ރާއްޖޭގެ ރައްޔިތުންނަށް "އިންޑިއާ އައުޓް" ކިޔުމުގެ ހައްގު ވެސް އޮންނަން ވާނެ ކަމަށާއި ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގަކަށް އުނިކަން އަންނާނެ ގޮތަށް ގާނޫނުތައް ފަރުމާ ނުކުރެވޭނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފައްޓަވާފައިވާ "އިންޑިއާ އައުޓް" ހުއްޓުވަން ބިލެއް މަޖިލިހަށް ވެއްދުމުގެ މަސައްކަތް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ މަސައްކަތް ފަށައިފައެވެ.

ޖާބިރު "ވަގުތަށް" މިއަދު ވިދާޅުވީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ތެރެއިން ކަންތައްތައް ކޮށްދެނީ ކޮން ގައުމެއްތޯ ދިވެހިން ބަލާ ކަމަށެވެ. އަދި އިންޑިއާއަށް ބަދު ބަސް ބުނެ އިންޑިއާ ނިކަމެތި ކޮށްލުމަކީ އޭނާއަށް ވެސް ފެންނަ ކަމެއް ނޫން ކަމަށާއި ދިވެހިން ބޭނުންވީމާ އައުޓް ކޮށްލެވޭ ވަރަށް ވުރެން ހުރިހާ ގޮތަކުން ވެސް އިންޑިއާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސާފުގެވެސް އެންމެ ސީނިއާ ގައުމަކީ އިންޑިއާ. ދުނިޔޭގައި ވެސް ބާރުގަދަ ގައުމެއް އިންޑިއާ އަކީ. އާބާދީއަށް ބެލިޔަސް ވަރަށް ބޮޑު. ހުރިހާ ގޮތަކުން ވެސް އިކޮނަމީއަށް ބެލިޔަސް ވަރަށް ބޮޑު. ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އެހީތެރިވާ ބައެއް އިންޑިއާ އަކީ. އަޅުގަނޑުމެންނާ ދުރު ގައުމެއް ނޫން އިންޑިއާ އަކީ. ކޮންމެ ބަޔަކަށް ބެލި ކަމުގައި ވީނަމަވެސް ރާއްޖެ އާއި އެންމެ ގާތުގައި އަބަދުވެސް އޮންނަނީ އިންޑިއާ. ދެން އެހެން ގައުމުތައް ނެތް ވާހަކައެއް ވެސް ނޫން." އޭނާ ވިދާޅުވިއެވެ.

ނަމަވެސް "އިންޑިއާ އައުޓް" ކިޔާ ފަރާތްތަކަށް ވެސް ހިޔާލުފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާން ވާނެ ކަމަށާއި އެފަދަ ފަރާތްތައް ޖަލަށްލުމަކީ އެއްވެސް ހާލެއްގައި ޑިމަކްރަސީ ދަންނަ ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އަދި "އިންޑިއާ އައުޓް" އޭ ކިޔާ ފަރާތްތަކަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އޮތް ގާނޫނެއް ހައްދަވަން އުޅުއްވުމަކީ ރާއްޖެއަށް ޑިމަކްރަސީ ގެންނަން އުޅުއްވާ ބޭފުޅެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ކޮންމެ ގޮތަކަށް ކުރެއްވި ކަމުގައި ވީނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން. އެހެންކަމުން މިކަމުގައި ވިސްނާ ވަޑައިގަތުމަށް ރާއްޖޭގެ ރައްޔިތުންނަށާއި ރައީސް މުހައްމަދު ނަޝީދަށާއި، އެމްޑީޕީގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އަޅުގަނޑު ގޮވާލަން. މިއީ ކުރެވިގެންވާނެ ކަމެއް ނޫން. ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެއްވެސް މިނިވަންކަމެއް ހަނި ނުކުރެވޭނެ." ރައީސް ނަޝީދުގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައިވާ ޖާބިރު ވިދާޅުވިއެވެ.

ޑިމޮކްރަސީގައި ވާހަކަ ދެއްކުމަކީ އޮންނަ ކަމެއް ކަމަށާއި ކިތަންމެ ރައްޔިތުންނެއް ނުކުމެ "އިންޑިއާ އައުޓް" ކިޔަސް އައުޓް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަން ރީނދޫ

    ޕީޕީއެމް އިން އެހިންގަނީ ސަރުކާރަށް އިންތިހާއަށް މުހިންމު ހަރަކާތެއް. މި ހަރަކާތުގެ އަވައިގައި ޖެހި،އިންޑިއާ އިން ދޭ އެހީ ވެސް އެބަ އިތުރުރުވޭ. އަދި މިކަމުގެ ސަބަބުން އިންޑިއާ އިން މި ސަރުކާރުން ބުނާ ކޮންމެ އެހީއެއް އެބަލިބޭ. އަދި ދިވެހީންގެ ތާއީދު އެމްޑީޕީ އަށް ހޯދުމަށްޓަކައި ކެމްޕޭން ތަކަށް އެތައް މިލިޔަން ޑޮލަރު އެބަ ދޭ. އެހެން ކަމުން މިއީ ގައުމަށް ވަރަށް ނަފާ ލިބޭ ހަރަކާތެއް.މިފަދަ ދަތި ދުވަސްވަރެއްގައި މޯދީ ކަހަލަ ކޮސް ވެރިއެއްގެ ބޭނުން ދިވެހިން ރަނގަޅަށް ހިފަންވާބެ.

  2. އަބްދޫ

    ގާނޫނުއަސަސީގެ 27 ވަނަ މާއްދާ އުވާނުލެވޭނެ. ހަނިވެސް ނުކުރެވޭނެ. އިންޑިޔާ އައުޓް ހުއްޓުވާނަމަ ރާއްޖޭގެ 4 ސަރަހައްދުގާ މަރުކަޒުކުރެވިފާތިބި އިންޑިޔާ ސިފައިން ބޭރުކުރޭ އެމީހުންތިބި ގާނޫނުއަސަސީގެ 251 ގެ ނ އާއި ހިލާފުގޮތެއްގަ. އިންޑިޔާސަރުކާރާއެކު ހެދި އެގްރިމެންޓް ގާނޫނުއަސަސީގެ 251 ގެ ނ އާހިލާފް ވާތީ ގާނޫނުއަސަސީގެ 63 ވަނަ މާއްދާ ބުނާ ގޮތުން އެއެގްރީމަެންޓް ތަކަކީ އުފެދުމުގާވެސް ބާތިލް އެގްރީމެންޓް ތަކެއް.

  3. ޝޮކްތެރަޕީ

    ހަގީގަތުގަވެސް ރައްޖެ ކުރި ނާރަނީ އިންޑިޔާގެ ސަބަބުން. އިންޑިޔާ އައުޓް

    5
    1
  4. ޕިއްޒާހަޓް

    ލައްވާނުލިދޯ ގޯއްޗެއް ހުޅުމާލެއިން މިއަދު ބެހި ތަނުން.

    • ޓިނުއަދުރޭ

      ޜާއްޖެކުރިނާރަނީ ޔާމީނު 3ބިލިއަން ރުފިޔާ ކާލީމަ

  5. Modi

    India ais raahje ah gotheh nahadhain e ulheny

  6. ފޮކާސްޓް

    2000 މީހުން އެއްފަހަރާ އިންޑޔާ މިލިޓަރީ ގޮވައިފިނަމަ ދެންވާނީ ކިހިނެއްތޯ؟ ފަހަރުގައި ޖަލަށް ލައިގެން އަގަބަންދުކުރެވިދާނެ ކަމަށް ދެކުމަކީ ވެއްޓެން އުޅޭ އެއްޗެއް ވައްޓާލަން އުޅުން ނޫންތޯ؟އެއްމެން ޖަލަން ލެވޭނެތޯ؟ އޭރުން ޅަދަރިން ވެސް ގޮވަން ފަށާފާނެ އެމީހުންގެ މަންމަމެން ޖަލަން ލީމަ އިންޑިޔާ މިލިޓަރީ އައުޓު.ދެނޯ އެކުދިން ވެސް ޖަލަށް އޯކޭ. މިފަހަރު ކޮންމެ ރަށެއްގައި ޖަލެއް ހަަދއިގެން ވެސް އިންޑިޔާ ރުއްސޭތޯބަލާނީތޯ އިންޑިޔާ މިލިޓަރީ ބޭޜުކޮށްލާނީ ތޯ ސަރުކާރުން ނިންމާނެހެން ޙިވަނީ .ފޯކާސްޓް