންނަ ތަފާތުތަކަކީ ހަމަނުޖެހުމުގެ އަސްލަށް ވިޔަ ނުދެމާށެވެ. އަދި ތަފާތުތަކުގެ ތެރެއިން ހޯދާ ހަމަޖެހުމުގައި ބަދަހިކަމާއި ގަދަފަދަކަން ވާކަމަށް ވެސް އެޓްވީޓްގައި ބުނެފައި ވެއެވެ.

ޓްވީޓަށް ފާޑުކީ މީހަކު ބުނެފައި ވަނީ ލިވާތު މައްސަލަ ބޮޑުވެ ކުށުގެ މުރުތަކިބުންގެ ހިސާބުކިތާބު ނުކުރެވިގެން އުޅޭއިރު ޓެރަރިސްޒަމް ކައުންޓަރ ނަމުގައި ބޭނުންކުރާ ޓްވީޓާއިން މިފެންނަނީ ލީވާތީން ގެންގުޅޭ ކުލަތައް ކޮންމެސް ބަހަނާއަކު ހިމަނައިގެން ނުސީދާކޮށް ލިވާތު ޕްރޮމޯޓް ކުރާ މަންޒަރު ކަމަށެވެ.

އިތުރު މީހަކު ވަނީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސްއޫލިއްޔަތަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުންތޯ ސުވާލު ކޮށްފައެވެ.

ޓްވީޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ ހަމައެކަނި މިޓްވީޓުން ވެސް ސަރުކާރަށް ކުރާ އިތުބާރު ގެއްލިއްޖެ ކަމަށެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓްވީޓާއި ގުޅިގެން އައްޝައިހް އަބްދުﷲ ސައުދާން ކުރި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޤަވާޢިދުތަކަކީ އިންސާނުންގެ މެދުގައިވާ ތަފާތުތަކަކުން ބަދަލު ކުރުން ހުއްދަވާ އެއްޗެއްނޫން ކަމަށެވެ. ހަމަނުޖެހުން އުފެދެނީ މިފަދަ ކަންކަން ޕްރޮމޯޓުކޮށް އިސްލާމްދީނާއި ޢަޤީދާއާއި ޚިލާފު ކަންކަން ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ފަތުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމްދީނާ އިދިކީލި ކަންކަން މިރާއްޖެއަށް އެތެރެކޮށް، އެ ފަތުރައިގެން ހޯދޭނެ ހަމަޖެހުމެއް، ބަދަހިކަމެއް ނޯންނާނެ ކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓްވީޓަށް ރައްދު ދިން މީހަކު ބުންޏެވެ. އޭނާ ވަނީ އެސެންޓަރުން މޮޔަނުގޮވަން އެދިފައެވެ.

އިތުރު މީހަކު ބުނީ ޤަޢުމީ ލެވެލްގައި މިކަން ޕްރޮމޯޓް ކުރަން ކެރޭނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމަ ކަމަށެވެ. ސަރުކާރުގެ މިއަމަލުގެ ސަބަބުން ޖީލެއް ހަލާކުގެތެރެއަށް ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓްވީޓާއި ގުޅިގެން ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ޠަބީޢަތާ ފިޠުރަތު ކިލަނބުވެގެން ނުދާފަދައިން، ޚިޔާލްތަކާއި، ނަޒަރިއްޔާތަކާއި، މަސައްކަތްތަކުގެ ތަފާތުތަކަކީ ފިކުރު ތަނަވަސްކުރުމުގެ ސަބަބެއް ކަމަށެވެ. ނަމަވެސް އުނިބުއްދިއާއި ކުނިވިސްނުމުގެ ޑަސްޕިންތަކަށް އަތްބާނައިގެން، ބާވައިލެއްވި ދީނާއި ދެކޮޅަށް އުފެދޭ ތަފާތުތައް އެއީ ބަލިމަޑުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރި ބައެއް ޓްވީޓްތަކަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލިފުތު

    ތި ގައްދާތިމަގާމާހެދި ނުދައްކާނެ ވާހަކައެއް ކޮށްފަ ނުރާނެ ހަމައެއްކަމެއްވެސް ނޮންނަނެ ތީ ފައްކާ ގުބޯއްޔެއް

    34
    3
  2. Anonymous

    ސަދޫމުގެ މީހުންނަށް ވީގޮތް ވަންދެން ލިވާޠީންނާ ގުޅިގެން އުޅެންވީތަ؟

    43
    1
  3. Anonymous

    މުޅި އިސްލާމީ އުއްމަތް ކަރުނައަޅާ ރޯންޖެހޭހިސާބަށް މީސްތަކުންގެ ޢަމަލުތައް ނުބައިވެއްޖެ. މިކަންކަމުގެ ސަބަބުން ވަގުތުން އަހަރުމެންގެ މައްޗަށް ކޯފާއެއް ނުފޮނުއްވަނީ އެކަލާނގެ އޯގާވަންތަވެރިކަމުން، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން، މާތްﷲއަށް ބިރުވެތިވޭ. އަހަރުމެންގެ ނިމުންދާނެގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ޔާﷲ، އަހަރުމެންނަކީ ހެޔޮބަސް އަޑުއަހާ މުންކަރާތްތަކުން ދުރުހެލިވެގެންވާ، އެކަލާނގެ އެންގެވިގޮތަށް އުޅޭބައެއްްކަމުގައި މިންވަރުކޮށް ދެއްވާށި، އާމީން.

    71
    1
  4. ނާތު

    ﷲ މި ނުބައި މީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާްންދޭ

    26
  5. ސުވާލު މާރކު؟

    އަހަރުމެން ކުޑައިރު ރަށުގައި އުޅޭއިރު ބަޔެއް ދުވަސް ދުވަހު ވިއްސާރަ ވެފައި އަލިވާ ވަގުތު އުޑުމަތިން ވަރަށް ސާފުކޮށް ވިއްސާރަ ދުނި ފެނޭ ، އަހަރުމެން ވިއްސާރަ ދުނި ބަލަން ދަން. މިކަން ސިފަ ކުރާނީ ކޮންގޮތަކަށް...؟

    6
    2
  6. ހުސޭނުބޭ

    މަށަށް ހީވި ކައުންޓާ ޓެރަރިޒަމްގެ ބާނީއަކީ އަލަމްގިރިކަމަށް.

    16
    1
  7. ހަސަނުގެ ދަރި ލަތީފް

    ތި ފެންނަނީ މި ސަރުކާރުގެ އަސްލު ސިފަ ދެވަނަ ދައުރެއް ދީފިއްޔާ ހަމަ ޔަގީން ތިޔަކަން ހުއްދަ ކުރާނެކަން މިހާރުވެސް އެކުޅި ޕްރޮމޯޓު ކުރަނީ . ޒަކަރިއްޔާ މަންސޫރަކީ ވެސް ގިރިއަށް އުރުނު މީހެއްބާ އަނެއްކާ.ޤަތަރުގަ އެބުނަ ނީ ވޯލްޑް ކަޕް އޮންނައިރު ކުޅިބަލަން ގައުމަށް އެތެރެ ވިޔަސް ލިވާތުކުޅީގެ ކުލަތައްކަމަށް އެބައިގަނޑު ގަބޫލުކުރާ ރެއިންބޯ ކަލަރ އިސްތިހާރު ކުރިޔަ ނުދޭނެކަމަށް. ޢިސްލާމުންް ތިބެން ޖެހޭނީ އެގޮތަށް.

    12
  8. ރަން ރީނދޫ

    ކުރުގޮތަކަށް ސަރުކާރުން މި ބުނަނީ ދެން ވެރިކަން ބޭނުން ނޫން ކަމަށް. މި ލިބުނު ފުރުސަތު ގައި ފިސާރި ރަނގަޅަށް ލާދީނީ ،ފާޙިޝް ކަންތައް ކޮއްލާނަމޭ. ދިވެހިންނަށް މެދު އިނގިއްޔޭ.

  9. ކިޔުންތެރިއެއް

    ރައްޔިތުންގެ ރުފިޔާއިން ރިޓަޔާވަންދެން ބޮޑުމުސާރަ ނަގާފަ އަނެއްކާ އެއަށްވުރެ ބޮޑުމުސާރައެއްކަމުން މިގޮލާ އެއްކަމެއް ނެތިއްޔާ އަނެއްކަމަކުން އިސްލާމްދީނަށް ފުރައްސާރަ ކުރުމުގަ ހޭކަނޑާފަ. ރައްޔިތުން ސުޓިލް އޯކޭ.

  10. ސިމާހު

    މީނާ ސިފައިގެ އުޅެމުން މިކުޅި ވަނީ ވަރަށް ގަދަޔަށް ކުޅެފައި..

  11. ވަހީދު

    މައްސަލައަކީ ރައްޔަތު މީހާއަށް ހިލަމެއް ނުވާތީ މިމީހުން މަތީމަގާމުގަ ތިބެ ތިކަހަލަ ނުބާ ކަންކަމަށް ހިއްވަރު ލިބޭގޮތަށް ވާހަކަ ދައްކަނީ.. އަލަމުއާއެ މީނަގެ ވީޑިއޯ ޅީކުވުމުގެ ކުރިން ބަހެއް ބުނެލީދޯ.. މީނަ ގައިން ގަޔަށް އަރާ ބައްުޔަށް ޓެސްޓްކުރޭ…

  12. އަޙްމަދު

    ކޮންމެ ނަމާދެއްގެ ފާހަތުގަޔާ ގިނަގިނައިން މިމުސީބާތުން ސަލާމަތްމުމަށް އެދު ދުޢާކުރަންވީ!!!

  13. ކިނބޫ

    😂😂
    ޑރ. މައިބަދަ މުފްތީވެސް ފަތުވާއެއް ނެރުއްވައިފި. 😂🤣🤣
    ހުވާ މިބުނީ ބައްޔެއް ޖެހިފަ ތިބޭ އާލާތްގަނޑެއް.

  14. Anonymous

    މުޅި ސަރުކާރަކީ ފިރިހެންކުޅި ކުޅެފައިވާ ބައެއް