ރާއްޖޭގެ ޚަބަރު ފަތުރާ މީޑިއާ ވެބްސައިޓްތަކުގެ ރޭންކިން މިމަހު އިއުލާން ކުރިއިރު ވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ރާއްޖޭގެ ވެބްސައިޓްގެ ގޮތުގައި "ވަގުތު" ދަމަހައްޓަމުން އަންނަ މަގާމު ދިފާއު ކޮށް އަދި ރޭންކިންގައި އިތުރު ބޮޑު ކުރިއެރުމެއް ވެސް ހޯދައިފިއެވެ. "ވަގުތު" އިން ހޯދި ކުރިއެރުމަކީ ދިވެހިން އެންމެ ގިނައިން ވަނަ ވެބްސައިޓްތަކުގެ ފަސްވަނަ އަށް "ވަގުތު" އެރުމެވެ.

"ވަގުތު" އިން އެންމެ ގިނަ މީހުން ވަންނަ ރާއްޖޭގެ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނަތާ މިހާރު ދެއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ރޭންކިން ދައްކާ ގޮތުގައި ރާއްޖޭގެ އެއްވަނަ ވެބްސައިޓްގެ މަގާމުގައި "ވަގުތު" އޮތްއިރު މިއީ ދިވެހިން ފަސް ވަނަ އަށް އެންމެ ގިނައިން ވަންނަ ވެބްސައިޓެވެ. "ވަގުތު" އަށް ވުރެ މަތީގައި ރޭންކް ކުރެވިފައި ވަނީ ގޫގްލް އާއި ފޭސްބުކް ފަދަ ބޭރުގެ ވެބްސައިޓްތަކެވެ.

ރޭންކިން ދައްކާ ދެވަނަ އޮންލައިން ނޫހަކީ "މިހާރު" އެވެ. އެއީ ރޭންކިންގެ ނުވަވަނަ އެވެ. "ސަން" އޮންލައިނަށް 13 ވަނަ ލިބޭއިރު "އަވަސް" އޮތީ 23 ވަނައިގައެވެ. "ސީއެންއެމް" އަށް 26 ވަނަ ލިބޭ އިރު ބޮޑު ކުރިއެރުމަކާއިއެކު "ދިޔަރެސް" ވަނީ ރޭންކިންގެ 51 ވަނަ އަށް އަރާފައެވެ. އެއީ 27 ދަރަޖައިގެ ކުރިއެރުމެކެވެ.

"އަދަދު" 75 ވަނައިގައި އޮތްއިރު އެއީ 19 ދަރަޖައިގެ ވެއްޓުމެވެ. "ދެން" އަށް ލިބެނީ 97 ވަނަ އެވެ. "ރާއްޖެއެމްވީ" 76 ވަނައިގައި އޮތްއިރު އައްޑޫ ލައިވް އޮތީ 213 ވަނައިގައެވެ. "ދުވަސް" އޮތީ 107 ވަނައިގައެވެ.

"ވަގުތު" އިން ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނައިރު "ވަގުތު" އަށް ދުވާލަކު ވަންނަ މީހުންގެ އަދަދު ދެލައްކަ އާއި ގާތް ކުރެއެވެ. އެންމެ އަވަހަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތައް ގެނެސްދިނުމުގައި "ވަގުތު" އިން ވަނީ ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާމިސް

    ސާބަހޭ "ވަގުތު" ހިޕް ހިޕް ހުރެއި

  2. ޓިންޓިން

    މަގޭފޭވަރިޓުނޫހަކީވަގުތުނޫސްމަތިނޫހަށްސެލިއުޓުކުރަން

  3. ސަލާމް

    މީހުންގެ ކޮމެންޓްތަށް ޖަހާތީ ގިނަމީހުން ވަގުތު ނޫސްބަލަނީ.

    1
    3
  4. މަޖީދާ

    އެހެން ނޫސްތަކުން ކޮމެންޓް ޖަހާނީ ހަމަ އެކަނި ސަރުކާރަށް ސަނާކިޔާފައި ފޮނުވަންޏާ.
    ނަމަވެސް ވަގުތު ނޫހުން ކޮއްމެބަޔަކު ކޮއްމެގޮތަކަށް ކުރިޔަސް ޖަހައިދޭ.
    ޝުކުރިއްޔާ ވަގުތު. ހިތްވަރާއި އެކު މަސައްކަތްކުރައްވާ !!!

    3
    2
  5. އަޙްމަދް

    ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ރޭންކިން ދައްކާ ގޮތުގައި ރާއްޖޭގެ އެއްވަނަ ވެބްސައިޓްގެ މަގާމުގައި "ވަގުތު
    އެމެރިކާ އަކީ މާމޮޅު ޤައުމަކީތޯއެވެ.
    ފޮނިވެފަ މިޚަބަރު ތިޖަހަނީ!